އަތޮޅު ފިހާރަތަކުގެ ކުލީގެ ގޮތުގައި ކައުންސިލްތަކަށް ނުލިބި ހުރި ފައިސާގެ އަދަދު 124 މިލިއަން ރުފިޔާއަށް އަރައިފި އެވެ.

މާލޭގެ ބަނދަރު ސަރަހައްދުގައި ވ، އަތޮޅު ފިހާރައިގެ ނަމުގައި ހިންގަމުންދާ ފިހާރައިން ކުލީގެ ގޮތުގައި މީރާއަށް ދައްކާފައިވާ 9.33 މިލިއަން ރުފިޔާގެ ތެރެއިން އެއްވެސް ފައިސާއެއް ވ. އަތޮޅު ކައުންސިލަށް ނުލުބޭތީ އެ މައްސަަލަ އޮތީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފަ އެވެ.

އެކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ބުނީ ވ، އަތޮޅު ފިހާރައިން ލިބުނު ފައިސާގެ ވަކި މިންވަރެއް ދޫކުރަން މިދިޔަ އަހަރު ބެޖެޓުގައި ވެސް ހިމެނި ކަމަށެވެ.

ނަމަވެސް ބަޖެޓުގެ ތާށިކަން އުޅޭތީ ދޫނުކުރެވުނީ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ މިނިސްޓްރީން ބޭއްވި އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމުގައި ނިންމާފައިވަނީ 2019އިން ފެށިގެން 2023 ވަނަ އަހަރަަށް ކައުންސިލްތަކާ ހަވާލު ނުކޮށް ހުރި 124 މިލިއަން ރުފިޔާ، ދައުލަތުގެ ކޭޝް ފްލޯއިން ބަހާލައިގެން ކުރިއަށް އޮފް ފަސް އަހަރު ދުވަހުގެ ތެރޭގައި ކައުންސިލްތަކަށް ދޫކުރުމަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން