ރ. މީދުއަށް ޝޯ ދޭން ގޮސް އެ ރަށުގެ މިސްކިތެއްގެ ތެރޭގައި ޓިކްޓޮކް ކުޅުނު "ދަންދާނަ" ގުރޫޕުގެ އަންހެން މީހާ އެ ގްރޫޕުން ސަސްޕެންޑްކޮށްފި އެވެ.

އެ އަންހެން މީހާ ވަނީ މީދޫގެ އާސާރީ މިސްކިތުގެ އެތެރެއާއި ގޯތި ތެރޭގައި ބަނޑިޔާ އަދި މާ ކޯޅިއެއް ހިފައިގެން ނަށައި ޓިކްޓޮކް ކުޅެފަ އެވެ. އެ މިސްކިތަކީ މިހާރުވެސް ނަމާދުކޮށް އުޅޭ މިސްކިތެކެވެ.

އެ މައްސަލަ ހޫނުވެފައިވާއިރު އެކަން ފުލުހުންވެސް ދަނީ ބަލަމުން ނެވެ.

އެކަމާ ގުޅިގެން "ދަންދާނަ" ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އޭނާ އެކަން ކުރީ އަމިއްލަ ހައިސިއްޔަތުން ކަމަށާއި ގްރޫޕްގެ އެއްވެސް ހިއްސާއެއް އޭގައި ނެތް ކަމަށެވެ.

"އަދި މި ގްރޫޕްގެ ރަސްމީ ދަތުރެއްގައި އެފަދަ އަމަލެއް ކޮށްފައިވާތީ އެ ޓިކްޓޮކް ހެދި ފަރާތް މިހާރު މި ގްރޫޕްގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް ވަކި މުއްދަތެއް ނާންގައި ސަސްޕެންޑްކުރެވިފައިވާ ކަމުގައި ވެސް ދަންނަވަމެވެ" ގްރޫޕުން ބުނެފައި ވެއެވެ.

ހަމަ އެހެންމެ ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ގްރޫޕްގެ މެމްބަރުންގެ ކިބައިން ނުފެންނާނެކަމުގެ ޔަގީންކަންވެސް ވަނީ ދީފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން