މާލެ އަތޮޅު ދިއްފުށީގައި ސްނޯކްލިން އަށް ދިޔަ ދިވެހި ޒުވާނަކަށް މިޔަރެއް ހަމާލާދީފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިޙާދިސާ ހިނގާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

އެގޮތުން ސްނޯކްލިންއަށް ދިޔަ ދިއްފުއްޓަށް ނިސްބަތްވާ ޒުވާނެއްގެ އަތުގައި މިިޔަރު ދަތް އަޅާފައިވާކަމަށް މި ނޫހަށް މަޢުލޫމާތު ޙިއްސާކުރި ފަރާތުން ވަނީ ބުނެފައެވެ.

ދިއްފުށީ ކައުންސިލުން ބުނީ އެޒުވާނާއަށް އިތުރު ފަރުވާދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.

މިޙާދިސާއާ ގުޅިގެން ފުލުހުން މިހާތަނަށް ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

ދިއްފުށީ ޒުވާނަކަށް މިޔަރެއް ޙަމަލާ ދީފައިވާއިރު ރާއްޖޭގައި މިޔަރުގެ ބާވަތްތައް ހިފުމާއި، އެއިން އުފައްދާ ތަކެތި ބޭނުންކޮށްގެން ވިޔަފާރި ކުރުމަކީ 2010 ވަނަ އަހަރުން ފެށިގެން މުޅިން މަނާ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު


2

ދިވެހި ޒުވާނުން

10-Jul-2024

ގާނޫނަށް އިސްލާހް ގެނެސްގެން ވިޔަސް މިޔަރުތައް 2 އަހަރަށް ހިފައި އަދަބުދޭން ޖެހޭނެ


-2

ދިވެހި ޒުވާނުން

10-Jul-2024

މިޔަރުތައް މާފޮނިވެގެން ތިއުޅެނީ އަޅެ ކީއްވެގެން ވެއްޖެނޫން އަދަބެއްގެ ގޮތުގައި 2 އަހަރުވަންދެން އެސޮރުމެން ހިފަން



ޓްރެންޑިން