އަތުގައި ހޭކެންޏާ ދަތުގައި ހޭކިކެން ކޮންމެ ކޮންމެ ކަމެއްގައި ރަނގަޅެއް ނުވާނެއެވެ. ސަރުކާރެއްގައި، އެސަރުކާރުގެ ކަންކަން ހިންގަން ހަވާލުވާ މީހުންގެ އަތްމައްޗަށް ރައްޔިތުންގެ ބެއިތުލްމާލު އެރީމާ އެއަށް އަތްލާން ލިބޭވަރަށް އަމިއްލަ ޖީބަށްލީމާ އެއީ އަދި ކަމަކުދާ ގޮތެއް ނޫނެވެ. އެކަމަކު މިސަރުކާރާއި ދިމާއަށް މިފަހަކަށް އައިސް އެންމެ ބޮޑަށް ތުހުމަތުގެ އިނގިލި ދިއްކުރަމުން ގެންދާ އެއް މައްސަލައަކީ މިދެންނެވި އަތުގައި ހޭކޭތީ ދަތުގައިވެސް ހަކާލާ މައްސަލައެވެ. އެކަން އެނގެން ފެށީ ބިތުފަންގި ނަގަން ފެށީމައެވެ. ކޮންމެ މަގުސަދެއްގައި ވިޔަސް އަދި ކޮންމެ ކަމެއް ހާސިލު ކުރުމުގެ ނިޔަތުގައި ވިޔަސް އަދި އެކަން ކުރީ ރަނގަޅު ހެޔޮ ނިޔަތެއް އޮވެގެން ކަމަށް ނުވިޔަސް މި ސަރުކާރުގެ މިދެންނެވި ބިތުފަންގި ނެގީ ރައްޔިތުންގެ މަޖިލީހުން ނިންމައިގެން އެކަން ކުރަން ޖެހޭ ފަރާތުންނެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ ކޯވިޑްގެ ރޯގާ ބަލިމަޑުކަމާއި ގުޅިގެން ރައްޔިތުންގެ ފައިސާއިން ރައްޔިތުންގެ ޚާދިމުންގެ ގޮތުގައި ތިބި ބަޔަކު ޚަރަދުކުރާ ގޮތް ރަނގަޅަށް ބަލައި ހިސާބު ކުރުމަށެވެ. ފިނޭންސް މިނިސްޓަރު ހަފުތާއަކު އެއްފަހަރު ކިތަންމެ މޮޅު ހިސާބެއް ޖަހައިގެން މީޑިއާއަށް އެހިސާބުތައް ދިން ކަމުގައި ވީ ނަމަވެސް އެ ބުނާ ފައިސާއެއް ޚަރަދުކޮށް އެއްކޮށް ކަނޑައި ގެއްލި ގޮތާއި ހިސާބު ޖެހިގޮތާއި ގަނޑުގައި އެލިޔުނު އެއްޗަކީ ރަނގަޅު އެއްޗެއްތޯ ބަލާ ފަރާތަކީ އޮޑިޓަރ ޖެނެރަލެވެ. މަޖިލީހުން އޭނާއާއި ހަވާލުކުރި މަސައްކަތް އޭނާ ކިތަންމެ ހާވެސް ރަނގަޅަށް އެދަނީ ކުރަށްވަމުންނެވެ.
މީގެކުރިން ހައްތާވެސް ކޮށްފައި ހުރީ ތުހުމަތެވެ. އެބުނާ ބަޖެޓު ފާސްކޮށްގެން ފުރަތަމަ އަހަރު ބަދަލުގެ ގޮތުގައި ބިލިއަނުން ބެހިކަމަށް ކިޔާ ވާހަކައަކީ ވެސް އޮޑިޓަރ ޖެނެރަލް ވިދާޅުވެގެން ހެކިތަކެއް ހުރެގެން ކިޔާ ވާހަކައެއް ނޫނެވެ. ހަމައެކަނި އެނގެނީ ބަޔަކަށް ބަހައިފި ކަމެވެ. ނޫނީ ބަދަލުގެ ގޮތުގައި ބައިވަރު ތަކެއް ދީފިކަމެވެ. ތިލަފުށްޓަށް އަރުވާފައި އޮތް ބޮޑު ދަގަނޑު ބޯޓެއްވެސް ބައި އަޅައިގެން ބާ ދަނގަޑަށް ހަދާފައި ވިއްކާލައިގެން އުޅޭ ވާހަކައެވެ. އާ ސީޕްލޭން ޓާމިނަލުން ބައި އަޅައިފި ވާހަކައެވެ. ވެންޓިލޭޓަރުންވެސް ގޯސް ހަދައިފި ވާހައެވެ. ބޭރުން ދިން އެއްޗެހި ބައިބަޔަށް ބަހައިގެން ގޭގެއަށް ގެންދިޔަ ވާހަކައެވެ. މިހިރީ ހައްތާވެސް ޗެއަރމަން ޖާބިރު މީސް މީހުންނަށް ލޯނު ދީފައިވާ ކަމަށް ބުނާ ކަހަލަ ވާހަކަ ތަކެވެ.
މިހެން ގޮސް އޮޑިޓާ ޖެނެރަލް ބިތުފަންގި ނަގާފައި ހުރި އެއްޗަކާއި ލިބުނު އެއްޗަކާއި ހެދިގޮތެއް ހާމަ ކުރަންދެން އެންމެން ވެސް އެދައްކަނީ ހަމަ ބޮޑެތި ސިންގާ ސިއްރު ތަކުގެ ވާހަކައެވެ. އެވާހަކައެއް އަޑު އިވޭ ގޮތަކަށް އިތުރަށް ފޮނިތޮށި ކާފޫރުތޮޅި ކޮޅެއް ލައިގެން ރަހަ ގަދަކޮށްލައިގެން ދައްކަނީއެވެ.
ނަމަވެސް މިފަހަރު އޮޑިޓަރ ޖެނެރަލް ބިތުފަންގި ނެގީމާ ދެން މަށެއް ނޫނޭ، މަކުރީ ރަނގަޅަށޭ، އެފައިސާ ހުންނާނީ އަނބުރާ އަތުލާފައޭ، ބުންޏަސް އެކަން ގޯސްކޮށް ކޮށްފައި އޮތީމާ އެކަން ކޮށްފައި އޮތްގޮތް، ނުވަތަ ކަން ހިނގާފައި އޮތް މަގު އޭނާ ރަނގަޅަށް ކިޔައިދޭނެއެވެ. ދެން ފަހުން އެކަން އިސްލާހުކޮށް އެފައިސާ ހޯދުމަކީ އެއީ އެހެން ވާހަކައެކެވެ. އޭނާ އެވިދާޅުވީ، އެލިޔުއްވީ، އެބުނެދިނީ އެކަން ކޮށްފައި އޮތް ގޮތެވެ. އެކަމުގެ ނިޔަތް އޮތް ގޮތެވެ. ފަހުން އެކަމަށް ތައުބާވުމާއި އެކަން ރަނގަޅު ކުރުމަކީ އަދި އެހެން ވާހަކައެކެވެ.
ދެން ދައްކާން އޮތީ ބައެއް ބޭފުޅުން މިކަންކަން ދިފާޢު ކުރައްވާން ވާހަކަ ދައްކާން އުޅޭ ވާހަކައެވެ. ހަކުރު ކިލޯއެއް 16 ރުފިޔާއަށް ގަތް ވާހަކައާއި މަސް ކޭހެއް ދެގުނަ ބޮޑުކޮށް ގަތް ވާހަކައެވެ. ވަޒީރު އަމީނާއި އަމީރު ގެންނަން އެއުޅޭ އެބުނާ ވެންޓިލޭޓަރަށް ވީގޮތުގެ ވާހަކައެވެ. އެހީއަށް ދިން ލާރިކޮޅާއި ސާމާނުކޮޅަށް ވީގޮތް ނޭނގޭ ވާހަކައެވެ. ބޮޑު އަގު ޖަހައިގެން ކާއެއްޗެހި ގަނެ ހާލުގައި ޖެހިފައި ތިބި މީހުންނަށް ކާންދިން ވާހަކައެވެ. ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ބޭފުޅަކު ވެސް ވަގުތު ބަލާފައި އޭނާއަށް އަތް ބޭނުނު ގުޅިއަކަށް އަތް ބާނައިގެން އަތުގައި ހާކައިގެން ދަތުގައާއި އަދި މުޅި ގައިގާވެސް ހޭކި ވާހަކައެވެ. ބޮޑު ރޯގާ ބަލިމަޑުކަމެއްގައި ރައްޔިތުން ގޭތެރެއަށް ލާ ތަޅުލައިގެން ނުވިތާކަށް މިސްކިތްތަކާއި މަދަރުސާތައް ވެސް ތަޅުލައިގެން ތިބެ ގިނަ ކަންކަން ކުރީ ރަނގަޅަށް ނޫންކަން އޮޑިޓަޖެނެރަލް އެ ހިސާބުކޮށްފައި އެއޮތީ ބަޔަކަށް އޮޅޭ ވަރަށްވުރެ މާ ސާފުކޮށް ރީތިކޮށް މަށް ދިވެހި ބަހުންނެވެ.
މިހާރުދެން މިސަރުކާރޭ އެސަރުކާރޭ، ކުރީގެ ސަރުކާރުގެ ވައްކަމޭ ކިޔައި އަޅާ ކިޔާން އުޅެގެން ވާނީ ގޯހެވެ. ހައްތަހާ ގޮވާނީ އަތަށެވެ. ދެން އެވާހަކަ ދައްކާން ޓީވީ ތަކަށް މިއަރަނީ ރޮޒައިނާއާއި މަހުލޫފާއި އަލީ އާޒިމާއި ޝާހިދު ފަދަ ބޭބޭފުޅުންނެވެ. އެބޭފުޅުންނަކީ ދިގު 30 އަހަރުގެ ބާނީގެ ދަރިވަރުންނެވެ. އެއީ ސިޔާސީ ކަންކަން ރައީސް މައުމޫން އުފެއްދެވި ޑީއާރްޕީގެ ތެރެއިން ސިޔާސީ ކަންކަން އުނގެނިގެން ތިއްބެވި ބޭބޭފުޅުންނެވެ. އެބޭފުޅުންގެ ސިޔާސީ ނޫކަށިފުރައިގައި ހެސްކިޔާފައި ދިފާއު ކުރެއްވީ މައުމޫންގެ ސަރުކާރާއި އޭރުކޮށްފައި ހުރި ކަންކަމެވެ. އެހެންވީމާ އެވެރިން ދައްކާވާހަކަ ވިއްކާން އުނދަގުލީ ކަމަށް ވެދާނެއެވެ. އެބޭފުޅުން މިހާރު އެތިއްބެވީ ކުރީގެ ގޮތުގައި ގޯސްކޮށް ކަމަށް ދަންނަވަނީއަކީ ނޫނެވެ. އަދި އެބޭފުޅުންގެ ކިބައިގައި އުނިކަމެއް ދެރަ ސިފައެއް ހުރީއަކީ އެއްވެސް ނޫނެވެ. އެކަމަކު އަދިވެސް އެރަހަތައް އަރުބުޑުގައި ހުންނާނެ ކަމަށް ބައެއް މީހުން ގަބޫލުކުރަނީއެވެ.
ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކާއި ކުރެވިފައި ހުރި ތަޖުރިބާއަށް ބަލާއިރު މިސަރުކާރު ހިންގަނީ ދެތަނަކުންނެވެ. ސަރުކާރު ހިންގާ މައި އިދާރާއަކީ ރައީސް އޮފީހެވެ. އަނެއް ބައި މި ހިންގަނީ ރައްޔިތުންގެ މަޖިލީހުންނެވެ. ދެން އޮތީ މިދެ އޮފީހުގެ ނުވަތަ ގިނަ މީހުންގެ ބަހުރުވައިން ނަމަ މިދެ ސަރުކާރުގެ ދުވެއްޔާއި ހިންގުމާއި ހިންގުންތެރިކަމާއި ޕީއާރް، ނުވަތަ މޫނުމަތި ރީތި ކުރުމުގެ ސިޔާސަތު އަޅާ ކިއުމެވެ. ހަމަގައިމުވެސް މި ދެ ސަރުކާރުގެ ތެރެއިން އަޑު ގަދަވެފައި މުލަށްދަނޑީގެ ބާރު ގަދައީ ރައްޔިތުންގެ މަޖިލީހުގައި ކަމަށް ގިނަ ބަޔަކު ބުނަނީ ސަބަބު ތަކެއް ހުރެގެންނެވެ. އެތަނުން ކުރަން ދިމާކޮށްފިއްޔާ ހަމަ ނުވާ އެއްކަމެއް ވެސް ނޯވެއެވެ. އަދި މިހާތަނަށް އެތަނަށް ކާމިޔާބު ނުވެ އޮތީ ހަމަ އެންމެ ކަމެކެވެ. އެއީ އެކިޔާ ބޮޑު ބިޔަ ބަރުލަމާނީއެވެ.
ސަރުކާރުގެ އޮފީސް ތަކުގެ ޕޮލިސީ ކަނޑައަޅައި ހިންގާނެ ގޮތް ބުނެދެނީ ރައީސް އޮފީހުގައި އިންނަވާ މާވަރުގަދަ "ޕޮލިސީ" އެއްކަމަށް ބައެއް ވަޒީރުން ވިދާޅުވެފައި އެބަހުއްޓެވެ. އެވިދާޅުވާ "ޕޮލިސީ" އަކީ އެކަމުގެ ކިހާ ތަޖުރިބާއެއް، ކިހާ ގާބިލުކަމެއް ލިބިގެންވާ ބޭފުޅެއް ކަމެއް ދަންނަވާކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އެއީ ހަމަ ސަރުކާރުގެ "ޕޮލިސީ" ކަމެކެވެ. މިދެންނެވި "ޕޮލިސީ" އާއި ނުލައި ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅެއްވެސް ފުރިހަމަ ނުވާކަމީ ޔަގީންވާ ކަމެކެވެ. ރައީސްގެ ތަރުޖަމާން ބާލާފައިވެސް "ޕޮލިސީ"އަށް ޖާގަ ދޭން ޖެހެއެވެ. އެހާވެސް އެ "ޕޮލިސީ"ގެ ބާރު ގަދައެވެ. ދެން އޮތީ ސަރުކާރުގެ ޕީއާރް ނުވަތަ މޫނުމަތި ރީތިކުރާ މެޝިންގަނޑުގެ ވާހަކައެވެ. އެބައިވެސް ހިނގަނީ އެއޮފީހުގައެވެ. އެހެން ގޮތަކަށް ބުނާނަމަ ސަރުކާރުން ކުރާ ކަންކަމުގެ ވާހަކަ އާންމުންނާއި ހަމައަށް ފޯރޮށްދިނުމުގެ އެންމެ މުހިންމު ވާޖިބު އެޅިފައި އޮތީ އެތަނުގައި އެޒިންމާ ނަގައިގެން ތިބި ބައެއްގެ ބޮލުގައެވެ.
މިހެން މިކަން އޮއްވާ ހަކުރު ކިލޯއެއް 16 ރުފިޔާއަށް ގަނތް ވާހަކައާއި އަގުބޮޑުކޮށް ކާއެއްޗެހި ގަނތް ވާހަކައާއި އެހީއަށްދިން އެއްޗެއްސާ ލާރިއަށް ހެދިގޮތެއް ނޭނގޭ ވާހަކައާއި ބޭކާރު ޚަރަދުކޮށް ކޮރަޕްޝަން ހިންގި ވާހަކަ ދިފާޢު ކުރަން ނުކުމެވަޑައިގަންނަވަނީ ރޮޒޭއާއި މަހޭއާއި އާޒިމާއި ޝާހިދު ފަދަ ބޭފުޅުންނެވެ. އެބޭފުޅުން އަރާ މިދައްކަވަނީ ކުރީ ސަރުކާރުގެ ވާހަކައެވެ. ކުރީގައި އަދުރޭ، ޓިނު ވިއްކެވި ވާހަކައަކާއި، ސަޢީދުމެން ކުރި ވައްކަމުގެ ވާހަކައާއި ޔާމިނުމެން ކުރި ވައްކަމުގެ ވާހަކައާއި ނެގި ފައިސާ ތަކުގެ ވާހަކައާއި މެޑަމް ކަދުރު ބެހި ވާހަކައާއި އާސަންދައިގެ ފައިސާއިން ޚިތާނީ ކޭމްޕް ބޭއްވި ވާހަކައެވެ. ދެން މިބޭފުޅުން ފެންނަ އިރަށް އެއްބަޔަކަށް ސިފަވަނީ އެބޭފުޅުންގެ ކުރީގެ މާޒީއެވެ. އަނެއް ބަޔަކު ބުނަނީ މިވެނި މީހަކީ ރައީސް އިބްރާހީމްގެ ބައިގެ މީހާކަމާއި އެވެނި މީހަކީ ރައީސް ނަޝީދުގެ ބައިގެ މީހާ ކަމަށެވެ. އެހެންވީމާ މި ވާނުވާ ރައްޔިތުންނަށް ގަބޫލުކުރެވޭ ވަރަށް ސާފުކޮށް ބުނެ ނުދެވޭތީ، ނޫނީ ރަނގަޅަށް ހުރި އެއްޗެހި ނުވިއްކޭތީ، މިހުރިހާ އޮޑިޓް ރިޕޯޓެއްގައި ހުރި ހަޑި ހުތުރު އެއްޗެހި ގޮސް މިއެޅެނީ ރައީސް މީހާގެ އިސްތަށިފުޅުގައެވެ. ހުރިހާ ހުތުރެއް ސަރުކާރަށެވެ.
މި ސަރުކާރު ރައްޔިތުން ގެނައީ އެހުރިހާ ވާހަކައެއް ދައްކައިގެންނެވެ. މި ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ ގަދަ ފުރިހަމަ މެޖޯރިޓީ ދިނީ ރައީސް ނަޝީދާއި ރައީސް އިބްރާހީމުގެ މޮޅުކަމަކުން ރީތި ކަމަކުން ނޫނީ ބިޔަ ކޯލިޝަންގެ ފުރިހަމަ ކަމަކުން ނޫނެވެ. އެބޭފުޅުން ބުނެދީ ކިޔައިދިން ކުރީ ސަރުކާރުގެ ވައްކަމާއި ޚިޔާނާތާއި އަނިޔާވެރިކަމުގެ ވާހަކައިންނެވެ. އެ މީހުން ކެއިއްޔާ ކެއިއެއްޗެއްގެ ވާހަކައާއި ނެގިއްޔާ ނެގި އެއްޗެއްގެ ވާހަކަ އެކެއި ވަރަށް ވުރެ ނޫނީ ނެގި ވަރަށް ވުރެ ބޮޑުކޮށް، މާ ބޮޑުކޮށްގެން ވެސް ދައްކައި ނިމިއްޖެއެވެ. ރައްޔިތުން މި ސަރުކާރު ގެނައީ އެވާހަކަތައް ގަބޫލުކޮށްގެން އެކަންކަން އިސްލާހު ކޮށްދޭނެ ކަމުގެ ފޮނި އުއްމީދުގައެވެ. އެނޫން ގޮތަކަށް ކަންކަން ހިންގުމަށެވެ.
ދެން އެހެންވީމާ އެސަރުކާރުގެ ފަސްމާމުލުންގެ ފަސް ވަގުގެ ވާހަކައާއި އެސަރުކާރުގެ "އަންދާ ގާނޫނު"ގެ ވާހަކައާއި އެސަރުކާރުގެ "ސަދޫމު ކޯޓު" ގެ ވާހަކައެއް ނުހިނގާނެއެވެ. މިހާރު ހިނގާނީ އެކަންކަން އިސްލާހުކުރާތަން އަމަލުން ދައްކައި ވައްކަން ކުރާ ވަގުން އަތުލައިގަނެ އަދަބުދީ އަތްވެސް ކެނޑެންޏާ ކަނޑައި އެކަން އަމަލީ ގޮތުން ދައްކައިގެންނެވެ. "ސަދޫމް" ގެ ޝަރުޢީ ނިޒާމުން ލިބުނު ތަޖުރިބާއިން ކަންކަން ރަނގަޅު ކުރިކަން ރައްޔިތުންނަށް ހަގީގަތުގައި ވެސް ދައްކައިގެންނެވެ. ޖޭއެސްސީގައި ތިބީ ގޭދޮށު ކުދިން ކޮޅެއް ނޫންކަން ރައްޔިތުންނަށް ޔަގީންކޮށްދީގެންނެވެ.
މިކަންކަން އިސްލާހުކޮށް ރަނގަޅު ކުރަމުން ގެންދަންޏާ އެވާހަކަ ދައްކާނެ މީހުން އެވާހަކަ ދެއްކީމާ ބަލައިގަންނަ ބަޔަކު ތެދުވެ އެވާހަކަ ދައްކައިގެން ނޫނީ ރައީސް އިބްރާހީމްގެ އިސްތަށިފުޅުން އެ ހުތުރު ބަދުނާމް ތަކެއް ސާފެއް ނުވާނެއެވެ. ސަރުކާރުގެ ޕީއާރްގައި އެހާ ވަރު ނެތިއްޔާ ދެން ހިސާބުޖަހާ މީހާ ނަގާ ހުރިހާ ބިތުފަންގިއަކުން ބުރާ ކުނޑިއެއް، ކިލައެއް، ގެދަބުޅިއެއް ވިޔަސް ބުރާނީ ރައީސް މީހާގެ އިސްތަށިފުޅަށެވެ. ރައީސް މީހާ އެއިން ސަލާމަތްކޮށްދޭނެ އަނގަތަކެއް، އަތްތަކެއް، ގަލަންތަކެއް ނެތިއްޔާ އެއީ މިހިނގާ 21 ވަނަ ގަރުނުގައި އެކަން އޮތް ގޮތެވެ. މުޅި އޮޑީގައި "ޕޮލިސީ" ގެ ދެފައި އޮވެގެން ޕޮލިސީ ކަނޑައަޅައި އެހިންގަން ހުރީ ސާޅީސް ނުފުރޭ ދުވަހަކު އެފަދަ ކަމެއް ހިންގުމުގެ ތަޖުރިބާއެއް ނެތް "ކުއްޖަކަށް" ވަންޏާ އޮޑީގެ ފަޅުވެރިން އެ ޕޮލިސީ ހިންގާއިރު ފޭދޭބައި ތަށިތަށްޓަށް އަޅައިގެން ވަގަށާއި ދިގަށް ވިޔަސް ގެއަށް އުފުލާނެއެވެ. އެހެންނޫނިއްޔާ ވަށައިގެން ތިބި މީހުންގެ ތެރޭގައި އިހުލާސްތެރި ކަމެއް ވެސް އިހުސާންތެރި ކަމެއް ވެސް ހަމަ ނެތީއެވެ.

ކިޔުންތެރިންގެ ހިޔާލު