ރަނގަޅު ބެލެނިވެރިއަކަށް ވެވޭނީ މި ސަފަތައް ހުރެގެން.
ރަނގަޅު ބެލެނިވެރިއަކަށް ވެވޭނީ މި ސަފަތައް ހުރެގެން.
ބެލެނިވެރިކަމަކީ ވަރަށް ބުރަ މަސައްކަތެކެވެ. ކުއްޖާ ބަލާ ބޮޑުކޮށް މުޖުތަމައަށް ނެރުމަށް ބެލެނިވެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހެއެވެ. އެތަކެއް ގުރުބާނީތަކެއް ވާން ޖެހެއެވެ. ބައެއް ފަހަރު މައިންބަފައިންނަށް އެމީހުން ބެލެނިވެރިކަން ކުރެވޭ ގޮތާ މެދު ސުވާލު އުފެދެއެވެ.

ރަނގަޅު ބެލެނިވެރިއަކަށް ވުމަކީ ހަމައެކަނި ކުއްޖާގެ އަސާސީ ބޭނުންތައް އެމީހުންނަށް ފޯރުކޮށްދިނުމަށްވުރެންވެސް ފުޅާ ކަމެކެވެ. އެއީ އެކުދިންނަށް އުނގަންނައިދީ، ތަރުބިއްޔަތުކޮށް، މަގުދައްކައިދީ ސަޕޯޓުދިނުންވެސް މެއެވެ. ކޮންމެ މައަކުވެސް އަދި ބަފައަކުވެސް އެމީހަކީ ރަނގަޅު ބެލެނިވެރިއަކަށް ވާން ބޭނުންވާނެއެވެ. އެގޮތުން މި ސިފަތައް ތިބާގެ ގައިގައި ހުންނަ ނަމަ ތިބާއަކީ ރަނގަޅު ބެލެނިވެރިއެކެވެ.

ދަރިންދެކެ އެއްވެސް ޝަރުތަކާ ނުލާ ލޯބިވުމަކީ ރަނގަޅު ބެލެނިވެރިއެއްގެ ކިބައިގައި ހުންނާނެ ސިފައެކެވެ. މިފަދަ މައިންބަފައިންނަކީ އެއްވެސް މަޖުބޫރުކަމެއް ނެތި، އެއްވެސް ޝަރުތަކާނުލައި، ދަރިފުޅުގެ އުޅުމަށާއި އަދި ހާސިލް ކުރާ ކަންތަކަށް ބެލުމެއްނެތި ދަރިންދެކެ އިންތިހާއަށް ލޯބިވާ މީހުންނެވެ.

ދަރިންގެ ވާހަކަތައް އަޑު އެހުމަކީވެސް ރަނގަޅު ބެލެނިވެރިއެއްގެ ކިބައިގައި ހުންނާނެ ސިފައެކެވެ. ދަރިންގެ ވާހަކަތައް ކަނުލާ އަޑުއެހުމުން އެކުދިންނަށް އެކުދިންނަކީ މުހިންމު ބައެއްކަން އިހުސާސް ކުރެވެއެވެ. އަދި މިކަމުގެ ސަބަބުން މައިންބަފައިންނާ ދަރިންނާ ދެމެދު އޮންނަ ގުޅުން ވަރުގަދަވެއެވެ. އަދި ދަރިން މައިންބަފައިންނަށް ކުރާ އިތުބާރުވެސް ބޮޑުވެއެވެ.

ދަރިން ތަރުބިއްޔަތު ކުރުމުގައި ކެތްތެރި ވުމަކީވެސް ރަނގަޅު ބެލެނިވެރިއެއްގެ ކިބައިގައި ހުންނާނެ ސިފައެކެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައި ކެތްތެރިވާނަމަ ދިމާވާ އެކި ގޮންޖެހުންތަކުގައި މަޑުމައިތިރިކަމާއި ވިސްނުންތެރިކަމާއެކު ކަންތައް ކުރެވެއެވެ. އަދި އޭގެ ސަބަބުން ގޭތެރޭގެ މާހައުލަކީ ސްޓޭބަލް އަދި ސަޕޯޓިވް މާހައުލެއް ކަމަށް ވެގެން ދެއެވެ.

މި ދެންނެވުނު ސިފަތަކަކީ ރަނގަޅު ބެލެނިވެރިއެއްގެ ކިބައިގައި ހުންނާނެ ސިފަތަކެވެ. ދަރިން ތަރުބިއްޔަތު ކުރާއިރު މިކަންތަކަށް ވިސްނައި މިގޮތަށް އަމަލު ކުރުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން