އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، މައިކް ޕޮމްޕެއޯ އަންނަ ބުދަ ދުވަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ޕޮމްޕެއޯގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައި، ޚާރިޖީ ވަޒީރާއި ދެބޭފުޅުންގެ މެދުގައި ރަސްމީ މަޝްވަރާތައް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިމަޝްވަރާތަކުގައި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ހާލަތާއި ގުޅޭގޮތުންނާއި އެބަލިން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ގުޅޭގޮތުންވެސް މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ.



އެމެރިކާގެ މިހާ މަތީފަންތީގެ ބޭފުޅަކު އެންމެ ފަހުން ރާއްޖެ ވަޑައިގެންފައިވަނީ 1992ގައެވެ. އެފަހަރުވެސް ރާއްޖެ ވަޑައިގެންނެވީ އޭރުގެ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްކަމުގައި ހުންނެވި ޖޭމްސް އެޑިސަން ބޭކާއެވެ. އެހެންކަމުން މިއީ ފަހުގެ ތާރީޚެއްގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަޤާމުގައި ހުންނެވި ބޭފުޅަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން