ސީދާ ރާއްޖޭގެ މުޖުމަތަޢުގެ ތެރެއިން ކޯވިޑް-19 އަށް ފައްސިވި މީހަކު މިވަނީ ފެނިފައެވެ. އެއަށްފަހު ފުލުފުލުގައި ދޭއް އައިސް މިހާތަނަށް ޖުމްލަ ތިނަކަށް އަރައިފިއެވެ. މިއާއެކު ރާއްޖެއަށް މި ވަބާގެ ބިރުވެރިކަން ވަރަށް ބޮޑަށް ބޮޑުވީއެވެ. މީގެކުރިން ދިވެހީންނަށް މިބަލި ޖެހިފައިވަނީ ރާއްޖެއަކުން ނޫންކަން ކަށަވަރުވާތީ ކުޑަވަރެއްގެ ހިތްހަމަ ޖެހުމެއް އޮތެވެ. އެކަމަކު އޭރުވެސް ޞިއްޙީ މާހިރުން އަންދާޒާ ކުރެއްވީ މިދުވަސް ނައިސް ނުދާނެ ކަމުގައެވެ. ޞިއްޙީ ދާއިރާއިން ތައްޔާރުވީވެސް މިދުވަހަށެވެ. ކުރިއާ ޚިލާފަށް ރާއްޖެއިން މިފަހަރު ބައްޔަށް ފައްސިވި މިވީ މާލޭގެ ބައިބޯ މުޖުތަމަޢުގެ ތެރެއިންނެވެ.



މިއަދު އެންމެ ބާރަށް ސޯޝަލް މީޑިއާގައި ކުރެވޭ އެއް ބަހުސަކީ މާލެތެރެއިން ނޫނީ މާލޭގެ މުޖުތަމަޢުގެ ތެރެއިން ކޯވިޑް-19 އަށް ފައްސިވި ފުރަތަމަ މީހާގެ ގަޔަށް ބަލި އެރި ގޮތަކާއި މެދުގައެވެ. މިދެންނެވި މީސް މީޑިއާއިން މިހާރު ވަނީ މާލެ ތެރެއިން ފުރަތަމަ ބައްޔަށް ފައްސިވި މީހާއަށް ބަލި ޖެއްސި މީހާ ނުވަތަ ބަލި ޖެހުމަށް މެދުވެރިވި ގޮތް ހޯދާފައެވެ. އެކަމަކު އެމީހަމީ ހަމަ މިސްޓަރ އެކްސް އެވެ.

އެއްބަޔަކު ބުނާ ގޮތުން މިސްޓަރ އެކްސްއަކީ ސްޕެއިން މީހެކެވެ. އަނެއް ބަޔަކަށް އަދި މާ ރަނގަޅަށް އެނގެއެވެ. އެމީހާއާއި 21 ވަނަ ބަލި މީހާއާއި ބައްދަލުވި ތަނާއި ވަގުތުވެސް ހަމަ ވަރަށް ރަނގަޅަށް އެނގެއެވެ. އަނެއް ބަޔަކު ބުނީ މި ފިލައިގެން އުޅޭ މިސްޓަރ އެކްސް އަކީ މެންޗަސްޓައިން ފުރައިގެން އައިސް ސްޕެއިނަށް ވެސް ޖައްސާފައި އައި މީހެކޯލައެވެ. މިވެރިން ޕާޓީ ކޮށް މަހަށް ގޮސް ދަރުގޮސް ހެދީ މެންޗަސްޓަރ އިން އައި މިސްޓަރ އެކްސްއާއި އެކީގައެވެ. މިއީ އެންމެ ޔަގީން މީހާއެވެ.

ދެން ދައްކަނީ ހަމަ އެންމެ އާންމުކޮށްވެސް ދައްކައި އުޅޭ ވާހަކައެވެ. ހުޅަނގާއި އުތުރާއި ދެކުނު ބިތުގެ ޤައުމުތަކުން އައި މަތީ ބޭބޭފުޅުންނާއި ބޮޑުންގެ ދަރިން ކަރަންޓީން ނުކޮށް ދޫކޮށްލާފައި ތިއްބާ އެތަނުން މީހަކު ނުވަތަ ކުއްޖަކު މިސްޓަރ އެކްސްކަން ޔަގީން ވަނީއެވެ. މިވެރިން މިގެންގުޅެނީ ކޮންތާކުން ހޯދި ޓެސްޓް ކިޓްތަކެއް ބާވައޭ ސުވާލު އުފެދެއެވެ. އެކަމަކު ސުވާލު އުފައްދާނެ ވެސް ޖާގައެއް ނެތެވެ. އެ ވާހަކަ އެދައްކަނީ އެކަން އެންމެ ރަނގަޅަށް އެނގޭ މީހުންތާއެވެ.

އަޅުގަނޑު ނަމަ މުޅި މާލޭގައި އަތް ފުނާ އަޅައިގެން ބޯގާނައިގެން ބޮޑު ޚަރަދުތަކެއް ކޮށްގެން ވަގުތު ތަކެއް ނަގާލައިގެން އަގު ބޮޑެތި ޓެސްޓް ކިޓް ގަނެގެން ހޭލާތިބެ އެބުނާ 21 ނަމްބަރަށް ބަލި ޖެއްސި މީހާ ހޯދާކަށް ނޫޅޭނަމެވެ. ހަވާލު ކުރާނީ މީސް މީޑިއާގައި މިއުޅޭ އެކަމަށް އެންމެ ކުޅަދާނަ މީހުންނަށެވެ. އެމީހުން މިއަދު ރުޅިއަރަނީ އަދި ހޯދަން އެންމެ ބޭނުމީ 21 ވަނަ މީހާއަށް ބަލި ޖެއްސި މީހެކެވެ.

އެ ބުނާ މިސްޓަރ އެކްސް ޔަގީންވާނެ ކަމަށް ބަލައިގެން އެކަން ޔަގީންކޮށްގެން ތިބެ ކަމާބެހޭ ފަރާތްތަކުން ބޭރަށް ނުނުކުންނާށޭ، ގައިދުރުކުރާށޭ، އެއްވެ ނޫޅޭށޭ، ޕާޓީތައް ނުބާއްވާށޭ، ރައްޓެހިން ގާތަށް ނުދާށޭ، ފިނިބުރު ޖަހަން ނުދާށޭ، ދަތުރު ނުދާށޭ ކޮފީ ބޯން ނުދާށޭ ގޮވާ ނެގިއިރުވެސް އެއްކަލަ މިސްޓަރ އެކްސް ހަމަ ޔަގީނުންވެސް އެނގޭނެ ކަމާއި އޭނާ ފެންނައިރަށް މިއުޅޭ މީހުން އޭނާ އޮބިއަޅައިގެން ގެންގޮސް ހައްޔަރުކުރީމާ އެކަން ނިމުނީ ކަމަށް މާބޮޑަށް ޔަގީންކޮށްގެން އިރުޝާދުތައް އެއަޑު ނޭހީއެވެ. ކާފިއު ޓެސްޓް ކޮށްލީމާވެސް ވީ މުޅީން ފެއިލްއެވެ. ތިން ގަޑިއިރު ހަމަވާން ވާއިރު އެއްފައި ހުންނަނީ ދޮރާށިން ބޭރުގައެވެ. ގަޑީގެ ކަށިން ސުން ސިކުންތު ހަމަވާއިރަށް ތިބެނީ ސައިކަލުގައެވެ. ބިޓު ފަހަތުގައެވެ. ދޭ ތެރެއިން ވައި ނުހިނގާ ވަރަށް ތަތްލާފައެވެ.

މިދެންނެވީ މިސްޓަރ އެކްސް ހޯދައިގެން އުޅޭ މީހުންގެ އުޅުން ހުރި ގޮތެވެވެ. އެމީހުން ތިބީ އެހާވެސް ފަސޭހަ ކޮށްލައިގެންނެވެ. އެހެން ތިއްބާ އެއްކަލަ ބަލި ޖެއްސި މިސްޓަރ އެކްސް ބަލި ދީފައި ފިލާ ރައްކާވެއްޖެއެވެ. އޭނާ ވީތަނެއްވެސް މިވެރިންނަކަށް ނޭގުނެވެ. ދެން އެކެއް، ދޭއް ކިޔާފައި ތިނެއް ކީމާ އައީ ރުޅިއެވެ. ހުރިހާ ވަރެއް މިސްޓަރ އެކްސްއަށެވެ. އޭނާ އެމީހުންގެ އަތު ނުޖެހި ފިލީމައެވެ. ދެން މިހާރު މިއުޅެނީ އޭނާ ދެކެ ރުޅިއައިސްގެން ކިޔޭ ނުކިޔޭވެސް ނޭނގި ރަން ބުއްދި ވެގެންނެވެ. ހަމަ ހުސް ޕަޕަރާޒީންނެވެ. މިހާރުދެން ރުޅިގަދަވެގެން އޭނާ ވީތަން ކިޔައިދެނީއެވެ. އެމީހަކަށް ފެނުނު ގޮތަކަށް ފެނުނު އިރު ހުރި ސިފައާއިވެސް އެކީގައެވެ. މިސްޓަރ އެކްސްއާއި 21 އާއި ބައްދަލުވީ ގޮތާއި ކުރި ކަންތައްތަކާއި ދެއްކި ވާހަކަވެސް އެނގެއެވެ. އެހެންވީމާ މިހާރު މީސް މީޑިއާގައި އުޅޭ އެންމެންނަށް މިސްޓަރ އެކްސް ވީތަން އެނގެއެވެ. އޭނާ ހޯދަން ވީގޮތްވެސް އެނގެއެވެ.

މިދެންނެވި 21 ވަނަ މީހާ ފެނުނީއްސުރެ ރާއްޖޭގެ ޞިއްޙީ ދާއިރާއިން މަސައްކަތް އެކުރަނީ މި ވައިރަސް މާލެތެރެއަށް އެރި ގޮތެއް ބެލުމަށެވެ. 21 އާއި މިސްޓަރ އެކްސް ބައްދަލުވި ހިސާބެއް ބެލުމަށެވެ. މި މަސައްކަތުގައި ވަރުބަލިކަމެއްނެތި މަސައްކަތް ކުރައްވަމުން ގެންދަވާ ޑޮކްޓަރުންނާއި ކަމާބެހޭ ފަރާތްތަކުގެ މުޅި އަމާޒު ހުއްޓިފައި މިހާރު ވަނީ 21 ވަނަ ބަލި މީހާއަށް ބަލި ޖެއްސި މިސްޓަރ އެކްސް ހޯދުމަށެވެ. އެމީހުން މުޅި ރާއްޖެ މިއަދު ފުރާނަމުން އެގެންދަނީ މިދެންނެވި މިސްޓަރ އެކްސް ހޯދުމަށެވެ.

މިމަސައްކަތް ފެށީ 21 ވަނަ ބަލިމީހާއާއި ހިސާބުންނެވެ. އެކަމަކު އޭނާއަށް ބަލި ޖެހުނު ގޮތް ބަލާން އޭނާއަށް ބަލީގެ އަސަރު ކޮށްފައިވާނެ ކަމަށް ބެލެވޭ ތާރީޚާއި ހިސާބަސް ގޮސް 21 ވަނަ ބަލިމީހާ އެކަހެރި ކުރި ހިސާބާއި ހަމައަށް ހިނގާދިޔަ ފަސް ވަރަކަށް ދުވަހުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަކީ ނުވަތަ މި މުއްދަތުގައި 21 ވަނަ ބަލިމީހާގެ މޫވްމަންޓް ހުރިގޮތް ބެލުމާއި މިދެންނެވި މިސްޓަރ އެކްސް ހޯދުމަށް ކުރެވިފައިވާ މަސައްކަތްތަކަކީ މިހާތަނަށް މިކަމުގައި ކުރެވުނު ބުރަ އަދި އުނދަގޫ މަސައްކަތަކަށް މިވަނީ ވެފައެވެ.

މިކަމުގައި ހުރި އުނދަގުލާއި ކުރިން ކުރިފަޅައިގެން ގޮސް ފެތުރިފައި އޮތް ހިސާބު ސިފަ ކުރައްވަމުން ތަރުޖަމާނު މަބްރޫކް ވިދާޅުވެފައިވަނީ ކޮންޓެކްޓް ޓްރޭސިން ގެ މަސައްކަތް މިހާ ބުރަވެގެން މިއުޅެނީ ނުވަތަ މިހާ ގިނަ މީހުން ކޮންޓެކްޓް ޓްރޭސިންގައި މިހިމެނެނީ މިދެންނެވި ފަސްދުވަހުގެ ތެރޭގައި 21 ވަނަ ބަލިމީހާގެ މޫވްމެންޓް ގިނަކަމުން ކަމަށެވެ.

މާލެއިން ބަލި މީހަކު ސީދާ ނުފެނުނު ނަމަވެސް މިހާލަތަށް ދިޔަ ނުދޭން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުންނާއި ޞިއްޙީ މާހިރުންގެ އެންމެ ބޮޑު އަމާޒަކަށްވީ ތޮއްޖެހިފައިވާ މާލޭގެ ހަރަކާތްތައް ވީހާ ވެސް މަޑުޖައްސާލުމެވެ. ފުރިފައިވާ މަގުތަކާއި ގޯޅިތަކާއި ކެފޭތަކާއި ހޮޓާތަކާއި ޕާކުތަކާއި މިހެންގޮސް މާލޭގެ ތޮއްޖެހުމާއި މަގުމައްޗަށް ނުކުމެ އުޅުން މަދުކުރުމާއި އެއްވެސް ކަމެއް ނެތި ވައިވެގެން އުޅޭއުޅުމާއި ފިނިބުރުޖެހުން ހުއްޓުވައި ކޯވިޑް-19 އިން ރައްކާތެރިވެ ތިބުމަށް އޮތް ހަމައެކަނި ބޭސްފަރުވާއަކީ އިޖުތިމާޢީ ގައިދުރު ކަމުގެ ފަރުވާކަމުގައި ވާތީ އެފަރުވާގައި ރައްޔިތުން ބޭތިއްބުމެވެ.

މިކަން ހާސިލުކޮށް ރައްޔިތުންނަށް ރައްކާތެރިކަން ހޯދައި ދިނުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ޞިއްޙީ މާހިރުންނަށް ކޮށްދެވޭނެ ހުރިހާކަމެއް ކޮށްދީފިއެވެ. މިބަލީގެ ނުރައްކާތެރިކަން ބުނެދީ ކިޔައިދީފިއެވެ. ގޭގައި މަޑުކޮށްގެން ބޭރަށް ނުނުކުމެ ތިބުމަށް ނަސޭހަތްތެރިވެ އެކަން ހަނދާކޮށްދީދީ ގޮސް ބަޔަކު "އެއްގޯސް" ވާހާވެސް ވެއްޖެއެވެ.

އެކަމަކު މިއަދު އަޅުގަނޑުމެން ކުރަން ޖެހިފައިވާ މި ހިތި ތަޖުރިބާ އަކީ ރައްޔިތުންގެ ތެރެއިން ބަޔަކު އެއަޑު ނާހައި އެބޭފުޅުންގެ އިރުޝާދުތައް ބޮލާލައި ޖަހައި ބީރުކަންފަތެއްދީ، އަމިއްލަ ނަފުސާއި އަމިއްލަ އާއިލާއާއި ތިމާގެ މީހުންގެ އިތުރުން މުޖުތަމަޢުގެ ވެސް ރައްކާތެރިކަމާއިމެދު އެއްވެސް ޚިޔާލެއް ފިކުރެއް ފަރުވާލެއް ނުބަހައްޓައި ހިތައްއެރިހާ ގޮތަކަށް ކަންކުރަމުން ދިއުމުގެ ނަތީޖާއެވެ. އެމީހުންގެ މި ބަސްނޭހުމުގެ ނަތީޖާއަކަށްވީ ބަސް ގަބޫލުކޮށްގެން ދަތި ހާލަށް ކެތްތެރިވެ އަމިއްލަ އުފާތަކާއި ދަރީންގެ އުފާތައް ޤުރުބާން ކޮށްގެން ކިޔަމަންވެ ގެއިން ނުނުކުމެ ތިބި އެތައްބައެއްގެ ޤުރުބާނީ ފެނަށްވެގެން ދިއުމެވެ.

ތޮއްޖެހިފައިވާ މިމާލޭގެ މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރެން ފެށުމުން ދެންވާނެ ގޮތް ވިސްނޭ މީހުން މިކަމާ ހިތާމަކޮށް މިއަދު ރޮނީއެވެ. ބައެއްގެ އުފަލަށްޓަކާ ބަޔަކު ބަސް ގަބޫލުނުކޮށް ބަސްނޭހުމުގެ ނަތީޖާއަކީ މިއަދު މުޅި މުޖުތަމަޢު ރޮއި ކަރުނައަޅާން ޖެހުމެވެ.

މިއަދު ކޭސް ނަމްބަރ 21 އަށް ބަލި ޖެހުނު ގޮތް ހޯދުމުގައި މިސްޓަރ އެކްސް ދެނެގަތުމަކީ ޞިއްހީ ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. ބަލި ފެތުރޭން ދިމާވި އަސްލު ސަބަބު ނުވަތަ އަސްލު މީހާ ދެނެގަތުމަކީ މިއަދު އެބޭފުޅުން ކުރަން ޖެހިފައިވާ އެންމެ ދިގު ދަތުރަށް މިވަނީ ވެފައެވެ. އެންމެ ބުރަ މަސައްކަތަށް މިވަނީ ވެފައެވެ. ކޮންޓެކްޓް ޓްރޭސިން ނުވަތަ 21 ވަނަ މީހާ ބައްދަލުވެފައިވާ މީހުންގެ ލިސްޓް 200 އިން މައްޗަށް އެރީއެވެ. އަދި ހަމަ ކޮޅެއް މެދެއް ނުފެނެއެވެ. ނަތީޖާއަކަށްވީ ފުލުފުލުގައި މީހުން ބައްޔަށް ޕޮޒިޓިވް ވަމުން ހާލަތު ގޯސްވަމުން ދިއުމެވެ.

މާލެއިން ފުރަތަމަ ބައްޔަށް ޕޮޒިޓިވް ވި މީހާއަށް ބަލި ޖެހުނު ގޮތް ހޯދުމަށް ކުރިއެރުމެއް ނުލިބެއެވެ. އެންމެ ބޮޑު އެއް ސަބަބަކީ ފަސް ދުވަހުގެ ތެރޭގައި އޭނާގެ މޫވްމަންޓް ގިނަ ވުމެވެ. 200 އަށް ވުރެ ގިނަ މީހުންނާ ބައްދަލުވިއެވެ. އެއްވެސް މަޑުޖެހުމެއް ނެތި ތަންތަނަށް ގޮސް އެއްވުންތަކުގައި، ޕާޓީތަކުގައި ބައިވެރިވިއެވެ. ފިނި ބުރުޖެހިއެވެ. މަސްދަތުރާއި ދަތުރު ދިޔައެވެ. ގޭގެއަށް ވިޒިޓްކޮށް އެތައް ބަޔަކާ ބައްދަލު ކުރިއެވެ. އެނގޭ އެއްޗަކީ މިޗޭންގެ ކޮންމެ ވެސް ހިސާބެއްގައި މިސްޓަރ އެކްސް ހުންނާނެ ކަމެވެ.

މިބަލީގެ ނުރައްކާ ކިތަންމެ ހާވެސް ބޮޑުވެފައި ބިރުވެރިއެވެ. އަދިވެސް ރައްކާތެރިކަމުގެ އުއްމީދެއް އޮތީ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދު ތަކަށް ބޯލަނބާ ކިޔަމަންވެގެންނެވެ. ދުނިޔޭގެ ބޮޑެތި ބިޔަ މުއްސަނދު، ވަސީލަތްތަކުގެ އޮތުން އަޅުގަނޑުމެންނަށް ވުރެ އެތައް ދަރަޖައެއް މަތީގައި އޮތް ޤައުމުތަކުގެ ތަޖުރިބާއިން ފިލާވަޅު ލިބިގަންނާށެވެ.

އަޅުގަނޑުމެންގެ އާބާދީވެސް ކުޑައެވެ. ބޭސްކޮޅެއް ވެސް ވެންޓިލޭޓަރެއްވެސް ޓެސްޓް ކިޓުގަނޑެއްވެސް ލިބެން އޮތީ އެއިން ޤައުމަކުން ދިނިއްޔާއެވެ. ޑޮކްޓަރުންނާއި ނަރުހުންނާއި ޞިއްޙީ މަސައްކަތްތެރިން ވެސް މަދެވެ. މިއަދު ކުރީ ސަފަށް ނުކުންނާންތިބި މަދު މީސްކޮޅުގެ ހާލަތާއިމެދު ކުޑަކޮށް ވިސްނާލާފައިވެސް މި ދަތީގައި ދުވަސްކޮޅަކު ހޭދަކޮށްލަމާ ހިނގާށެވެ. އެމީހުން ކުރީ ސަފުގައި ޤުރުބާން ވަމުން އެދަނީ އެމީހުންގެ ވެސް އާއިލާތަކާއި އެއާއިލާތަކުގެ އުފާތައްވެސް ޤުރުބާން ކޮށްފައެވެ. ކުރީސަފުގައި އެތިބަ ހިތްވަރު ގަދަ ބަޠަލުން ވަރުބަލިކޮށް ނުލައްވައި އެބޭފުޅުންގެ މަސައްކަތަށް އެންމެ ބޮޑު ހިތްވަރަކާއި ތަރުހީބެއް ދެވޭނީ ބަސް ގަބޫލުކޮށްގެން ގޭގައި ތިއްބަވައިގެންނެވެ. ގައިދުރުކޮށްގެން އުޅުއްވައިގެންނެވެ. އެއްވެސް ފަރުވާއެއް ހޯދިފައި ނެތް މި ބަލީގެ އޮތް ހަމައެކަނި ފަރުވާއަކީވެސް އާދަޔާ ޚިލާފު ގޮތަކަށް އާންމު ދިރިއުޅުން ބަދަލުކޮށްލުމެވެ.

އަޅުގަނޑުމެން އެންމެންގެ ވެސް ދުޢާއަކީ މި ބަލާޢާފާތުން ވީހާ އަވަހަކަށް މިޤައުމު މިންޖުވުމެވެ. ވީހާވެސް މަދު ބަޔަކަށް ބަލިޖެހި އެމީހުންނަށްވެސް އަވަހަށް ޝިފާ ދެއްވައި އެންމެ ފުރާނައެއްވެސް ބަލީގައި ނުގެންދެވުމެވެ.


ކިޔުންތެރިންގެ ހިޔާލު


13

ާފާން

22-Apr-2020

މިހާތަނަށް ކިށުނު އެންމެ ފޫހި ޚަބަރުމިއީ


6

ޙިސާން

21-Apr-2020

މިހާރު ދިވެހި ރާއްޖެއައް މިބަލި އެތެރެކޮއްފަ ދެން ކޮންވާކައެއް ދައްކާކައް ދިވެހި ސަރުކާރައް ފުރުސަތު ލިބުނު ރާއްޖެއައް މިބަލި އެތެރެވިއަނުދޭން އެބައެގޭ ރާއްޖެއިން ބޭރުން ކަން މިބަލި އެތެރެވީ ގަސްތުގަ ދިވެހީންނައް މިބަލި ޖައްސަން ވެގެން ލަންކާއިން އިގިރޭސި ވިލާތުން ޕިލިޕިންސް އިން މިބަލި އެތެރެކުރީ ދެން މާލެއައް ފެތުރުނީ ދެން ކޮން ގުދޯ ގުދޯ ތިގޮވަނީ ތިގުދޯ ނޮގޮވިގެން މިހެން ހެދީ ފަހުރު ވެފަ ދިވެހިން ހައްޔަރުކުރަން މޭފުއްޕާފަ މަގުމަތީގަ ސީލާފަ ދަނޑިބުރިން ތެޅީމަ މޫނައްބުރާނީ.....


18

ރަށްޔިތުމީހާ

20-Apr-2020

މީ ހަމަ ތެދު ރިޕޯރޓެއް. މީީތިި ކޮމިއުނިޓީ ސްޕްރެޑްވީ ސަރުކާރުގެ ބޮޑުންގެ އާއިލާގެ ފަރާތުން. ސަރުކާރަށް މިކަން ވަރަށް ސާފުކޮށް އެނގޭ.


5

މުހައްމަދު

18-Apr-2020

މިއީ ކޮންމެވެސް ބަޔަކު އަޑީގައި ތިބެގެން ކިށްފައިވާ ކަމެއް ކަމަށް ބެލެވޭ, މިލިޔުންކިޔާލުމުން, ރައްޔިތުންގެ ރައްކާތެރިކަމަށް އަރައިގަތް ބަޔަކު ހޯދަން ޖެހޭނެ,


22

ޓަކިމޫނާ

18-Apr-2020

މިލިޔުމުގަ ކުއްވެރި ކޮއްފަ އޮތީ ރައްޔިތުން. ހަޤީގަތުގަ ކުއްވެރި ވާ ބަޔަކީ މި ސަރުކާރު. ފުރަތަމަވެސް މި ކަންތައްގަނޑު ފެށިތަނާ ރާއްޖޭގެ ޑޮކްޓަރުންގެ ޓީމަކުން ދެންނެވި ބޯޑަރުތައް ބަންދުކުރަން. އަލީ ވަހީދުއާ ހެލްތު މިނިސްޓަރާ ނަޝީދު އެއަށް ޖެހީ ޖޯކު. އެންމެ ގަދަޔަށް ފެތުރެމުން ދިޔަ އިރުވެސް ރާއްޖެއަށް ބޯކޮށް ފަތުރު ވެރިން ގެނައުމުގަ މިމީހުން މަސައްކަތް ކުރީ. ދެން އަތަށް ގޮވީމަ ގޮސް ޓީވީއަށް އަރާ ރުއީ.


5

ާަާނަޒީރު

18-Apr-2020

ޔާމީނުގެ ޕްރޮޕެގެންޑާ ފަތުރާ ނޫހެއް. ބަލަން ހެޔޮވާވަރުގެ ނޫހެއްނޫން.


-4

ރެޑޭ

18-Apr-2020

ހަގީގަތަކީ ޥެސް އެއީ އެވެ. ރާއްޖެއިން ބޭރުން ނޫންގޮތަކަށް މަލެ ގެނެވިފައި ތިބިބަޔަކު ބޮޑުންގެ ދަރިން ނޫނީ ނެތެވެ.ދެން ގެނެވުނު މީހެއްވިއްޔާ ތިބީ ކަރަންޓީން ފެސިލިޓީގައެވެ.މިބުނަާ ވެރިންގެ ދަރިންގެ ތެރެިންވެސް މާ ބާރުގަދަ ކުދިންކޮޅެއް ގޭގައި މަޑުން ނޯވެވިގެން ޕާޓީކޮށް ދަތުރުގޮސް ނާޗަރަންގީ ކުޅެ މިހާލަތަށް ގަުމު ވައްޓާލި ކަން ނޭގޭބަޔަކު ނެތެވެ.ދެން ކޮން ވާހަކަެއް ހެއްޔެވެ. އިއްތިފަގުން ތިބަޔަކު އުލަންޖެހުނު ވެހިކަލް އަށް އަރުވުމުގެ ކުރިން މާސްކް އަޅުވަން މާސް ދިނީމަ ދިމާލަސް ނާޅާނަމޭ ބުނި ބަޔަކުވެސް ތިބިކަން ހެއްދެވިފަރާތަށް މާސާފުކޮށް ބައްލަވާ ވޮޑިގެން ވެއެވެ. ސުވާލު ކުރިމަތިވާ ދުވަހުން ހަމަޔަގީނުންވެސް ފަޅޮލޭ,ދޮންކޭލޭ ޟިރިޕޯޓް ތައްޔާރުކުރި ފަރާތަށްވެސް ކިޔާނެ ޖާގައެއް ނޯއްނާނެއެވ.


6

ހަހަ

18-Apr-2020

ތިއީ ވެސް ހާދަ ކަންތައްތަކެއް އިނގޭ މީހެކޭ ދޯ..


18

ހަހަ

18-Apr-2020

ތިއީ ވެސް ހާދަ ކަންތައްތަކެއް އިނގޭ މީހެކޭ ދޯ..


-1

ވާލުހަންގަޑު

18-Apr-2020

ތައުސިން އަކީ ދަންނަ ބޭކަލެއް ކަމައް މިބަލަނީ 😅


23

ސާއްކޮ

18-Apr-2020

ފުލެޓް ދޮންބެ ބުނިގޮތަށް ޢާއިލާމީހުން ޤައުމުތަކަށް ފޮނުވައިގެން މިޤައުމަށް އަރުވައިގެން ކޮވިޑް ނުރައްކާތެރި ޞަލި ފޮރުވައިގެން ސަރުކާރުގެ ބޮޑުންއެތިބީ މިރޭއެގޮވީ އަތަށް


18

ފަރީ

18-Apr-2020

ތިޔަހެން ކުރިންވެސް ބަންދު ކުރި މީހުންގެ ލޮލަށް. ސްޓާފުން ނުކުންނަން ޖެހޭ ބަރާބަރަށް. ޕާކުކުރާނެ ތަންކޮޅެއް ނުލިބޭހާ މީހުން ގިނަ އޮފީސްތައް ކައިރީ


-1

މާބެ

18-Apr-2020

ލިޔުމެއް ލިޔާއިރު ކިޔާމީހާ ޝައުގުވެރިކަން އިތުރު ވާނެ އެއްގޮތަކީ ވީހާވެސް ކުރުކޮށް ފޮނިކިށް ލިޔުން. މި ލިޔުން ކިޔާމީހާ ފޫހިވެގެން ހުއްޓާލާނެ ނުނިމެނީސް.


-1

މުހަމަދުސައީދު

18-Apr-2020

ސަރުކާރުން ގޭއިމަޑުކުރަން އެންގުމަކީތް އެހާއުދަގޫކަމެއްނޫނެވެ ދިވެހިރަށްއިތުމީތްހާ ތިންހަތަރު ކުދިންގޮވައިގެން ބޮޑުކުއްޔަށް ތަންތަންހިފައިގެން އެކުދިންނަށް ކާދިނުމާއި ކިޔެވުނުގެހަރަދާއި ގޭގެ ކުލީގެ އެންމެހާކަމެއް ހަމަޖަށްސާދެނީތް ދިވެހިސަރުކާރުންތޯ ??? ދިރިއުޅުމަށްބޭނުންވާ އެއްވެސްކަމެއް ސަރުކާރަކުންކޮދޭތަނެއް ނުފެނޭ ކުޑަމިނުން މިއަދުވެސް ބައެއްގޭގައި ކަށްކާނުކައި އެތިބީތް ސަރުކާރުން ކޮންކަމެއްތޯކޮށްދިނީީ ??? ހަމަރަށްއިތުންނަދަތިކުރުންނޫކަމެއްނުފެނޭ މިގޮތަށް ލޮކުޑައުން ކުރާއިރު ދިވެހިރަށްއިތުންނަށްވީހާވެސް އުދަގޫނުވާގޮތަކަށްމިކަންކުރަންޖެހޭނީތް އެކަމަކު ސަރުކާރުގެ އިސްމުވަށްޒިފުންނަށާއި ރަށްއިތުގެ މަޖިލީސް މުންބަރުންނަށް މުސާރައާއި އިތުރުއެލަވަންސު ލިބި ލިބި އެހުރީތް ނޫސްމަޖައްލާގައި ލިއުވާބޭފުޅުންވެސް އެއްކޮޅަށްބުރަނުވެ ކަމުގެހަގީތްގަތަށް ބަލަވާލައްވައިފައި ލިއުވާނަމަ ވަރަށްރަގަޅުވީސް އަޅުގަޑު މިވާހަކަމިލިއުނީތް އެއްކޮޅަށްބުރަވެފައި އޮތްލެއްބޮޑުކަމުން ލިއުއްވާ އިރު ކޮންމެކަމެއްގެ ދެކޮޅު ބައްލަވައި ހަގީތް ހާމަކޮށްދެވެންވާނެ ހަމައެކަނި ސަރުކާރުންބުނާހާވާހަކައެއް ނޫގަބޫލްކުރަންޖެހޭނީ ??? ރަށްއިތުމީހާއަށްވާނެގޮތްވެސް ވިސްނާލުންރަގު


13

ރަދީފޫ

18-Apr-2020

މީ ތާކުން ތާކު ނުޖެހޭ ބޭކާރު ލިއުމެއް.. ނޫސްވެރިޔާ ތަންކޮޅެއް ކުރުކޮށް ފޮނިކޮށް ކިޔަން ދަސްކުރަން ޖެހޭ.


-12

އަނގަ

18-Apr-2020

21 އަށް ބަލި އެރި ގޮތެއް އެނގުން މުހިންމެއް ނޫންތަ? ކަލޭ ތީ ބަންގާޅީއެއް ދޯ? ކުރީރޭ ކާށިދޫ ކޮރަންޓީނު ލިޔުން ނެރެފަ އެއީ ފޭކު ލިއުމެކޭ ބުނެފަ އިރުކޮޅެއް ވީތަނާ އެއީ ރަނގަޅު ވާހަކައެކޭ ބުނީ ހަމަ އެލިއުން ނެރުނު ފަރާތުންކަން ކަލެއަށް އެނގޭތޯ?


6

ޚެލަމެލަ

18-Apr-2020

ހުސް އެއްވާހަކަތަކެއް


7

ޒިއާފް

18-Apr-2020

ކޮބާ ޕްރޮސެކިއުޓާޖެނެރަލް އެންމެ ނުރައްކާކުރި މީހާގެމައްޗަށް ޖިނާއީ ތަހުގީގެއް ކުރާކަޢްނުޖެހޭތަ


4

ނަރު

18-Apr-2020

ކިޔަަކިޔާ ބަލިވިއިރުވެސް ތިމީހެއްނުފެނުުނު ސުމެއްގެ ލިއުމެއް


16

ސާ

18-Apr-2020

މިކިހާވަރެއްގެ ތެދެއްބާ،🤔


3

19-Apr-2020

ދެން ކެރެންޏާ ބުލަންވީނުން ސަރުކަަރަށް ނުކެރިގެނ އުޅުނަސް.


7

ޠައުސިން ގެ ބައްޕަ

18-Apr-2020

އެއްމެ އެނގޭ މީހާ ގޮސް ޕްރެސް ކޮންފަރެންސް އެއް ދޭން ވީނު.. ސަރުކާރަށް އެންގޭ ވަރަށްވުރެ މާ ބޮޑަށް ކަލޭ އައް އެބަ އެނގޭ ވިއްޔާ!


3

ދޮނާ

18-Apr-2020

ތާކުންތާކު ނުޖެހޭ ލިޔުމެއް


12

ޠައުސިން

18-Apr-2020

ތިމީހާ ސަރުކާރަށް ވެސް އެނގޭ. ޢޭނާއަށް ގެންދަނީ ސިއްރުން ފަރުވާދެމުން. ބުނަން ނުކެރިގެން އުޅެނީ ބޮޑެއްގެ ތިމާގެ މީހެއް ވީމާ.



ޓްރެންޑިން