މިއަދު މި ސަރުކާރާ ދެކޮޅަށް ކުރީގެ ރައީސް ޔާމީން މަސައްކަތް ކުރަމުން ދަނީ ލަދެއް ހަޔާތެއް ނެތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ މައި ޖަގަހަ ހުޅުވުމަށް މިރޭ ހ. ވެޔޮވިލާގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ސަރުކާރާ ދެކޮޅަށް ރައީސް ޔާމީން މަސައްކަތް ކުރަމުން ދަނީ ލަދެއް ހަޔާތެއް ނެތުމުންކަމަށެވެެ. އަބުދުއްރަޙީމް ވިދާޅުވީ ޔާމީންގެ އަރިހުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މުހައްމަދު ޖަމީލާއި މަލީހު ޖަމާލަކީ ރައްޔިތުން ބަލައިގަންނަ ބައެއް ނޫން ކަމަށެވެ. އެ ބޭފުޅުން ގޮވައިގެން އުޅެގެން ލިބޭނެ ކުރިއެރުމެއް ނެތްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބުދުއްރަޙީމް އިތުރަށް ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ޕީޕީއެމް ޕީއެންސީގެ މެންބަރުން އުޅުނީ ވަރަށް ހާލުގައި ކަމަށެވެ. އެ ފަސް އަހަރު ޕާޓީއަށް ލިބުނު ފައިސާއަށް ވީގޮތް ވަރަށް ރަނގަޅަށް އެނގިވަޑައި ގަންނަވާ ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް މުޢިއްޒަށް ރިޔާސީ ޓިކެޓް ދިނުމަށް މާކުރިން ރޭވި ކަމަށާއި އެގޮތަށް ރޭވީ ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭ ހާލަތުގައި އެހެން ކެންޑިޑޭޓަކު ޕާޓީން ނެރެން އެމަނިކުފާނު ބޭނުންފުޅުނުވާކަން އެނގިވަޑަައިގަންނަވާތީ ކަމަށެވެ.

ރަައީސް ޔާމީނާއެކު ހޭދަ ކުރެއްވި 30 އަހަރު ދުވަހުގެ ދިގު ތަޖުރިބާއާއެކު، އެމަނިކުފާނަށް ވާދަ ނުކުރެވޭނަމަ އިންތިޚާބު ބޮއިކޮޓް ކުރައްވާނެކަން މާކުރިން އެނގިވަޑައިގަންނަވާ ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.

"އޮޕްޝަން އޭ، ބީ، ސީ“ ގެންދިޔަ ކަމުގައި ވިޔަސް، ރައީސް ޔާމީނަށް އިންތިޚާބުގައި ކުރިމަތި ނުލެއްވޭނަމަ އެމަނިކުފާނަށް ރަނގަޅު ގޮތެއް ނޯންނާނެކަން އެނގިވަޑައިގަންނަވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން