ބްރިޓިޝް އެއަރވޭސްގެ މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި
ބްރިޓިޝް އެއަރވޭސްގެ މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި
ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފިއެވެ.

ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށާފައި މިވަނީ ކޯވިޑް19އާ ގުޅިގެން އެ އެއަރލައިނުން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލައިފައި އޮތުމަށްފަހުއެވެ.



ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް ކުރަނީ ލަންޑަންގެ ހީތްރޯ އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. ހަފްތާގެ 3 ދުވަހު ދަތުރުތައް އޮންނައިރު، ލަންޑަންއިން ރާއްޖެއަށް ދަތުރުތައް ކުރާނީ އާދިއްތަ، ބުދަ، އަދި ހުކުރު ދުވަހުއެވެ. ރާއްޖެއިން ލަންޑަންއަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ.

ދުނިޔޭގެ ގިނަ މަންޒިލްތަކަކަށް ދަތުރުކުރާ ބްރިޓިޝް އެއާވޭސް އިން ރާއްޖެ އަށް ސީދާ ދަތުރުތައް ފަށާފައިވަނީ 2015 ވަނަ އަހަރުއެވެ. ޖުލައިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކަކުން މިހާރު ވަނީ ރާއްޖެއަށް ދަތުރުތައް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން