ހިންދީ ފިލްމު ރޫހީގެ ދެޕޯސްޓަރެއް.
ހިންދީ ފިލްމު ރޫހީގެ ދެޕޯސްޓަރެއް.
ބޮލީވުޑްގައި ކުރިއަރަމުންދާ ދެތަރިންކަމަށްވާ ރާޖްކުމާރް ރާއޯ އަދި ޖާންވީ ކަޕޫރުގެ ފިލްމް ރޫހީ މިއަހަރު މަރޗްމަހު ރިލީޒްކުރުމަށް ހަމަޖެހި އިއުލާން ކޮށްފިއެވެ.

އިންޑިޔާގައި ބޮޑު ތަރުހީބެއް ލިބެމުން އަންނަ ހޮރޯ ކޮމެޑީ ނުވަތަ ބިރުވެރި އަދި މަޖާ ފިލްމުތަކެކޭ އެއްގޮތަށް ހިންދީ ފިލްމު ރޫހީ އަކީވެސް ބިރުވެރި ހާދިސާއެއްގެ މައްޗަށް މަޖާ ކަންތައްތަކެއް އެކުލެވޭ ފިލްމެކެވެ. މިފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރު މަރޗްމަހު އެގާރަވަނަ ދުވަހުއެވެ.

މިފިލްމުގައި ލީޑް އެކްޓަރުންގެ ގޮތުގައި ރާޖްކުމާރް ރާއޯ އަދި ޖާންވީ ކަޕޫރުގެ އިތުރުން ވަރުން ޝަރްމާ ފެނިގެން ދާނެއެވެ. މީގެއިތުރުން، މިފިލްމުގެ ޓްރެއިލަރ މިދިޔަ އަންގާރަ ދުވަހު ރިލީޒްކޮށްފައިވާއިރު، 24 ގަޑިއިރު ތެރޭގައި މިޓްރެއިލަރ އަށް 14 މިލިއަން ވިއުސް ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން