ޔޫރަޕުގެ އެންމެ އުމުރުން ދުވަސްވީ މީހާގެ ލަގަބު ލިބިފައިވާ އަންހެންމީހާ ކޮވިޑު ބަލިން ސަލާމަތްވެއްޖެއެވެ.
ފްރާންސަށް ނިސްބަތްވާ ސިސްޓަރ އޮންޑްރޭ ކޮވިޑު ބަލިން ސަލާމަތްވި އިރު އޭނާގެ އުމުރުން 117 އަހަރު ފުރެން މާކަަ ގިނަދުވަހެއް ނެތެވެ. މިހެން ކަމުން މިއަންހެން މީހާ ވެގެން ދަނީ މުޅި ދުނިޔެއިން ދެވަނަ އަށް އެންމެ އުމުރުން ދުވަސްވީ މީހާއަށެވެ.
ސިސްޓަރ އޮންޑްރޭ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ ޖެނުއަރީ މަހު 16 ވަނަ ދުވަހުއެވެ. ނަމަވެސް ކޮވިޑު ބަލީގެ އެއްވެސް އަލާމާތެއް ސިސްޓަރ އޮންޑްރޭގެ ފަރާތަކުން ނުފެނެއެވެ. އަދި އޭނާ ކޮވިޑަށް ޕޮޒިޓިވްވި އިރު ދިރިއުޅެމުންދިޔައީ ރިޓަޔަރވެފައި ތިބޭމީހުން ބަލަހައްޓާ ނާސިންގ ހޯމްއެއްގައިކަމަަށްވެއެވެ.
އުމުރުން ކިތަންމެ ދުވަސްވެ ލޯފަންވެފައިވާނަމަވެސް ސިސްޓަރ އޮންޑްރޭ އަކީ މަޑުމައިތިރި ހިތްވަރުގަދަ މީހެއްކަމަށް ސިފަކޮށްފައިވެއެވެ. ފުރޮޅުލީގޮނޑިއެއްގައި ދިރިއުޅެމުންދާ މިއަންހެން މީހާ ކޮވިޑަށް ޕޮޒިޓިވްވިއިރު އަމިއްލަ ނަފްސަށްވުރެ އެކުގައި ނާސިންގ ހޯމްގައި އުޅުނު އެހެން މީހުންގެ ހާލާމެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު