ބޮލީވުޑްގެ ފިލްމީތަރި އާލިޔާ ބަޓް ރާއްޖޭގައި ސްނޯކްލިންގއަށް ދިޔުމުގައި ވަރަށް އަވަދިނެތި އުޅޭކަމަށް އިންޑިޔާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
އަލިޔާބަޓް ރާއްޖޭގައި ޗުއްޓީހޭދަކޮށްލަން އައިސްފައިވަނީ ހުސްވި ހަފްތާ ބަންދުގައެވެ. އާލިޔާ އާއެކު އާލިޔާގެ ގާތް ދެ އެކުވެރިންކަމަށްވާ އަކަންޝާ އަދި އަނުޝްކާ ރާޖަން ކަޕޫރްވެސް ރާއްޖޭގައި ޗުއްޓީހޭދަކުރުމުގައި ބައިވެރިވަމުންދެއެވެ.
އާލިޔާގެ އިތުރުން އޭނާގެ ރައްޓެހިން އިންސްޓަގްރާމްގައި އާންމު ކޮށްފައިވާ ފޮޓޯތަކުންވެސް ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން ދާކަން އެނގިގެންދެއެވެ.
އާލިޔާ އާއެކު އާލިޔާގެ ރައްޓެހިން ޗުއްޓީހޭދަކުރަމުންދަނީ ނޫނު އަތޮޅުގެ ރިސޯޓެއް ކަމަށްވާ ޗެވަލް ބްލާންކް ރަންދެލީގައެވެ.
2012 ވަނަ އަހަރު ހިންދީ ފިލްމު ސްޓޫޑެންޓް އޮފް ދަ އިޔަރ އިން ފިލްމީ ދާއިރާއަށް ނުކުތް، އާލިޔާ ބަޓްގެ އެންމެ ފަހުގެ ފިލްމަކަށް ފެނުނީ މިދިޔައަހަރު ނިކުތް ހިންދީ ފިލްމު ސަދަކް 2 އެވެ. އާލިޔާ ދެން ފެނިގެންދާނީ ސަންޖޭ ލީލާ ބަންސާލީގެ ގަންގުބައި ކަތިއާވަޑި ނަމަކަށް ކިޔުނު ހިންދީ ފިލްމަކުންނެވެ. މީގެ އިތުރުން ބްރަހްމަަޝްޓްރާ ނަމަކަށް ކިޔުނު ހިންދީ ފިލްމަކުން ރަންބީރް ކަޕޫރްއާއެކު އާލިޔާ ފެނިގެންދާނެކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު