65 އަހަރުވުމުން ދޭ ޕެންޝަން ދޭންވީ ހައްގުވެރިންނަށް އެކަނި ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރީގެ ޕީޖީ މުޢިއްޒު މިހެން ވިދާޅުވީ ހައްގުވެރިންނަށް އެކަނި ސަބްސިޑީޒް ލިބޭނެ ނިޒާމެއް ގާއިމް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރުމާއި ގުޅިގެންނެވެ. އެކަމަށް އިޝާރަތް ކުރައްވައި "އެކްސްގައި" ކުރެއްވި ޕޯސްޓެއްގައި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވީ، 65 އަހަރުވުމުން ދޭ 5000 ރުފިޔާގެ ޕެންޝަން ދޭންވީ ވެސް ހައްގުވެރިންނަށް އެކަނި ކަމަށެވެ.



"65 އަހަރުވުމުން ދޭ 5000 ރުފިޔާ ވެސް ދޭންވީ އޭގެ ހައްޤުވެރިންނަށް އެކަނި، 65 އަހަރުވާ ކޮންމެ މީހަކަށް ނޫން،" ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ޕްރޮސެކިއުޓަރ ޖެނެރަލް މަގާމު އަދާކުރެއްވި މަޝްހޫރު ޤާނޫނީ ވަކީލު މުޢިއްޒު ވިދާޅުވިއެވެ.

އުމުރުންދުވަސްވީ މީހުންނަށް ދައުލަތުން މިހާރު ވެސް އަންނަނީ އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން 2009 ވަނަ އަހަރު އޭރުގެ ސަރުކާރުގެ ސިޔާސަތެއްގެ ގޮތުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް ދައުލަތުން އެލަވަންސެއް ދޭ ގޮތަށް ވަނީ ހަމަޖައްސާފައެެވެ. އޭގެ ފަހުން އައި ސަރުކާރުތަކުން ވެސް އެ ސިޔާސަތު އަންނަނީ ތަންފީޒުކުރަމުންނެވެ. އަދި އެކި ފަހަރު މަތިން އެ އެލަވަންސަށް ބަދަލުތައް އައިސް، އެ އަދަދު 5000ރ. އަށް މިހާރު ވަނީ ބޮޑުކޮށްފައެވެެ.


ކިޔުންތެރިންގެ ހިޔާލު


2

ޢަލިފާންކަނި

10-Jul-2024

55 އަހަރު ވުމުން ރިޓަޔަރ ކުރާ މެޖިސްޓްރޭޓުންނަށް އުމުރު ދުވަހަށް ދެއްވާ 27000.00 ރުފިޔާ ދިނުން ހަމަ އެއްމެ ރަނގަޅުތޯ? ޢެވާހަކަ ދައްކަން ގިނަފަރާތްތަކުން ހާދަ ބިރުގަންނަހެން ހީވަނީ.



ޓްރެންޑިން