ކަނޑުމަތިން އެންޖެލިކާ ސަލާމަތް ކުރުމުގެ ތެރެއިން. (ފޮޓޯ: ޑެއިލީ މެއިލް)
ކަނޑުމަތިން އެންޖެލިކާ ސަލާމަތް ކުރުމުގެ ތެރެއިން. (ފޮޓޯ: ޑެއިލީ މެއިލް)
އާއިލާއާއި ގުޅުން ކެނޑި އާއިލާއަށް ގެއްލުނުތާ ދެއަހަރުފަހުން އުމުރުން 46 އަހަރުގެ އެންޖެލިކާ ގައިޓަން ނަމަކަށް ކިޔާ އަންހެނަކު ކޮލަންބިއާ ކައިރިން ކަނޑުމަތިން އޮޔާދަނިކޮށް ފެނިއްޖެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، އެންޖެލިކާ ކަނޑުވެ އޮޔާންދާން މެދުވެރިވީ ފިރިމީހާގެ އަނިޔާތަކަށް ކެއްނުކުރެވިގެން، އަމިއްލައަށް ގެނބިގެން މަރުވާން މަސައްކަތްކުރަނިކޮށެވެ. އެންޖެލިކާ ކަނޑުމަތިން އޮޔާ ދަނިކޮށް ސަލާމަތް ކޮށްދީފައިވަނީ ކޮލަމްބިއާގެ މަސްވެރިންތަކެކެވެ.

ސަލާމަތްވުމަށްފަހު މީޑީއާއަށް މައުލޫމާތުދެމުން އެންޖެލިކާ ބުނީ އޭނާ މިގޮތަށް ނިންމީ 20 އަހަރު ވަންދެން އޭނާގެ ފިރިމީހާގެ އަނިޔާތަކަށް ކެއްކުރުމަށް ފަހުގައި ކަމަށެވެ. އަދި ފިރިމީހާގެ ނުފޫޒުން އާއިލާއާ އަދި ރައްޓެހިންނާވެސް ގުޅުން ކަނޑައިލަން ޖެހުނީ ކަމަށް އޭނާ ބުނެފައި ވެއެވެ. މިގޮތުން މީގެ 2 އަހަރު ކުރިން އާއިލާ އާއި ގުޅުން ކެނޑުނު ފަހުން އެންޖެލިކާގެ އެއްވެސް ހަބަރެއް އޭނާގެ އާއިލާއަކަށް ނުވެއެވެ. ދެ އަހަރު ފަހުން އާއިލާއަށް ޚަބަރު ލިބުނީ ކަނޑުމަތިން އޮޔާ ދަނިކޮށް އެންޖެލިކާ ސަލާމަތްކޮށްގެން އުޅޭ ހަބަރުކަމަށް އެންޖެލިކާގެ އާއިލާއިން ބުނެފައިވެއެވެ.

ކަނޑުމަތިން ސަލާމަތްކުރި އިރު ހާލު ދެރަނަމަވެސް މިހާރު ހޮސްޕިޓަލްގެ ފަރުވާލިބި ހާލަތު ރަނގަޅުވަމުން އަންނަ ކަމަށްވެއެވެ. އެންޖެލިކާ ބުނެފައިވަނީ، ސަލާމަތްވުން މިއީ އޭނާގެ ދިރިއުޅުމަށް އަލުން ލިބުނު ފުރުސަތެއްކަމަށް ގަބޫލު ކުރާކަމަށެވެ.

ކަނޑުމަތީގައި އެންޖެލިކާ، 8 ގަޑި އިރު ހޭދަ ކޮށްފައިވާނެކަމަށް މީޑިއާގެ ރިޕޯޓުތަކުން ލަފާކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން