މިހާރު މާލޭ ސިޓީގެ މަގުތައް ހަދާއިރު ހޮޅިތައް އަޅަނީ މަގުގެ އަޑީގައި ކަމަށް ވިދާޅުވެ، ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު އަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެމްޑީ މޫސާ ޢަލީ މަނިކް (މޫކޭ) ރައްދު ދެއްވައިފިއެވެ.
މާލޭ ސްޓްރީޓް ސްކޭޕިންގ މަޝްރޫޢުގެ ދަށުން ކަނބާ އައިސާ ރަނި ހިނގުމުގައި ތަރައްޤީ ކޮށްފައިވާ ހިސާބުގައި ބޯކޮށް ވާރޭ ވެހުނު ނަމަވެސް ފެން ބޮޑުވެފައި ނުވާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، މާލޭ ސިޓީ ކައުންސިލުން އިއްޔެ ވަނީ ހާމަކޮށްފައެވެ. އެހެން ނަމަވެސް ޑރ. މުޢިއްޒު މިއަދު ވަނީ އެ މަގުގައި ފެންބޮޑުވެފައިވާ މަންޒަރު ކަމަށް ބުނެ ފޮޓޯ އެއް ޓްވީޓް ކުރައްވާފައެވެ.
އެކަމާ ގުޅިގެން މޫކޭ ވިދާޅުވީ، މިހާރު މާލޭ ސިޓީގައި މަގުތައް ހަދަމުންދާއިރު ހޮޅިތައް އަޅަމުން ދަނީ މަގުގެ އަޑީގައި ކަމަށެވެ. އެހެންކަމުން އެ ހޮޅިތައް މިހާރު ފެންނަން ނުހުންނާނެ ކަމަށް މޫކޭ ވިދާޅުވިއެވެ. އޭގެ އިތުރުން މޫކޭ ވަނީ ދެން ވާރޭ ވެހޭ ދުވަހަކުން ފޮޓޯއެއް ނެންގެވުމަށް ވަޑައިންނެވުމަށް މުޢިއްޒުއަށް ދަޢުވަތު އަރުވާފައެވެ.
"ދެން ވެހޭ ދުވަހަކުން ވަޑައިގަންނަވާތި ޕޮޓޯއެއް ނަންގަވާލާ އަމަލީ ތަޖުރިބާ ހޯއްދަވާލަން." މޫކޭ ވިދާޅުވިއެވެ.
ޑރ. މުޢިއްޒުގެ ޓްވީޓާ ގުޅިގެން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާޢު ޝަރީފްވެސް ވަނީ، އެއީ މާކުރީގެ ފޮޓޯއެއް ކަމަށް ބުނެ ޑރ. މުޢިއްޒަށް ރައްދު ދީފައެވެ.
ޑރ. މުއިއްޒު މިއަދު ކުރަށްވާފައިވާ އެހެން ޓްވީޓެއްގައި ވަނީ، ގުޅީ ފަޅުގައި ހަދަމުންދާ ޕޯޓްގެ މަސައްކަތް ހުއްޓާލައި އެ މަޝްރޫޢު ތިލަފުށްޓަށް ބަދަލު ކުރުމަށް ގޮވާލަށްވާފައެވެ. އަދި ގުޅީފަޅު މާލޭ ރައްޔިތުންގެ ބޯހިޔާވަހި ކަމަށް ދެއްވުމަށްވެސް މުޢިއްޒު ވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް މުޢިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ގުޅީފަޅަކީ މީހުން ދިރިއުޅުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށްވިދާޅުވެ އެފަޅުން ގޯތި ގަނެފައިވާ ފަރާތްތަކަށް ދޫކުރި ބިންތައްވެސް ވަނީ އަތުލާފައެވެ. އަދި ތިލަފުށްޓަކީ ރައީސް ޔާމީންގެ ސަރުކާރުން ޕޯޓް މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމެވި ރަށެވެ.
މާލޭ ސިޓީ ކައުންސިލުގެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓުގެ ދަށުން އެންމެ ފުރަތަމަ ތަރައްގީ ކުރަން ފެށި މަގަކީ ކަނބާ އައިސާ ރަނި ހިނގުމެވެ. އެމަގު ތަރައްޤީ ކުރުމަށްފަހު ހުޅުވާފައި ވަނީ 2021 ވަނަ އަހަރު ފެށުން ފާހަގަކުރުމުގެ ގޮތުންނެވެ. މާލޭ ސްޓްރީޓް ސްކޭޕިންގ މަޝްރޫޢަކީ މާލެއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ މައްސަލަ އަށް ޙައްލެއް ހޯދައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިދިޔަ އަހަރުގެ ފެބްރުއަރީ 17 ގައި އިފްތިތާޙް ކުރެއްވި މަޝްރޫޢެކެވެ.
މާލޭ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓްގެ ދަށުން މާލޭގެ 18.8 ކިލޯމީޓަރުގެ މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ. ޖުމްލަ 462 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކޮށްފައިވާ މި މަޝްރޫޢުގެ ދަށުން ހަތަރު ވައްތަރެއްގެ މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އާޓީރިއަލް މަގުތަކާއި، ސިޓީ ރޯޑްސް އާއި، ސެކަންޑަރީ ރޯޑްސް ގެ އިތުރުން ނެއިބަރހޫޑް ޕެޑެސްޓްރިއަން މަގުތަކެވެ. މި މަޝްރޫޢުގެ ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން 1.94 ކިލޯ މީޓަރުގެ ހަތްމަގެއް ތަރައްޤީ ކުރުމަށް ހަމަ ޖެހިފައިވާކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މި ޕްރޮޖެކްޓްގެ ދަށުން މަގު ނުކޮނެ ކަރަންޓާއި ފެނާއި ނަރުދަމާ އަދި ޑީވޯޓަރިންގެ ޚިދުމަތަށް ބޭނުންކުރާ ކޭބަލް ފަސޭހައިން ގުޅާލެވޭގޮތަށް ފަރުމާކުރެވޭނެއެވެ. މި މަޝްރޫޢުގެ މަސައްކަތް ސިޓީ ކައުންސިލުން ޙަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެވެ.

Dhen vehey dhuvahakun vadainnavaathi photo eh nangavaalaa amalee thajuribaa hoadhavaalan. Alhugandumen holhithah alhanee maguge adeega. Ehenve fennan nuhunnanee ingeytho. 😊 https://t.co/hIql67gkSq
— Moosa Ali Manik 🇲🇻 (@VMookey) January 13, 2021
ޑރ. މުޢިއްޒުގެ ޓްވީޓާ ގުޅިގެން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާޢު ޝަރީފްވެސް ވަނީ، އެއީ މާކުރީގެ ފޮޓޯއެއް ކަމަށް ބުނެ ޑރ. މުޢިއްޒަށް ރައްދު ދީފައެވެ.
ޑރ. މުއިއްޒު މިއަދު ކުރަށްވާފައިވާ އެހެން ޓްވީޓެއްގައި ވަނީ، ގުޅީ ފަޅުގައި ހަދަމުންދާ ޕޯޓްގެ މަސައްކަތް ހުއްޓާލައި އެ މަޝްރޫޢު ތިލަފުށްޓަށް ބަދަލު ކުރުމަށް ގޮވާލަށްވާފައެވެ. އަދި ގުޅީފަޅު މާލޭ ރައްޔިތުންގެ ބޯހިޔާވަހި ކަމަށް ދެއްވުމަށްވެސް މުޢިއްޒު ވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް މުޢިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ގުޅީފަޅަކީ މީހުން ދިރިއުޅުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށްވިދާޅުވެ އެފަޅުން ގޯތި ގަނެފައިވާ ފަރާތްތަކަށް ދޫކުރި ބިންތައްވެސް ވަނީ އަތުލާފައެވެ. އަދި ތިލަފުށްޓަކީ ރައީސް ޔާމީންގެ ސަރުކާރުން ޕޯޓް މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމެވި ރަށެވެ.
Gulhifalhugai port elhumuge badhalugai eyee Male rayyithunge boahiyaavahikamah khaassa manzil akah hedhumah adhives vaguthu faaitheh nuvey. Adhives sarukaarun beynunnama port elhun thilafuttah badhalukureveyne. Male rayyithunge haqqu mikan kohdhevvan sarukaarah aadheys dhannavan
— Dr Mohamed Muizzu (@MMuizzu) January 13, 2021
މާލޭ ސިޓީ ކައުންސިލުގެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓުގެ ދަށުން އެންމެ ފުރަތަމަ ތަރައްގީ ކުރަން ފެށި މަގަކީ ކަނބާ އައިސާ ރަނި ހިނގުމެވެ. އެމަގު ތަރައްޤީ ކުރުމަށްފަހު ހުޅުވާފައި ވަނީ 2021 ވަނަ އަހަރު ފެށުން ފާހަގަކުރުމުގެ ގޮތުންނެވެ. މާލޭ ސްޓްރީޓް ސްކޭޕިންގ މަޝްރޫޢަކީ މާލެއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ މައްސަލަ އަށް ޙައްލެއް ހޯދައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިދިޔަ އަހަރުގެ ފެބްރުއަރީ 17 ގައި އިފްތިތާޙް ކުރެއްވި މަޝްރޫޢެކެވެ.
މާލޭ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓްގެ ދަށުން މާލޭގެ 18.8 ކިލޯމީޓަރުގެ މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ. ޖުމްލަ 462 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކޮށްފައިވާ މި މަޝްރޫޢުގެ ދަށުން ހަތަރު ވައްތަރެއްގެ މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އާޓީރިއަލް މަގުތަކާއި، ސިޓީ ރޯޑްސް އާއި، ސެކަންޑަރީ ރޯޑްސް ގެ އިތުރުން ނެއިބަރހޫޑް ޕެޑެސްޓްރިއަން މަގުތަކެވެ. މި މަޝްރޫޢުގެ ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން 1.94 ކިލޯ މީޓަރުގެ ހަތްމަގެއް ތަރައްޤީ ކުރުމަށް ހަމަ ޖެހިފައިވާކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މި ޕްރޮޖެކްޓްގެ ދަށުން މަގު ނުކޮނެ ކަރަންޓާއި ފެނާއި ނަރުދަމާ އަދި ޑީވޯޓަރިންގެ ޚިދުމަތަށް ބޭނުންކުރާ ކޭބަލް ފަސޭހައިން ގުޅާލެވޭގޮތަށް ފަރުމާކުރެވޭނެއެވެ. މި މަޝްރޫޢުގެ މަސައްކަތް ސިޓީ ކައުންސިލުން ޙަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެވެ.
ކިޔުންތެރިންގެ ހިޔާލު