މާވަށު ޕޮލިސް ސްޓޭޝަނުން މާވަށުގައި ހިންގި ކޮމިއުނިޓީ އެންގޭޖްމަންޓު ޕްރޮގްރާމެއްގެ ތެރެއިން
މާވަށު ޕޮލިސް ސްޓޭޝަނުން މާވަށުގައި ހިންގި ކޮމިއުނިޓީ އެންގޭޖްމަންޓު ޕްރޮގްރާމެއްގެ ތެރެއިން
ރާއްްޖޭގެ ރަށްރަށުގައި ގާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުން ނަތީޖާ ނުނެރެވެނީ ހެދިފައި ހުންނަ ގާނޫނުތަކުގެ ސަބަބުން ކަމަށް ސައިރިކްސް ކޮލެޖްގެ ޗެއާމަން އަހުމަދު ޝަރީފް މިރޭ ވިދާޅުވެއްޖެއެވެ.

ސައިރިކްސް ކޮލެޖްގެ ޗެއާމަން އަހުމަދު ޝަރީފް ވިދާޅުވީ، ރާއްޖޭގެ އަތޮޅުތަކުގައި ގާއިމްކޮށްފައި ހުރި ޕޮލިސް ސްޓޭޝަންތަކުން ނަތީޖާ ނުނެރެވެނީ ހެދިފައި ހުންނަ ގާނޫނުތަކުގެ ސަބަބުން ފުލުހުންގެ އަތް ބަދެވިފައިވާތީ ކަމަށެވެ. ގާނޫނުތަކުގެ ސަބަބުން މަދަނީ މައްސަލަތައް ޖިނާއީ މައްސަލަތަކަށް ބަދަލުވެގެންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެހެންކަމުން "މަދަނީ މައްސަލަތައް ފުލުހުންނަށް ބެލޭނެ ގޮތް ހަދަންޖެހޭ" ކަމުގައި ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ ޓެކްސް ފައިސާ ހޭދަކޮށްގެން ރާއްޖޭގެ އަތޮޅު ތަކުގައި ޕޮލިސް ސްޓޭޝަންތައް ގާއިމް ކުރުމުން ރަށްރަށުގައި ހިނގާ މަސްތުވާތަކެތީގެ މައްސަލަ ތަކާއި ކުށް މަދުވެއްޖެތޯ ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ގެ އަރިހުން ޝަރީފް ވަނީ ސުވާލުކުރައްވާފައެވެ.

"ހަމަގައިމު ވެސް ސ.ހުޅުދޫގައި އެންމެ ބޮޑީ މަސްތުވާތަކެތީގެ މައްސަލަ، ހައްލެއް ނުލިބޭ." ޝަރީފް ވިދާޅުވިއެވެ.

ފަހަކަށް އައިސް ރާއްޖޭގައި ހިނގާފައި ހުރި މާރާމާރީ ތަކާއި ގުޅިފައި ވަނީ މަސްތުވާތަކެއްޗާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް ގާއިމުކޮށް އެތަން ތަނުގައި ފުލުހުން ބެއިތިއްބުމަށް ދައުލަތުން ބޮޑެތި ޚަރަދުތައް ކުރަމުން ގެންދިޔަ ނަމަވެސް ޝަރީފު ވިދާޅުވި ފަދައިން އެކަމުގެ މަގުޞަދު އެންމެ އެކަށީގެންވާ ގޮތުގައި ހާސިލު ވަމުން ނުދާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

އެގޮތުން ރަށްރަށުގައި ހިނގާ މާރާމާރީގެ މައްސަލަތަކާއި މަސްތުވާ ތަކެތީގެ މައްސަލަތައް އިތުރުވެ ރަށްރަށުގައި މަސްތުވާ ތަކެތި ބޭނުންކުރާ ޒުވާނުން ބޮޑުތަނުން އިތުރުވެ ބޮޑެތި އިޖުތިމާޢީ މައްސަލަތައް އިންތިހާއަށް ބޮޑުވަމުން ދާއިރު އެކަންކަން ހުއްޓުވުމަށް ފުލުހުންނަށް މާބޮޑު ދައުރެއް އަދާ ކުރެވިފައި ނުވާކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން