މާޝާ މިދުހަތު   31 އޮކްޓޯބަރު 2020 - 23:56
ހޮލީވުޑްގެ މަޝްހޫރު ޖޭމްސް ބޮންޑް ފިލްމުތަކުގެ ލީޑް ރޯލުން އެންމެ ފުރަތަމަ ފެނިގެންދިޔަ ޝޯން ކޮނެރީ މަރުވެއްޖެއެވެ.

ޖޭމްސް ބޮންޑް ފިލްމުތަކުގެ ލީޑް ރޯލުން އެންމެ ފުރަތަމަ ފެނިގެންދިޔަ ޝޯން ކޮނެރީ، މިއަދުގެ ވަގުތެެއްގައި މަރުވެފައިވާކަން އޭނާގެ ދަރިފުޅު މީގެ ކުޑައިރުކޮޅެއް ކުރިން ވަނީ މީޑިއާ ތަކަށް ކަށަވަރުކޮށްދީފައެވެ. އޭނާ މަރުވީ އުމުރުން 90 އަހަރުގައެވެ."ބައްޕަ މަރުވި އިރު ބަލިކޮށް އުޅުނު ނަމަވެސް ބައްޕަ މަރުވެފައިވަނީ، ބަހާމަސްގައި ހުންނަ ބައްޕަގެ ގޭގައި ނިދާފައި އޮށްވައި." ޝޯން ކޮނެރީ މަރުވެފައިވާކަން ޔަގީންކޮށްދެމުން އޭނާގެ ދަރިފުޅު ޖޭސަން ބުނެފައިވެއެވެ.

ހޮލީވުޑްގެ ކާމިޔާބު ޖޭމްސް ބޮންޑް ފިލްމުތަކުން މަޝްހޫރުކަން ލިބިފައިވާއިރު، ޝޯން ކޮނެރީ ވަނީ ޖޭމްސް ބޮންޑް ފިލްމުތަކުގެ ފުރަތަމަ 5 ފިލްމުގައި ލީޑްރޯލުކުޅެފައެވެ. މިފިލްމުތައް ނެރެފައިވަނީ 1962 ވަނަ އަހަރާއި 1971 ވަނަ އަހާރި ދެމެދުގައެވެ. މީގެ އިތުރުން 1983 ވަނަ އަހަރު ޖޭމްސް ބޮންޑް ފިލްމު އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމު "ނެވަރ ސޭ ނެވަރ އަގެއިން" އިންވެސް ޝޯން ކޮނެރީ ވަނީ ފެނިގެންގޮއްސައެވެ.

ޖޭމްސް ބޮންޑް ފިލްމުތަކުގެ އިތުރުން ދަ ހަންޓް ފޯ ރެޑް އޮކްޓޯބަރ، ހައިލެންޑަރ، އިންޑިޔާނާ ޖޯންސް، ދަ ލާސްޓް ކްރޫސޭޑް އަދި ދަ ރޮކް ފަދަ މަޝްހޫރު ފިލްމުތަކުން ޝޯން ކޮނެރީ ވަނީ ފެނިގެންގޮއްސައެވެ.

ދުނިޔޭގެ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ޖޭމްސް ބޮންޑް، ޝޯން ކޮނެރީ ވަނީ 1988 ވަނަ އަހަރު އޮސްކާ އެވޯޑެއްވެސް ހާސިލްކޮށްފައެވެ. އޭނާ މަރުވި އިރު، އަނބިކަބަލުން މިކެލިންއާއި ދެ ދަރިކަލުން ޖޭސަން އަދި ސްޓިފެން ދުނިޔޭގައި އެބަތިއްބެވެ. 


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން