ރަޝިޔާއިން އުފައްދާފައިވާ ކޮވިޑްގެ ވެކްސިން ސްޕަޓްނިކް-ވީ. (ފޮޓޯ: ރެއުޓާސް)
ރަޝިޔާއިން އުފައްދާފައިވާ ކޮވިޑްގެ ވެކްސިން ސްޕަޓްނިކް-ވީ. (ފޮޓޯ: ރެއުޓާސް)
ރަޝިޔާއިން އުފައްދާފައިވާ ކޮވިޑްގެ ވެކްސިން ސްޕަޓްނިކް-ވީ ގެ ތަހުލީލުތައް އިންޑިޔާގައި ކުރިއަށް ގެންދިއުމުގެ ހުއްދަ ލިބިފައިވާކަމަށް ރޮއިޓާސް އިން ހާމަކޮށްފިއެވެ.

މީގެ ކުރިންވެސް އިންޑިޔާގައި މި ވެކްސިންގެ ތަހުލީލުތައް ކުރުމަށް ހުއްދައަށް އެދިފައިވީނަމަވެސް، ހުއްދަ ލިބިފައިނުވުމުން، ވެކްސިންގެ ފުރަތަމަ 2 ފޭސް ގެ ތަހުލީލުތައްވެސް ކުރިއަށް ގެންދިޔައީ ރަޝިޔާގައެވެ. ނަމަވެސް މިތަހުލީލުތަކަކީ މާގިނަ މީހުން ބޭނުންކޮށްގެން ހެދުނު ތަހުލީލު ތަކަކަށް ނުވާތީވެ، އިންޑިޔާގައި ވެކްސިންގެ ތަހުލީލުތައް ކުރަމުން ދާއިރު ވެކްސިންގެ ފުރަތަމަ 2 ފޭސް ގެ ތަހުލީލުތައްވެސް އަލުން ތަކުރާރު ކުރުމަށް އިންޑިޔާގައި ރަޝިޔާއިން އެދިފައިވެއެވެ.

މިގޮތުން 1500 މީހުންނާއެކީ ރަޝިޔާގެ ވެކްސިން، ސްޕަޓްނިކް-ވީގެ ފޭސް 2 އަދި 3 ގެ ތަހުލީލުތައް އިންޑިޔާގައި ކުރިއަށް ގެންދެވޭނެ ކަމަށް، މި ވެކްސިން އެހެން ގައުމުތަކަށް މާކެޓް ކުރުމަށް ހަވާލުވެފައިވާ ކުންފުނި، އާރްޑީއައިއެފް އިން ހާމަކޮށްފައިވެއެވެ. އިންޑިޔާގައި މިތަހުލީލުތައް ކުރުމަށް ވެކްސިންގެ 100 މިލިއަން ޑޯޒް އިންޑިޔާއަށް ފޯރުކޮށްދެވޭނެކަމަށް ވެސް އާރްޑީއައިއެފް އިން ހާމަކޮށްފައިވެއެވެ.

ވެކްސިންގެ ތަހުލީލުތައް އިންޑިޔާގައި ކުރިއަށްގެންދާނީ އިންޑިޔާގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ބައޯޓެކްނޮލޮޖީ ޑިޕާޓްމެންޓްގެ ލެބޯރޓްރީ ތަކުގައި ކަމަށް ދެގައުމުންްވަނީ އެއްބަސްވެފައެެވެ.

މީގެ އިތުރުން އިންޑިޔާގެ އެހީތެރިކަމާއެކު ސްޕަޓްނިކް-ވީގެ 300 މިލިއަން ވެކްސިން ޝޮޓް، އުފެއްދުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކޮވިޑްގެ ވެކްސިންއަކަށް އެންމެ ފުރަތަމަ އެޕްރޫވަލް ލިބުނު ވެކްސިން، ސްޕަޓްނިކް-ވީގެ ފޭސް 3 އަދި 4ގެ ތަހުލީލުތައް، ބެލާރުސް، ވެނިޒުއޭލާ، އަދި ޔޫއޭއީގައި މިހާރު ވެސް ކުރިއަށް އެބަ ގެންދެއެވެ. އަދި 40،000 މީހުންނާއެކީ ސްޕަޓްނިކް-ވީގެ ފޭސް 3ގެ ތަހުލީލުތައް، މޮސްކޯގައިވެސް ކުރިއަށްގެންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން