ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުން ކުރާ ވިޔަފާރިއަށް ޑިސްކައުންޓް ލިބޭ ޕްރޮގްރާމެއް އެބޭންކުން ތައާރަފް ކޮށްފިއެވެ.

މިއަދު ތައާރަފްކުރި ބީއެމްއެލް އޮފަރސް ޕޯޓަލް އަކީ މަރޗެންޓުންނާ ގުޅިގެން ބީއެމްއެލް ކާޑު ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކަށް 25 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ލިބޭ ގޮތަށް ތައާރަފް ކުރެވުނު ޕްރޮގްރާމެކެވެ.

 

މި ޑިސްކައުންޓް ޕްރޮގްރާމްގެ ދަށުން ބީއެމްއެލް އޮފަރސް ޕޯޓަލްގައި ލިސްޓު ކުރެވިފައިވާ ފިހާރަތަކުން ވިޔަފާރިކޮށްގެން ކަސްޓަމަރުންނަށް ޑިސްކައުންޓް ލިބޭނެއެވެ. ޕޯޓަ؛ލްގައި ލިސްޓު ކުރެވިފައިވާ ވިޔަފާރިތަކުގެ ތެރޭގައި ރީޓެއިލް ފިހާރަތަކާއި، ރެސްޓޯރަންޓް، ފަރުނީޗަރު އަދި ހެދުން ވިއްކާ ފިހާރަތަކާއި ކޮސްމެޓިކްސް ފިހާރަ ތަކުގެ އިތުރުންވެސް ގިނަ ފިހާރަތަކެއް ހިމެނޭކަމަށް ބީއެމްއެލުން ހާމަކޮށްފައިވެއެވެ.

 

ބީއެމްއެލް އޮފަރ ޕޯޓަލްއާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެކަމަށް ވެސް އެބޭންކުން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން