ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު (ކ) އާއި ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުޞްތަފާ (ވ)
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު (ކ) އާއި ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުޞްތަފާ (ވ)
ވެންޓިލޭޓަރު ގެންނަން ސަރުކާރުން ކުރި ޚަރަދުތަކުގެ 90 އިންސައްތަ ފައިސާ ބޭނުންކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުޞްތަފާ ތުހުމަތުކުރައްވައިފިއެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖެއިން ހޯދުމަށް މަސައްކަތްކުރި ވެންޓިލޭޓަރުތަކާ ގުޅިގެން ތުޙުމަތު ކުރެވޭ ޚިޔާނާތުގެ މައްސަލާގައި ހެލްތް މިނިސްޓަރު ޢަބްދުﷲ އަމީން ހިމެނިވަޑައިގަންނަވާހެން އެ މިނިސްޓްރީގެ 11 ބޭފުޅަކަށް ދަޢުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނުން މިހާރު ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.

އެކަމާ ގުޅިގެން ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު މުޞްތަފާ، މުސްޠަފާބެ، މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ވެންޓިލޭޓަރު ގެންނަން ސަރުކާރުން ކުރި ޚަރަދުތަކުގެ 90 އިންސައްތަ ފައިސާ "ކާލީ" ފިނޭންސް މިނިސްޓަރު އަމީރު ކަމަށެވެ.

"އެކަމަކު އޭސީސީ އިން އޭނާއާއި ކުރި، ކުރިމަތި ކުރުވި ސުވާލެއްވެސް ނެތް. މިއަށްވެސް ކިޔަނީ އިންސާފު ނުވަތަ ޢަދުލުވެރިކަން. ޤައުމުން މިހާތަނަށް ކުރި ބޮޑެތި ހުރިހާ ވައްކަމެއް ކުރީ ފަލަމަޑި ވަޒީރު." މެމްބަރު މުސްޠަފާ ވިދާޅުވިއެވެ.



ކޯވިޑް-19 އާއި ގުޅިގެން ހެލްތް މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކާއި ގުޅޭގޮތުން އޮޑިޓް އޮފީހުން އާންމުކޮށްފައިވާ އޮޑިޓް ރިޕޯޓްގައި ބޮޑެތި މައްސަލަތަކެއް ފާހަގަކޮށްފައިވެ އެވެ. އެ މައްސަލަތަކާއި ގުޅިގެން އެކަންކަން ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އޭސީސީއަށް އަންގާފައިވަނީ އޮގަސްޓް 17 ވަނަ ދުވަހު އެވެ،

އެމައްސަލައިގައި ރައީސް އަންގަވާފައިވަނީ ފުލުހުންނާއި އޭސީސީއާއި ގުޅިގެން ތަހުގީގު ކުރިއަށް ގެންދިއުމަށެވެ.

އެ މައްސަލާގައި އަމީން ހިމެނޭ ގޮތަށް 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދުނު އިރު، ކޮވިޑާ ގުޅިގެން ހެލްތު މިނިސްޓްރީއިން ކުރި ހަރަދުތަކުގެ އޮޑިޓް ރިޕޯޓް އޮޑިޓް އޮފީހުން އާންމުކުރިއިރު ފެންމަތިކޮށްފައިވާ ސީރިއަސް މައްސަލަތަކާ ގުޅިގެން އަމީން ހުންނެވީ އެ މައްސަލަތައް ނިމެންދެން އަމިއްލައަށް މަސްއޫލިއްޔަތުތަކުން އެކަހެރިވެ ވަޑައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު


-7

ހާސިންޖީ

22-Oct-2020

ޢަދިވެސް އެންމެ ފުނަކަށް މިސްތަފަބެ އަކަށް ނުފީނޭ އެންމެ ފުނުން ފެންނާނީ މުޅިން ތަފާތު މަންޒަރެއް ދާހިލީ މަލުގެ އާއިލާ ތިކަމުގެ އަޑީގައި ތިބޭނީ އެ ގުރޫޕުން މުޅި ޤާއުމު ކައި ހުސްކޮށްލައިފި އަދީބު ބުރޯފަރާތުން ވާރުތަވި


11

ހަސަންބެ

17-Oct-2020

ހާދަ ދެރަޔޭ ރަޔިތުންގެ ފަސާކޮޅު ކާލީމަ ރަޔިތުންނައް ހުރިހާ ދެރަޔެއް


17

އަލިބެ

17-Oct-2020

ހުސް ވަގުން މަގާމުން ދުރުކޮއް ޖަލައް ލާ


-4

އިބުރާހިމްބެ

17-Oct-2020

މަގާމުން ދުރުކޮއް ފިޔަވަޅު އަޅާ ތީ ބޮޑު ޖަރީމާއެއް



ޓްރެންޑިން