މޫސުން ގޯސްވެ ރާއްޖޭގެ އުތުރަށް ވައިޓް އެލާޓް ނެރެފި އެވެ.
ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް މިއަދު މެންދުރު 01:30 އިން ފެށިގެން އިރުއޮއްސި 07:30 އަށެވެ.
އެގޮތުން އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރައި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ބުނެއެވެ.
ނިމިގެން ދިޔަ އަޟްހާ އީދުގައި މޫސުން ވަރަށް ރަނގަޅެވެ.
ނަމަވެސް ރާއްޖޭގެ ބައެއް ހިސާބުތަކަށް އާދަޔާ ހިލާފަށް ހޫނު ގަދަކަން ފާހަގަކޮށްލެވެ އެވެ.
އާންމުކޮށް ޖޫން އަދި ޖުލައި މަހަކީ ވަރަށް ގަދައަށް ވިއްސާރަ ކުރާ މަސްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު