ކަޝްމީރުގެ ބޯޑަރު ސަރަހައްދުގައި ބަދަލު ކުރެވުނު ހަމަލާ ތަކެއްގައި އިންޑިއާގެ އަސްކަރީ ސިފައިންގެ ހަމަލާތަކުން ޕާކިސްތާނުގެ ކަޝްމީރުގެ 11 އަހަރުގެ ކުއްޖަކު މަރުވެއްޖެއެވެ.

މިހަމަލާތަކުން ޕާކިސްތާނުގެ ކަޝްމީރުގެ އިތުރު 4 ކުއްޖަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

ޕާކިސްތާނުގެ އަސްކަރީ ސިފައިން ބުނާގޮތުން އިންޑިޔާގެ ހަމަލާތަކުން ޒަހަމްވި މީހުންގެ ތެރޭގައި 75 އަހަރުގެ ދުވަސްވީ އަންހެނަކުވެސް ހިމެނެއެވެ. އަދި ޖޫންމަހުވެސް އިންޑިޔާގެ ހަމަލާތަކުން، ޕާކިސްތާންގެ ކަޝްމީރު ސަރަހައްދުގެ 13 އަހަރުގެ ކުއްޖަކުވެސް ވަނީ މަރުވެފައެވެ. އެހާދިސާގައި އެކުއްޖާގެ މަންމަ އާއި ބޭބެ އަށް ބޮޑެތި އަނިޔާ ތަކެއްވެސް ލިބުނުކަމަށް ޕާކިސްތާނުގެ އަސްކަރީ ސިފައިންނާ ހަވާލާދީ ގިނަ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.

ޕާކިސްތާން އަދި އިންޑިޔާ އަށް ދެބައި ކޮށްފައިވާ ކަޝްމީރުގެ މައްސަލައިގައި ބޯޑަރު ބަލަހައްޓަމުންދާ ދެގައުމުގެ އަސްކަރީ ސިފައިންގެ މެދުގައި ހަމަނުޖެހުން ހިނގައި ކުރިމަތިލުންތައް ކުރިއަށް ދިއުމަކީ އާންމު ކަމެކެވެ. މީގެ އިތުރުން ޕާކިސްތާނުގެ ކަޝްމީރުގެ ބޯޑަރާ އެންމެ ކައިރި އަވަށާ ދިމާއަށް، ދުރަށް ވަޒަން ދަތުރު ކުރާ ބަޑި ބޭނުން ކޮށްގެން ހަމަލާތައް ކުރިއަށް ގެންދާކަމަށް އިންޑިޔާގެ ސިފައިންނަށް ވަނީ ތުހުމަތު ކުރެވިފައެވެ.

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދަރު މޯދީ، ކަޝްމީރުގެ މުސްލިމުންގެ މައްސަލައިގައި ދެކެވަޑައިގަންނަވާ ގޮތް ހުސްވި އަހަރު ހާމަ ކުރެއްވި ހިސާބުން ދެގައުމުގެ ޒަމާންވީ ހަމަނުޖެހުންތައް އިތުރަށް ގޯސްވެފައިިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން