ކުރާ ވައްކަން އެނގޭ ކަމަށާއި، ނޭނގި ވައްކަން ނުކުރެވޭނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕު ލީޑަރު އަލީ އާޒިމް ދެއްކެވި ވާހަކަ ތަކާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ވަރުގަދަ ސުވާލެއް އާޒިމާ ކުރިމަތި ކުރައްވައިފިއެވެ.

ކުރާ ވައްކަން އެނގިވަޑައިގަންނަވާ ކަމަށާއި، އަދި ނޭނގި ވައްކަން ނުކުރެވޭނެ ކަމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ނިސްބަތް ކުރައްވައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕު ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ މަޖިލީހުގައި ވާހަކަ ދައްކަވާފައެވެ.

"އަޅުގަނޑެއް ފަހަރެއްގައިވެސް ނުބުނަން ވައްކަން ކުރަން މާ މޮޅުވާނެއެކޭ. ތިމަންނައަށް މިކަންކަން ކޮށްލެވިދާނެއެކޭ. އެއްވެސް މީހަކަށް ނޭނގޭނެ. ނޫން، ނުވެސް ކުރެވޭނެ. އެފުރުސަތެއް ވެސް އަޅުގަނޑުމެން ނުވެސް ދޭނަން. ވައްކަން ނޭނގޭ ގޮތަކަށް ނުވެސް ކުރެވޭނެ. އަޅުގަނޑުމެންނަށް އެނގޭ ކުރާ ވައްކަންވެސް އަޅުގަނޑުމެންނަށް އެބަހުރި އެކަންކަން ފެންނަން،" ސަރުކާރުގެ ފަރާތުން ޓުއަރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ހުށަހަޅުއްވަމުން ފައްޔާޒަށް ނިސްބަތް ކުރައްވައި އާޒިމް ވިދާޅުވި އެވެ.

އާޒިމް އެ މޭރުމުން ވާހަކަ ދެއްކެވީ، ވައްކަން ކުރިޔަސް "ބްރޯ" އިންނަށް މެސެޖުކޮށްގެން އެކަން ކުރާވަރަށް ވުރެ ފެންވަރު ރަނގަޅުވާނެ ކަމަށާއި އެހެން ނަމަވެސް އޭނާއަކީ ދުވަހަކުވެސް ވައްކަން ކުރާނެ މީހެއް ނޫންކަމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ދެއްކެވި ވާހަކަ ތަކާއި ގުޅިގެންނެވެ.

އާޒިމްގެ ވާހަކަ ތަކާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ވަނީ އޭނާ އާއި ދެ ސުވާލެއް ކުރައްވާފައެވެ. އެގޮތުން ކުރާ ވައްކަން އެނގޭއިރު އެ ވާހަކަ ނުދައްކަނީ ކީއްވެތޯ ހައިލަމް ވަނީ ސުވާލު އުފައްދަވާފައެވެ.

"ވައްކަން ކުރައްވާ ބޭފުޅާ މާ ބާރުގަދަވީމަތޯ؟" ހައިލަމް ކުރެއްވި ޓުވީޓްގައި ސުވާލުކުރެއްވިއެވެ.

މިއަދުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ވައްކަން ކުރާކަން އެނގުނު ނަމަވެސް އެވާހަކަ ނުދައްކަނީ ރީތިކޮށް ކަންކަން ހައްލުކުރެވޭނެ ކަމަށް އުންމީދުކުރަށްވާތީ ކަމަށެވެ. އަދި އެކަންކަން ހައްލު ނުކުރެވޭ ކަމުގައި ވާނަމަ މަޖިލީހުގައި އެވާހަކަ ރީތިކޮށް ރައްޔިތުންނަށް ކިޔައިދޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު


4

ކިނބޫ

26-Nov-2020

ވަގެއް ވީމަ ވަގުންގެ ވާހަކައެއް ނުދެއްކޭނެ.


5

ކކކ

27-Nov-2020

އެވެސް ވަގެއް ވީމަ



ޓްރެންޑިން