ޔޯގާ ޑޭ ގެ އިވެންޓުގައި ހައި ކޮމިޝަނަރު މުނޫ މުހާވަރު (ފޮޓޯ: އިންޑިއާ ހައިކޮމިޝަން)
ޔޯގާ ޑޭ ގެ އިވެންޓުގައި ހައި ކޮމިޝަނަރު މުނޫ މުހާވަރު (ފޮޓޯ: އިންޑިއާ ހައިކޮމިޝަން)
އިންޓަރނޭޝަނަލް ޔޯގާ ޑޭ މި އަހަރުވެސް އިންޑިއާ ހައި ކޮމިޝަނުން ފާހަގަކޮށްފިއެވެ.

މި އަހަރު ޔޯގާ ޑޭ ފާހަގަކުރަން ބޭއްވި އިވެންޓް ބާއްވާފައިވަނީ އިންޑިއާ ހައި ކޮމިޝަނުގެ އިމާރުތުގެ ޓެރަހުގައެވެ. މި އިވެންޓުގައި އިންޑިއާގެ ހައި ކޮމިޝަނަރު މުނޫ މަހާވަރު ވަނީ ބައިވެރި ވަޑައިގެންފައެވެ. އަދި މި އިވެންޓުގައި ދިވެހިންގެ ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.

މި އިވެންޓުގައި ހައި ކޮމިޝަނަރު މުނޫ މަހާވަރު ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ މެސެޖެއް ހިއްސާ ކުރައްވާފައެވެ. އެ މެސެޖުގައި "ބެކް ޓު ބޭސިކްސް" މައިންޑްފުލްނެސް އަދި ދެމެހެއްޓެނިވި ދިރިއުޅުމުގެ މުހިއްމުކަމަށް ވަނީ އަލި އަޅުއްވާލައްވާފައެވެ.



2022 ވަނަ އަހަރު ޔޯގާ ޑޭ ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި އިވެންޓުގައި ވަނީ ހަމަނުޖެހުން ހިންގާ އެ އިވެންޓުގައި ބައިވެރިވި އާންމުންނަށާއި އަދި ޑިޕްލޮމެޓުންނަށް ހުރަސްއަޅާ ހަމަލާތަކެއް ދީފައެވެ. މި މައްސަލައިގައި 23 މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ޝެއިހުންނާއި ކުރީގެ މަޖިލީސް މެންބަރުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު


1

ސޭޚުބަހަނާ

22-Jun-2024

މިއިން އެގެނީ ޔޯގާ ކަހަލަ މާތްކަމެއް ކުރުމަށް މި ސަރުކާރުން ކެއްމަދުވެފައިވާ މިންވަރު. އެހެން ބަޔަކު ކުރާން ދޫކޮށްލެވެވަރަށްވުރެ މާތް ކަމެއްކަން. ކުރީން ހަމަނުޖެހުންތަށް ހިންގި މީހުންތަށް މިހާރު އެތިބީ އުފަލުން ފޮޅިފައި. އަމިއްލަ އަށް ޔޯގާ ހިންގާލަން ފުރުޝަތު ލިބުނީމަދޯ........


-1

ފައުޖީ

22-Jun-2024

މިއިން އެގެނީ މިހާރުގެ ސަރުކާރުވެސް ލާދިނީ ކަން, އަދި ހަމަނުޖެހުން ހިންގަނީ ކޮންބައެއްކަމާއި ދީނީކާޑު ކުޅެނީ ވެރިކަމާއި މުދާ ބޭނުންވެގެންކަން ވަރަށް ސާފުކޮށް އެގިގެން ހިނގައްޖެ.ރާއްޖޭގެ ޝެއިޚުންނޭ މިކިޔާ މީހުންނަށް މިހާރު ޔޯގާ ވެސް އޯކޭ. ލަދުން ބޯހަލާކި.


0

ޢަލީ

22-Jun-2024

ހައިކޮމިސަނުތެރޭ ރާއްޖޭގެ ކިހާވަރެއްގެ ބާރެއްތޯއޮންނަނީ?



ޓްރެންޑިން