މިއަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދަޢުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 15.3 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލީ ވަޒީރު އިބްރާހިމް ޢަމީރު ވިދާޅުވީ، ކޯވިޑް-19 އާ ގުޅިގެން ސަރުކާރަށް ލިބޭނެ ކަމަށް ބެލެވުނު އާމްދަނީ ބޮޑު ތަނުން ދަށަށް ދާނެ ކަމަށެވެ.
ބަޖެޓުގައި 29 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އޮތް ނަމަވެސް މިހާރު އެ އަދަދު ބޮޑުތަނުން ދަށްވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޓެކްސްތައް ވަރަށް ބޮޑަށް ދަށްވާނެ ކަމަށާއި، ރާއްޖޭގެ ރަށްތައް ލޮކްޑައުންކޮށްފައިވާތީ އިޤްތިޞާދީ އެހެން މަސައްކަތެއް ވެސް ނުފެށުން އެކަށީގެންވާ ކަމަށް އަމީރު ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރި ކަމުގެ ޙާލަތު ގޯސްވެ އެންމެ ގޯސް ސިނާރިއޯގައި އެންމެ ފަތުރުވެރިއެއްވެސް ރާއްޖެ ނައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެ މިނިސްޓަރ ވިދާޅުވީ މި ޙާލަތުގައި ރިސޯޓުތަކުގެ ކުލި ނުލިބުމަކީވެސް ވެދާނެ ގޮތެއް ކަމަށެވެ.
މިހާރު ލަފާކުރާ ސިނާރިއޯ 3 ގައި އަހަރުގެ ބާކީ އޮތް މުއްދަތުގައި ރާއްޖެ އަންނާނެ ކަމަށް ލަފާ ކުރެވެނީ 462،868 ފަތުރުވެރިން ކަމަށާއި، އެއީ ބެޑް ނައިޓްސްގެ އިންސައްތައަށް ބަލާނަމަ 39 އިންސައްތަ ފަތުރުވެރިން ކަމަށް މާލީ ވަޒީރު ވަނީ ވިދާޅުވެފައެވެ.
ކޯވިޑް-19 އާ ގުޅިގެން ސިއްހީ އަދި ޑިޒާސްޓާ މެނޭޖްމަންޓަށް ކުރާ ހަރަދު އިތުރުވެފައިވާކަން ފާހަގަ ކުރަށްވަމުން އަމީރު ވިދާޅުވީ، ސިއްހީ ފިޔަވަޅު އެޅުމާއި ޓެސްޓް ކުރެވޭނެ އިންތިޒާމު ހޯދުމާއި ތަންތަން ހެދުމަށް ޕަބްލިކް ހެލްތުގެ ގާނޫނުގެ ދަށުން ބަޖެޓަށް އިތުރުކޮށްދީފައި ވަނީ 223 މިލިއަން ރުފިޔާ ކަމަށެވެ.
އެހެން ނަމަވެސް ރާއްޖޭގައި މިބަލި ކޮމިއުނިޓީ ސްޕްރެޑަކަށްގޮސް ހަރަދު އިތުރުވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ކޮމިއުނިޓީ ސްޕްރެޑާއެކު 1.6 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށާއި ހާލަތަށް ބަލައި ހަރަދު އިތުރުވުން އެކަށީގެންވާ ކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލު ވުމުގައި މާލީ ވަޒީރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ.
އިތުރަށް ތަފްސީލް ދެއްވަމުން އަމީރު ވިދާޅުވީ ހުޅުމާލޭގައި ގާއިމުކުރާ 300 އެނދުގެ ކޯވިޑް-19 ފެސިލިޓީ އާއި އެމެޖެންސީ އޮޕަރޭޝަން ސެންޓަރުތައް ހިންގުމާއި ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް އެހީވުމާއި ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ހޯދުމާއި ނިކަމެތިންނަށް އެހީވުން ފަދަ ކަންކަމަށް 1.9 ބިލިއަން ހަރަދުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު