މިސްކިތްތަކުގައި ނިދާ ކައިބޮއި ހަދާ މީހުންގެ މައްސަލައަށް ހައްލެއް ހޯދުމަށް ގުޅުންހުރި ދާއިރާތަކާއެކު ހޯމް މިނިސްޓްރީން ޚާއްޞަ މަސައްކަތްތަކެއް ފަށައިފިއެވެ.
ހޯމް މިނިސްޓްރީން ބުނީ އެމިނިސްޓްރީން އެކަމަށް އިސްވެ މިމަސައްކަތް ފެށީ ކަމާ ގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެން ކަމަށެވެ. މިމައްސަލަ ހައްލުކުރުމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ އެކުލަވާލެއްވި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ހޯމް މިނިސްޓްރީގެ އިތުރުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ނޭޝަނަލް ޑްރަގް އެޖެންސީއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މާލޭ ސިޓީ ކައުންސިލެވެ.
މިއީ މާލޭސިޓީގައި ބޯހިޔާވަހިކަމެއް، އަޅާލާނެ ބަޔަކު ނެތި މަގުމަތިވެފައިވާ ފަރާތްތަކުން ބައެއް މިސްކިތްތަކުގައި ފެންވަރައި، ނިދާ ކައިބޮއި ހަދާކަމުގެ ޝަކުވާ ލިބެމުންދާތީ އެކަން ހައްލުކުރުމަށް ފެށި މަސައްކަތެކެވެ. ހޯމް މިނިސްޓްރީން އިސްވެ، އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ފެށީ އޭގެތެރެއިން ގިނަ ފަރާތްތަކަކީ ކުށުގެ ރެކޯޑް އޮންނަ ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައްކަމުގައި ފާހަގަކުރެވޭތީއެވެ.
މިނިސްޓަރ ޢިމްރާން ޢަބްދުﷲ މިއަދު ވަނީ ގުޅުންހުރި ދާއިރާތަކާއެކު ބައްދަލުކުރައްވާ މިކަން ހައްލުކުރެއްވުމަށް ކުރެވޭނެ މަސައްކަތްތަކާއި، އަޅުއްވާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މިސްކިތްތަކުގައި ބަޔަކު ނިދައި ކައިބޮއި ހަދާތާ އެތައް ދުވަހެއްވީ މައްސަލަ މިއަދު ހޯމް މިނިސްޓްރީގެ ސަމާލުކަމަށް އައިސް އެކަން ހައްލުކުރަން މަސައްކަތް ފެށިއިރު މާލޭގެ ލޯކަލް މާރުކޭޓް ސަރަހައްދުގައި ބަޔަކު ނިދައި ކައިބޮއި ހަދައި އުޅޭ މައްސަލައަކީ ވެސް މާލޭގައި ފެންމަތިވެފައިވާތާ އެތައް ދުވަހެއްވީ މައްސަލައެކެވެ.

ކިޔުންތެރިންގެ ހިޔާލު