މާާލެ ސިޓީ
މާާލެ ސިޓީ
ކޯވިޑް-19 އާއި ގުޅިގެން ހާލުގައިޖެހި، މަގުމަތިވި 69 މީހަކަށް މިހާތަނަށް ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ވަނީ، މިހާތަނަށް ބޯހިޔާވަހިކަން ފޯރުކޮށްދިން ފަރާތްތަކުގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުގެ ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ 11 މީހުންނާއި، ޖަލު ބަންދަށް ފަހު މާލޭ ސަރަޙައްދުގައި ތިބި 16 މީހުންނާއި، ކުލި ނުދެއްކުމުގެ ސަބަބުން ގެއިން ނުކުންނަން ޖެހުނު 2 ޢާއިލާއަކަށް ނިސްބަތްވާ 6 މީހަކާއި، ބޭސް ފަރުވާއަށް މާލެ އައިސް ތިބި 3 މީހުންނާއި، މަސްތުވާތަކެއްޗާ ގުޅުން ހުރި 20 މީހެއްގެ އިތުރުން މަގުމަތީގައި ކުރިން ވެސް އުޅެމުން އައި 13 މީހުން ކަމަށެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 ޓާސްކްފޯސްގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، މި މީހުންނަށް ތިބޭނެ ތަންތަނާއި ކާބޯތަކެތި އަދި ޓޮއިލެޓްރީޒް، ސާފުތާހިރުވާން ބޭނުންވާ ތަކެތި ފޯރުކޮށްދީފައިި ވާކަމަށެވެ.

މަބްރޫކް ވިދާޅުވީ އޭގެ އިތުރުން ވެސް ބައެއް މީހުންގެ އަންނައުނު ނެތުމުގެ ސަބަބުން، އެކަމަށް ވަކި ބަޖެޓެއް ކަނޑައަައިިގެން އަންނައުނު ހޯދައިދިނުމުގެ ކަންކަން ކުރަމުން އަންނަ ކަމަށެެވެ.

އަދި މާލެ ލޮކްޑައުން ކުރުމާ ގުޅިގެން ކާބޯތަކެތީގެ ދަތިކަން ދިމާވި 60 މީހަކަށް ކާބޯތަކެތި ވެސް ފޯރުކޮށްދީފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މިފަދަ ފަރާތްތަކަށް އެހީވުމަށް ސޯޝަލް ކައުންސިލުން އިންތިޒާމްތައް ހަމަޖައްސައި، ތައްޔާރަށް އޮތް ކަމަށެވެ. އެގޮތުން މޯލްޑިވްސް ރެޑް ކްރެސެންޓާ ގުޅިގެން، ކެއްކޭނެ އިންތިޒާމް ހަމަޖެހިފައި ހުރި ލޭބާ ކުއާޓާތަކަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދީިފައިވާ ކަމަށް ވެސް ސަރުކާރުން ބުނެފައި ވެއެވެ.

މީގެއިތުރުން ރަމަޟާން މަހު ވެސް ކާބޯތަކެތީގެ ދަތިކަން ފޯރާނެ ފަރާތްތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން