މިއަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ލައްކަ ހައްޖުވެރިން ސައުދީ އަށް ދިޔައިރު އޭގެ ތެރެއިން 1301 ހައްޖުވެރިން މަރުވެފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.
ސައުދީ ސަރުކާރުން ރިޕޯޓުކޮށްފައިވާގޮތުން މަރުވި މީހުންގެ ތެރެއިން ގިނައީ ރަޖިސްޓްރީ ނުކުރާ ހައްޖުވެރިންނެވެ.
އެއްހާހަށް ވުރެއް ގިނަ ހައްޖުވެރިން މިއަހަރު މަރުވެފައިވާކަމަށް ރިޕޯޓުކޮށްފައިވާއިރު، ސައުދީ ސަރުކާރުގެ ހެލްތު މިނިސްޓަރު ފަހުދު އަލްޖަލާޖެލް ވަނީ މިއަހަރު ހައްޖުގެ ކަންކަން ބެލެހެއްޓުން ކާމިޔާބު ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވީ ސިއްހީ ނިޒާމުން 465،000 އަށް ވުރެ ގިނަ ސްޕެޝަލައިޒްޑް ޓްރީޓްމަންޓްގެ ހިދުމަތް ފޯރުކޮށްދިން ކަމަށާއި އޭގެ ތެރޭގައި ހައްޖުގެ ރަސްމީ ހުއްދަ ނުލިބި ތިބި މީހުންނަށް 141،000 ހިދުމަތް ދެވުނު ކަމަށެވެ.
ސައުދީގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި މިއަހަރު 1.8 މިލިއަން ހައްޖުވެރިން ހައްޖުގެ އަޅުކަމުގައި ވަނީ ބައިވެރިވެފައެވެ. ސައުދީން ބޭރުން 1.6 މިލިއަން މީހުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަކަމަށް އެގައުމުން ބުނެއެވެ.
ހައްޖުގެ އަޅުކަމުގެ ދުވަސްވަރު، މައްކާގެ ހޫނުމިން 51.8 ޑިގްރީ ސެލްސިއަސް (125 ޑިގްރީ ފަރެންހައިޓް) އަށް އަރާފައިވެއެވެ. ހޫނުމިން މަތިވުމުގެ ސަބަބުން ގިނަ ހައްޖުވެރިން މަރުވި ކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު