އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކޮއްކޮ ރޮބަޓް ޓްރަމްޕް މަރުވެއްޖެއެވެ. އުމުރުން 71 އަހަރުގެ ރޮބަޓް މަރުވީ ނިއުޔޯކްގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ރޮބަޓް މަރުވިކަން ކަށަވަރު ކޮށްދީ ރައީސް ޓްރަމްޕް ނެރުނު ބަޔާނެއްގައި ބުނީ ރޮބަޓް އަކީ ހަމައެކަނި ކޮއްކޮއެއް ނޫން ކަމަށާއި އެއީ އެންމެ ގާތް ރަހުމަތްތެރިޔާ ކަމަށެވެ. "އޭނާގެ ހަނދާންތައް އަބަދުގެ އަބަދަށް އަހަރެންގެ ހިތުގައި ހުންނާނެ." ޓްރަމްޕްގެ ބަޔާނުގައި ބުންޏެވެ.

ޓުރަމްޕު ވިދާޅުވެފައިވަނީ އޭނާގެ ލަފާދާރު ކޮއްކޮ އަވާހާރަވި ޚަބަރު ހިއްސާކުރައްވަނީ ވަރަށް ބުރަ ހިތްޕުޅަކާއެކު ކަމުގައެވެ އޭނާ އަވަހާރަވީ އަމާންކަމާއެކު ކަމުގައިވެސް ޓުރަމްޕު ވިދާޅުވިއެވެ.

ރޮބަޓްގެ ބައްޔަކީ ކޮބައިކަމެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް "ސީއެންއެން" އިން ބުނާ ގޮތުގައި ރޮބަޓް ބަލިވެ އުޅޭތާ ވަރަށް ގިނަ ދުވަސް ވެއްޖެއެވެ. ޖޫން މަހު ވެސް ރޮބަޓް ހޮސްޕިޓަލްގައި އެޑްމިޓް ކުރިއެވެ.

ރޮބާޓް ޓްރަމްޕަކީވެސް ވިޔަފާރިވެރިއެކެވެ. ޚާއްޞަކޮށް ރެއަލް އެސްޓޭޓު ނުވަތަ ގެދޮރުގެ ވިޔަފާރީގައި ކުރިއަށް ވަޑައިގެންނެވި ބޭފުޅެކެވެ. އޭނާގެ ބޭބު ޑޮނާލްޑާ ޚިލާފަށް ރޮބާޓަކީ ވަރަށް ބޮަޑަށް މީހުންގެ ލޯތަކާ ދުރުގައި އުޅުއްވުމަށް އިސްކަންދެއްވި ބޭފުޅެކެވެ.

ރޮބަޓް ވަނީ ޓްރަމްޕް އޮގަނައިޒޭޝަންގެ ނައިބު ރައީސް ކަން ކުރިން ކޮށްފައެވެ. އެ ޖަމިއްޔާ އިން ކުރި ގިނަ ވިޔަފާރިތައް ހިންގުމުގައި ރޮބަޓް އިސްކޮށް ހަރަކާތްތެރިވެފައި ވެއެވެ. އަދި އެމެރިކާގެ ރިޔާސީ އިންތިޚާބަށް ޑޮނަލްޑް ޓްރަމްޕް ނިކުތުމުން ރޮބަޓް ވަނީ ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭންގައި ވެސް ހަރަކާތްތެރިވެފައެވެ.

ހުކުރުދުވަހު ރައީސް ޓުރަމްޕުވަނީ ޞިއްޙީ ޙާލުކޮޅު ދެރަވެ އާލާސްކަންފުޅުގައި ހަސްފަތާލުގައި އެދުމަތިކުރެވިފައިވާ ކޮއްކޮ ރޮބާޓުގެ އަރިހަށް ނިއުޔޯކުގެ ވެއިލް ކޯނެލް މެޑިކަލް ސެންޓަރަށް ޒިޔާރަތްކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން