ޕްރިންސް ހެރީ އަދި މޭގަން މާކްލް.
ޕްރިންސް ހެރީ އަދި މޭގަން މާކްލް.
އިނގިރޭސިވިލާތުގެ ރޯޔަލް ފެމެލީ އާއި ގުޅުން ހުރި ހައިރާން ކުރުވަނިވި ހަބަރުތަކެއް މިފަހަކަށް އައިސް ލިބެމުންދާއިރު މިފަހަރުވެސް މި ލިބުނީ އިނގިރޭސިވިލާތުގެ ރޯޔަލް ފެމެލީ އަށް ނިސްބަތްވާ ޕްރިންސް ހެރީ އަދި އަނބިކަނބަލުން، މޭގަން މާކްލްގެ ހައިރާން ކުރުވަނިވި ހަބަރެކެވެ.

މިފަހަރު ހެރީ އަދި މޭގަން މާކްލް މުޅި ދުނިޔެ ހައިރާން ކޮށްލީ، ހެރީ އަދި މޭގަންއަށް ނިސްބަތްވާ މީސްމީޑިޔާގެ އެކައުންޓް ބޭނުންކުރުން ހުއްޓާލުމަށް ނިންމުމާއެކުއެވެ.

ހެރީ އަދި މޭގަންއަށް ނިސްބަތްވާ މީސްމީޑިޔާ އެކައުންޓް ބޭނުންކުރުން ހުއްޓާލުމަށް ނިންމާފައިވަނީ، މީސްމީޑިޔާގެ އެކައުންޓްތައް މެދުވެރިކޮށް އާންމުންގެ ފަރާތުން ލިބެމުންދިޔަ ނުރުހުމާއި ހިތްހަމަނުޖެހުމާ ހެދިއެވެ. ގިނަބައެއްގެ ނުރުހުން ހެރީ އަދި މޭގަންއަށް ލިބެމުން ދިޔައީ މިދިޔަ އަހަރު، އިނގިރޭސިވިލާތުގެ ރޯޔަލް ފެމެލީ އާއި ގުޅުން ކަނޑައިލައި، އިނގިރޭސިވިލާތް ދޫކޮށް އެމެރިކާއަށް ދިރިއުޅުން ބަދަލުވުމާއެކުއެވެ.

މީގެ އިތުރުން ހެރީ އަދި މޭގަންއަށް ނިސްބަތްވާ ރޯޔަލް އިންސްޓަގްރާމުން އެންމެ ފަހުން ފޮޓޯއެއް ހިއްސާކޮށްފައިވެސް ވަނީ މިދިޔަ އަހަރު މަރޗް މަހުއެވެ. ހެރީ އަދި މޭގަން އިނގިރޭސިވިލާތުގެ ރޯޔަލް ފެމެލީ އާއި ގުޅުން ކަނޑައިލައި، އިނގިރޭސިވިލާތް ދޫކޮށް އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށްފައިވަނީ މިދިޔަ އަހަރުއެވެ. މިއާއެކު 'ރޯޔަލް' މިނަންވެސް ބޭނުން ނުކުރުމަށް ހެރީ އަދި މޭގަން ނިންމައިފައިވާކަމަށްވެއެވެ.

ރޯޔަލް ފެމެލީ އާއި ގުޅުން ކަނޑައިލުމަށް ނިންމުމާއެކު ގިނަބައެއްގެ ނަފުރަތާއި ބޭއަދަބީ ބަސްތަކުންނާއި، ދޮގު ތުހުމަތުތަކާހެދި ނުތަނަވަސްކަން އިތުރުވެ ނަފްސާނީ ގޮތުން އަސަރުކުރަމުން ދިޔަ ކަމަށް މޭގަން ވަނީ އިންޓަރވިއުއެއްގައި ވާހަކަ ދައްކަމުން ހާމަކޮށްފައެވެ.

ހެރީ އަދި މޭގަން އިނގިރޭސިވިލާތުގެ ރޯޔަލް ފެމެލީ އާއި ގުޅުން ކަނޑައިލައިފައިވަނީ އަމިއްލަ މިނިވަންކަމާއެކު ދިރިއުޅުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން