ރައްޔިތުން ހާލުގައި ޖެހުނު ދުވަހު މިސަރުކާރުގެ އިސްވެރިން ތިއްބެވީ ދަރުބާރުގޭ ތެރޭގައި ބައި އަޅަން ކަމަށާއި މިސަރުކާރަށް ތަރައްޤި މި ގެނެވުނީ ކޮރަޕްޝަނަށް ކަމުގައި ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ކޯވިޑް 19 އާއި ގުޅިގެން ސަރުކާގެ އެކި އިދާރާތަކުން ކޮށްފައިވާ ޚަރަދުތަކާއި ގުޅިގެން އޮޑިޓާ ޖެނެރަލް ކުރައްވާފައިވާ އޮޑިޓްތަކުން ހާމަވާން ހުރި ބޮޑެތި ވައްކަންތަކަށް އިޝާރާތް ކުރައްވައި ޖަމީލް ވިދާޅުވި ރައްޔިތުންތިބި ހާލާއިމެދު މިސަރުކާރުގެ ކަންބޮޑުވުމެއް ނެތްކަން އޮޑިޓް ރިޕޯޓްތަކުން ހާމަވާކަމަށެވެ. ރައްޔިތުން ގޭތެރޭގައި ބަންދުކޮށް ބޭތިއްބުމަށްފަހު ސަރުކާރުގެ ވެރިން ޖަމާއަތް ހަދައިގެން ބައި އެޅުން ނޫންކަމެއް ކޮށްފައި ނުވާކަމަށް ޖަމީލް ވިދާޅުވި އެވެ.

ތަރައްޤީއާއި ރައްޔިތުންގެ ކުރިމަމަޤަށްޓަކައި ކަންކަން ކޮށްދޭނެކަމަށް ބުނެ އެތަކެއް ވައުދަކާއިއެކު ވެރިކަމަށް އައި ބޭފުޅުންގެ ފަރާތުން މިއަދު ފެނިގެންދަނީ ހުއްޓުވަން ބުނި ކޮރަޕްޝަން ތަރައްޤީކޮށް ފުޅާކުރަމުންދާ މަންޒަރުކަމަށެވެ. މިއިންކަމަކުން ރައްޔިތުންނަށް ފައިދާއެއްނުވެ މުޅި ގައުމު އޮޔާދާއިރު ސަރުކާރުގެ ވެރިންނަށް މިކަން ރޭކާވެސް ނުލާކަމީ ދެރަ ކަމެއްކަމަށް ޖަމީލް ވިދާޅުވިއެވެ.

"ރައްޔިތުން ބަނޑަށްޖެހި ދެކޮޅުނުޖެހިގެން އުޅޭއިރު ވެރިން ތިބީ އެންއީއޯސީ ތެރޭގައި ބަައިއަޅަން. ރައްޔިތުން ބަދިގެތެރެއަށް ވައްދާފައި ވެރިން ވަނީ ތިޖޫރިތެރެއަށް. ތަރައްޤީ ވަޒަންކުރަނީ ވަޒީރުންގެ ދަތުރުތަކުންބާ؟ އެމްޑީޕީއަށް ތަރައްޤީ މި ކުރެވުނީ ހުސް ކޮރަޕްޝަން ނޫންތޯ؟" ޑރ.ޖަމީލް ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ގުޅިގެން އެކި އިދާރާތަކުން ކޮށްފައިވާ ޚަރަދުތަކުގެ ތެރެއިން ޓުވަރިޒަމް މިނިސްޓްރީއާއި، ހެލްތު މިނިސްޓްރީއާއި، ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ރިޕޯޓްގައި ފައިސާގެ ބޮޑެތި ހިޔާނާތްތައް ހުރިކަން ވަނީ ހާމަވެފައެވެ. އަދި މި އޮޑިޓް ރިޕޯޓްތަކާއި ގުޅިގެން ސަރުކާރުން ފިޔަވަޅު އަޅުއްވަމުންދާކަމަށް ބުނާއިރު މިހާތަނަށް މިއިން ރިޕޯޓަކާއި ގުޅިގެން އެއްވެސް ބޭފުޅަކާއިމެދު ފިޔަވަޅެއް އަޅާފައިވާތަން ފެނިފައި ނުވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ހެލްތް މިނިސްޓްރީގެ މުވައްޒިފުން ފިޔަވައި މިކޮރަޕްޝަންގެ ރިޕޯޓްތަކުގައި ޝާމިލުވާ އެއްވެސް ފަރާތެއް ގޭގައި މަޑުކުރަންވެސް އަންގާފައިނުވާއިރު، ހެލްތު މިނިސްޓްރީ ފިޔަވައި ދެންހުރި ރިޕޯޓްތަކަކީ ކޮރަޕްޝަން ނުހިމެމޭ ރިޕޯޓްތަކެއްތޯ ބުނެ ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން