ކްރިމިނަލް ކޯޓް ހިންގުން އެ ކޯޓްގެ ގާޒީ އާދަމް މުހައްމަދާއި ހަވާލުކޮށްފި އެވެ.
ޖޭއެސްސީން މިއަދު ބުނީ އެ ކޮމިޝަނުން މިއަދު ބޭއްވި ބައްދަލްވުމުގައި ކްރިމިނަލް ކޯޓް ހިންގުން އެ ކޯޓްގެ ގާޒީ އާދަމް މުހައްމަދު އާއި ހަވާލުކުރުމަށް ނިންމާފައިވާ ކަމަަށެވެ. އާދަމް މުހައްމަދު އާއި ކޯޓް ހިންގުން ހަވާލުކޮށްފައިވަނީ އެ ކޯޓް ހިންގަވަމުން ގެންދެވި އަލީ ރަޝީދު ހުސައިން މިއަދު ސުޕްރީމް ކޯޓަށް އައްުޔަން ކުރެއްވުމާއި ގުޅިގެންނެވެ.
ގާޒީ އާދަމް މުހައްމަދަކީ މިދިޔަ ޖެނުއަރީ މަހު ކްރިމިނަލް ކޯޓަށް އައްޔަންކުރި ގާޒީ އެކެވެ. އޭގެ ކުރިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް އަދި ދިފާއީ ވަކީލެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރެއްވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައި އޮތް ދެ މަގާމަށް ޑރ. މުހައްމަދު އިބްރާހިމާއި ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިދިޔަ އާދީއްތަ ދުވަހު ވަނީ ރުހުން ދީފަ އެވެ. އޭނާ މަޤާމުގެ ހުވާކުރައްވާފައިވަނީ މިއަދުގައެވެ.

ކިޔުންތެރިންގެ ހިޔާލު