ޒަހީނުއްދީން ސަޢީދު   22 ނޮވެމްބަރު 2020 - 4:9
ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ ރާއްޖޭގެ ސިޔާސީ ތަޅުދަނޑި ކަމަށް އެޕާޓީގެ ނާއިބް ރައީސް އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.

ޖުމުހޫރީ ޕާޓީގެ ނާއިބް ރައީސް އަހުމަދު ސައުދު މިހެން ވިދާޅުވީ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަކީ ހަމަައެކަނި ރިޔާސީ އިންތިޚާބަށް ފޮޅޭ މަލެެއް ކަމަށް ވިދާޅުވެ ޕީޕިއެމްގެ ނާއިބް ރައީސް މުހަންމަދު ހުސައިން ޝަރީފް، މުންދު ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.

މުންދުގެ މިވާހަކައަށް ރައްދު ދެއްވަމުން ސައުދު ވަނީ އެމަލުގެ ވަސްބަލާ މީހުން ތިބީ ޕީޕިއެމްގައި ނޫންތޯ ސުވާލުކުރައްވާފަ އެވެ. ސައުދު އެ އިޝާރަތްކުރެއްވީ ޕީޕިއެމްގެ ކެންޑިޑޭޓް އަބުދު ﷲ ޔާމިން ރައީސް ކަމަށް އިންތިޚާބުވެވަޑައިގަތުމުގައި ގާސިމްގެ ތާއިދު ބޭނުންކުރެއްވި ކަން ހަނދާން ކޮށްދެއްވުމަށް ކަމަށް ބެލެވެއެވެ.

ސައުދު ވިދާޅުވީ، ގާސިމަކީ ރާއްޖޭގެ ސިޔާސީ ތަޅުދަނޑި ކަމަށާއި، 2008 ވަނަ އަހަރުން ފެށިގެން އެކަމަކީ ފެން ފޮދެއްހާ ސާފު ކަމެއް ކަމަށެވެ.

"ކޮންމެ ބަޔަކަށް ވިޔަސް މިހާ ހިސާބަށް ސަރުކާރު ލިބިފައި އޮތީ މި ތަޅުދަނޑި ލިބިގެން. މި ބުނެވުނީ ރަނގަޅަށްތޯ؟" 2008 ވަނަ އަހަރުގެ ފަހުން ބޭއްވި ހުރިހާ ރިޔާސީ އިންތިޚާބެއްގައި ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުން ގާސިމްގެ އެހީތެރިކަމާއި އެމަނިކުފާނުގެ ތާއިދު ބޭނުންކުރެއްވިކަން ހާމަކުރައްވަމުން ސައުދު ވިދާޅުވިއެވެ.

ސައުދު މިހެން ވިދާޅުވެފައިވާއިރު އާ ގާނޫނު އަސާސީގެ ދަށުން ބޭއްވި ހުރިހާ ރިޔާސީ އިންތިޚާބުތަކެއްގައި އިންތިޚާބު ކާމިޔާބު ކުރަށްވައިގެން ވެރިކަމަށް ވަޑައިގެންނެވިފައިވަނީ ގާސިމްގެ ތާއިދާއެކު ކަން ފާހަގަކޮށްލެވެއެވެ.

އެހެން ނަމަވެސް ގާސިމްގެ ތާއިދާއެކު ވެރިކަން ހޯއްދެވުމަށްފަހު އާޚިރުގައި ކޮންމެ ބަޔަކުވެސް ކަންކުރާ ގޮތަކީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޖުމުހޫރީޕާޓީ ސަރުކާރުން ބޭރުކޮށްލައި ނިކަމެތިކޮށްލުންކަން ގިނަބަޔަކު ފާހަގަ ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު


-7

ހަސަނު

27-Nov-2020

ސިޔާސީ ރަންޑިއެއް ޤާސިމަކީ.


9

ކުޑަކާށި

25-Nov-2020

އެއަށްކިޔަނީ ސިއާސީ މާކުންބެ ,



ޓްރެންޑިން