އެމެރިކާގެ މަޝްހޫރު ޕްލާސްޓިކް ސާޖިއަން، ޑރ. ޕޭމަން ސިމޮނީ
އެމެރިކާގެ މަޝްހޫރު ޕްލާސްޓިކް ސާޖިއަން، ޑރ. ޕޭމަން ސިމޮނީ
އެމެރިކާގެ މަޝްހޫރު ޕްލާސްޓިކް ސާޖަން، ޑރ. ޕޭމަން ސިމޮނީ، ޕްލާސްޓިކް ސާޖަރީއަކަށްފަހު ކޮވިޑުޖެހިގެން މަރުވެއްޖެއެވެ.

ޑރ.ޕޭމަން އަށް ކޮވިޑު ޖެހުނީ އޭނާ ކުރަމުންދިޔަ ސާޖަރީއެއްގެ މެދުތެރެއިން ކޮވިޑް ޖެހިފައިވާ އަންހެނަކު އޭނާގެ މޫނުމައްޗަށް ކެއްސާލުމާއެކުއެވެ. އެވަގުތު ޑރ. ޕޭމަން ކުރިއަށްގެންދިޔައީ ތުންފަތް ބޮޑު ކުރުމުގެ ސާޖަރީއެކެވެ.

ނަމަވެސް މި ސާޖަރީގެ ކުރިން ސާޖަރީ ކުރަން ހަމަޖެހިފައިވާ އަންހެން މީހާގެ ފަރާތުން ހުމުގެ ނުވަތަ ރޯގާގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށްވެއެވެ. ނަމަވެސް ސާޖަރީއަށްފަހު ޑރ.ޕޭމަން އަށް ގުޅައި އެއަންހެންްމީހާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ވާހަކަ ބުނެފައިވެއެވެ.

މިއާއެކު ޑރ. ޕޭމަން ހޯމް ކަރަންޓީނުކުރެވުނެވެ. އަދި ހޯމް ކަރަންޓީނުގައި ހުރެ ކޮވިޑުގެ އަލާމާތްތައްފެނި ހާލުބޮޑުވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނު އިރު ޑރ. ޕޭމަންގެ ފުއްޕާމޭގެ މަސައްކަތްކުރުން ފެއިލް ވާންފަށާފައިވުމާއިއެކު ޑރ. ޕޭމަން ވެންޓިލޭޓަރަށް ލެވުނެވެ.

ނަމަވެސް މާގިނަ ދުވަސް ތަކެއް ނުވެ ކޮވިޑް ބައްޔަށް ފަރުވާ ކުރަމުން ދަނިކޮށް ޑރ. ޕޭމަން ވަނީ މަރުވެފައެވެ.

ކޮވިޑުގެ ބަލިމަޑުކަމާއެކު މިފަދަ ހާދިސާ ތައް ފެންމަތިވުން ގިނަވެ، އެމެރިކާގެ ގިނަ ޕްލާސްޓިކް ސާޖަން ޑޮކްޓަރުން ވަނީ އެމީހުންގެ މަސައްކަތް މަޑުޖައްސާލާފައެވެ. ގިނަ ޑޮކްޓަރުން ހާމަކުރާގޮތުގައި ޕްލާސްޓިކް ސާޖަރީ ނިމެންދެން ޑޮކްޓަރުންނާއި ނަރުހުންގެ ފަރާތުން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ވިޔަސް ހިދުމަތް ހޯދަން އަންނަ މީހުންގެ ފަރާތުން ޑޮކްޓަރުންނާއި ނަރުހުން، ކޮވިޑު ބަލީގެ ނުރައްކަލަށް ހުށަހެޅިގެން ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން