ރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ އިންޑިއާ އަށް ވަޑައިގެންފިއެވެ.

ބަންގުލަދޭޝް ބޮޑުވަޒީރު ޝެއިހް ހަސީނާ އިންޑިޔާއަށް ވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ. ބޮޑުވަޒީރު މޯދީގެ ދައުވަތަކަށް ހަސީނާ އިންޑިޔާއަށް ކުރައްވާ މި ދަތުރުފުޅުގައި އެކަމަނާ މިއަދު ވަނީ މޯދީއާއި ބައްދަލު ކުރައްވައި ދެގައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ވެސް ބާއްވާފައެވެ.



ޝެއިހް ހަސީނާ، މިދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރޯޕަދީ މުރްމޫ އާއި ނައިބު ރައީސް ޝްރީ ޖަގްދީޕް ދަންކަރުއާ ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޝެއިހް ހަސީނާ މި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝް އާއި އިންޑިއާއާ ދެމެދު 10 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އެގޮތުން އިންޑިއާ އާއި ބަންގްލަދޭޝް އާ ދެމެދު ސޮއިކުރި ބައެއް އެއްބަސްވުންތަކުގެ ތެރޭގައި ސިއްހީ ދާއިރާއާއި ބޭހާއި ގުޅޭ އެއްބަސްވުމަކާއި ފިޝަރީޒް ދާއިރާއިން ގުޅުން ބަދަހި ކުރުމާ ގުޅޭ އެއްބަސްވުމަކާއި ޑިޒާސްޓާ މެނޭޖްމަންޓް ދާއިރާއާ ގުޅޭ އެއްބަސްވުމަކާއި އަސްކަރީ ތައުލީމް ދިނުމާ ގުޅޭ އެއްބަސްވުމަކާއި ރެއިލްވޭ ކަނެކްޓިވިޓީއާ ގުޅޭ އެއްބަސްވުމެއް ވެސް ހިމެނެއެވެ.



މީގެ އިތުރުން ބަންގްލަދޭޝް އިން އިންޑިއާ އަށް އަންނަ ބަލި މީހުންނަށް އީ-ވިސާ ދިނުމާއި އިންޑިއާ އާއި ބަންގްލަދޭޝް އާ ދެމެދުގައި އާ ރޫޓުތަކުން ބަހުގެ ހިދުމަތާއި ރޭލުގެ ހިދުމަތް ދިނުމާއި 350 ބަންގްލަދޭޝް ފުލުހުން ތަމްރީން ކުރުމާއި ބެހޭ އެއްބަސްވުމެއްގައި ވެސް ދެގައުމުން ވަނީ ސޮއިކޮށްފައެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފައިވާއިރު ބޮޑު ވަޒީރު މޯދީ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ވެސް އެކަމަނާ އިންޑިޔާއަށް ވަޑައިގަތެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން