ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތަކުގައި ހިނގާ ބަހުސްތަކުގައި މަޖިލިހުގެ ރައީސް ބައިވެރިވެވަޑައިގަތުމަކީ މަޖިލީހުގެ ޤަވާޢިދު ހުއްދަ ކުރާކަމެއް ނޫންކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، އައްޑޫ ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލިހުގެ ޖަލްސާގައި ނިޒާމީ މައްސަލައެއް ނަންގަވައި ޝަރީފް ވިދާޅުވީ ބަހުސްތަކުގައި މަޖިލިހުގެ ރައީސް ބައިވެރިވެވަޑައިގަތުމަކީ މަޖިލިހުގެ ޤަވާޢިދު ހުއްދަކުރާ ކަމެއްނޫން ކަމަށެވެ. އަދި އެއީ ނިޒާމީ މައްސަލައެއްގެ ގޮތުގައި ބަލައިގަތުމަށް ޝަރީފް އެދިވަޑައިގެންނެވިއެވެ. ނަމަވެސް ރައީސް ނަޝީދު ވަނީ އެއީ ނިޒާމީ މައްސަލައެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް ޖަލްސާގެ ބަހުސްތަކުގައި ބައިވެރިވެވަޑައިގަތުމަކީ މަޖިލީހުގެ ޤަވާއިދު ހުއްދަކުރާ ކަމެއްނޫން. މިއީ ހަގީގަތުގައިވެސް ނިޒާމީ ނުކުތާއެއް. އެއްގޮތަކަށް ވެސް އެކަން ނުކުރައްވާ ވަރަށް އާދޭހާއެކު މި ދަންނަވަނީ. ރައީސް ބަހުސްތަކުގައި ބައިވެރިވެވަޑައި ނުގަންނަވާ." އެމްޑީޕީގެ މަޖިލިސް މެމްބަރު ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިއަދު ވަނީ މަޖިލީހުގެ ބައެއް މެމްބަރުން މަޖިލީހުގައި ސަރުކާރަށް ޖެއްސުންކުރަމުން މިހާރު ގެންދާކަމަށްވެސް ތުހުމަތު ކުރައްވައިފައެވެ.

"މިހާރު ހަގީގަތުގައި ވެސް ބައެއް އިއްޒަތްތެރި މެމްބަރުން އެކިއެކި ސިފައިގައި ސަރުކާރަށް ޖެއްސުން ކުރާތަން އެބަ ފެނޭ." ޝަރީފް ވިދާޅުވިއެވެ.

މަޖިލިހުގެ ޤަވާއިދާ ހަވާލާ ދެއްވައި، ރައީސް ނަޝީދު ވިދާޅުވީ މަޖިލިހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީއެއްގައި ކަންކަން ރަނގަޅަށް ގެންދާނެ ގޮތާ މެދުގައި މަޖިލިހުގެ ރައީސް ޚިޔާލުފާޅުކޮށް، އެކަމާ މެދުގައި ދެކޭ ގޮތް ހާމަކޮށް މަޝްވަރާ އާއި ލަފާ ދެވިދާނެ ކަމަށެވެ. އަދި މަޖިލީސް ހިންގަވަމުން ގެންދަވަނީ ވަރަށް ސާފުކޮށް އޮތް މާއްދާއަކާ އެއްގޮތަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


3

ނަޖާ

26-Apr-2020

ތި ނަޝީދުއަކީ މި ދިވެހި ޤައުމަށް ޖެހިފަވާ ބޮޑުވެގެންވާ މުސީބާތެއް. އޭނަގެ އުނދަގުލުން މި ޤައުމު ސަަލާމަތް ކުރުމަށް ދިވެހިން ތެދުވަން ވެއްޖެ.


7

ކިނބިހި

26-Apr-2020

ގައުމަތް ދިމާވެގެން އުޅެ ކޮވިޑަށް ވުރެން ތިޔަ ވިދާޅުވާ ކަލޭގެ ނުރައްކާ ބޮޑު.. ޔޫކޭ އަށް ދޮންމީހުން ކާރިޔަށް ފޮނުވާލާ.! އޭނާގެ އުސޫލާއި ދެފުށް ކެހެރިގޮތަށް މިދިވެހި އުންމަތަށް ބޭނުމެއްނުވޭ.!


1

ކިނބިހި

26-Apr-2020

ޔުނިވާރސަލް އަދި ޗަންޕާމެންނަށް ރިސޯޓުދީގެން އުޅޭތާ 45 އަހަރު.. އަދި އިތުރަށް 99 އަހަރަށް ރަށްތައްދީފައި ބުނާ ކަހަލަ.. ރިސޯޓުވެރިންގެ އާއިލާ މުއްސަނދިކަމުގައި ތިބޭށޭ.. ރައިޔަތުން ގުލާމުކުރުުމުގައި އަޅުންގެ ގޮތުގައި 99 އަހަރު ތިބޭށޭ..! މިހާރު މިފެންނަނީ ފައިސާ ވެރިން ކަމެއް ދިމާވާގަޑީގައި އަމަލުކުރާނެ ގޮތުގެ ތަޞައްވުރެއް.. އަދިވެސް ދައުލަތުން ވިސްނާކަށް ނުވޭތޯ..? ރިސޯޓުތައް އަތުލާ 30 އަހަރުވެފައިވާ ކޮންމެ ރަށެއް ޕަބްލިކް ހިއްސާ އަށް ހުޅުވާފަ ކޮންމެ ދިވެހި ރައްޔަތަކަށް ވަކި އަދަދަކަށް ހިއްސާ ދިނުމަށް ޝަރުތުކުރޭ.. އޭރުން ރައިޔަތުން ގަން "ގޯލްޑަންގޫސްޓް" ގެ މަންފާ ލިބޭނީ ކުރިޔަށް އޮތްތަނުގައިވެސް.. އެއހެން ނޫނީ އަބަދުވެސް މިހާލުގައި އުޅެން ޖެހޭނީ.



ޓްރެންޑިން