ޞާދިރު ޢަލީދީދީ   25 ފެބްރުއަރީ 2021 - 14:14
ވޭނީކަރުނަ
ވޭނީކަރުނަ
51 ވަނަ ބައި

..................

[ތެދުވެގެންގޮސް ބޭސްގުޅައެއް ކާލިނަމަ ރަނގަޅު ވެއްޖައީސް ނޫން ހެއްޔެވެ؟] [މަންމާއެވެ. އެގުޅަތަކަކުން އެއްވެސް އަރާމެއް ނުލިބެއެވެ.]

ރަމްލާ އެބުނަނީ ތެދެކެވެ. ވޭތުވެދިޔަ ހަފްތާއިން ފެށިގެން އޭނާގެ ބޮލުގައިވަނީ މަޑުރިހުމެއް އުފެދިފައެވެ..... އެއީ ވިސްނާ ވިސްނާ ވެގެން އުޅޭގޮތައް ނޫން ކަމެއްވެސް ނޭގެއެވެ.

[ތެދުވެގެންގޮސް ބޭސްގުޅައެއް ކާލިނަމަ ރަނގަޅު ވެއްޖައީސް ނޫން ހެއްޔެވެ؟]

[މަންމާއެވެ. އެގުޅަތަކަކުން އެއްވެސް އަރާމެއް ނުލިބެއެވެ.]

ރަމްލާ އެބުނަނީ ތެދެކެވެ. ވޭތުވެދިޔަ ހަފްތާއިން ފެށިގެން އޭނާގެ ބޮލުގައިވަނީ މަޑުރިހުމެއް އުފެދިފައެވެ..... އެއީ ވިސްނާ ވިސްނާ ވެގެން އުޅޭގޮތައް ނޫން ކަމެއްވެސް ނޭގެއެވެ.

[ތެދުވެގެންގޮސް ފެންވަރައިގެން ހެދުން ބަދަލުކުރާށެވެ. އަދި ރަމްލާގެ މަންމަގެ ގާތަށްވެސް ގޮސް އުޅެބަލާށެވެ.] މައިދައިތަ ލޯތްބާއެކު ބުންޏެވެ. އޭނާ ހީކުރާގޮތުގައި ރަމްލާއަށް މިބަދަލު އައިސްގެން މިއުޅެނީ މުޢާޒު ފުރުމާއި ގުޅިގެންނެވެ.

އެހެން ނަމަވެސް މަންމަގެ ގެއަށް ދިޔުމުގެ ޚިޔާލު މައިދަތަ ހުށަހެޅުމުން ރަމްލާ ކަންބޮޑު ވެއްޖެއެވެ. ތިން ހަތަރު ފަހަރެއްގެ މަތިން ޖައްޔިދާ ފޯނުވެސް ކުރިއެވެ. އަދި އޭނާއަށް ނުދެވިގެން އުޅޭ ސަބަބުވެސް އޮޅުން ފިލުވަން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އޭނާ ބުނާނީ ކީކޭ ހެއްޔެވެ. އޭނާ ވިސްނާލިއެވެ. އޭނާ މަންމަގެ ގެއަކަށްވެސް ނުދާނެއެވެ. އަދި ޖައްޔިދާގެ ދެމަފިރިންނަކާވެސް ބައްދަލެއް ނުކުރާނެއެވެ. އެކަމަކުވެސް މައިދައިތަ އެހާ ލޯތްބާއެކު ބުނުމުން އެކަމާ އިންކާރުކުރާކަށް ނުކެރުނެވެ. އޭނާ އަބަދުވެސް އިންނަނީ މަންމަގެ ގެއަށް ދިޔުމަށް ތައްޔާރު ވެގެންނެވެ. ވީއިރު މިހާރު އެކަމާ ދެކޮޅު ހަދައިފިއްޔާ މައިދައިތަ ހީކުރާނީ ކީކޭ ހެއްޔެވެ.

އޭނާ ތެދުވެ އިށީނދެއްޖެއެވެ.

މައިދައިތަ ރަމްލާގެ ހޭވިފައިވާ އިސްތަށިގަނޑަށާއި ވީރާނާވެފައިވާ ލޮލަށް ފަރުވާތެރި ކަމާއެކު ބަލާލިއެވެ. ދެން ބުނަން ފެށިއެވެ.

[އެއްހަފްތާ ވަންދެން މަންމަގެ ގެއަށްގޮސް އިނދެލާށެވެ.]

[މަންމާއެވެ. މަންމަ މިގޭގައި އެކަނިތޯއެވެ؟]

[މަންމަ އެކަނިވާންވީ ކީއްވެގެން ހެއްޔެވެ؟ ގޭގައި ނޯކަރުން އެބަތިއްބެވެ. އަދި އެހެންނޫނަސް ބޭނުން ވެއްޖިއްޔާ ރަމްލާ ގެނުވިދާނެ ނޫން ހެއްޔެވެ. ގޮސް ތިމާގެ މީހުންނާ ބައްދަލުކޮށް އުފާކޮށްލާފައި އަންނާށެވެ.]

މައިދައިތަ ލޯތްބާއެކު ބުނެލިގޮތުން ރަމްލާގެ ލޮލުންހޯސްލާފައި ކަރުނަ އަތުވެއްޖެއެވެ. ދެން އޭނާ އަރިއަޅަމުން ކަހަލަ ގޮތަކަށް ފެންވަރާ ކޮޓަރިއަށް ވަދެއްޖެއެވެ. ލޯގަނޑުގެ ކުރިމަތީގައި ހުރެގެން ލޯފޮހެލިއެވެ. ދެން ވިސްނަން ފެށިއެވެ.

މަންމާއެވެ. އަޅުގަނޑު ތިޔަ ފޮނުއްވަނީ ކޮންފަދަ ދިމާއަކަށް ކަމެއް މަންމައަކަށް ނޭނގެއެވެ.

[ރަމްލާއެވެ. ތިޔަހާފިނޑިވީ ކޮންއިރަކު ހެއްޔެވެ؟] އޭނާގެ ހިތް ސުވާލުކުރެއެވެ. ކަލެޔަކީ ބުއްދިވެރި އަންހެން ކުއްޖެއްމެއެވެ. ބަލާބެލުމަށް ދުނިޔޭގައި ރަނގަޅު މީހުން ވަރަށްގިނައެވެ. އެކަމަކު އޭގެ ބޭނުމަކީ އެރަނގަޅު މީހުންނަށްޓަކައި ތިމާގެ ގެ ބަރުބާދު ކޮށްލުމެއް ނޫނެއް ނޫން ހެއްޔެވެ؟

ރަމްލާ މަންމަގެ ގެއަށް އަތުވެއްޖެއެވެ. އެކަމަކު ހިތުގެ ބޭގަރާރުކަން ހިޔަންޏެއް ފަދައިން މިތަނަށްވެސް އަތުވެއްޖެއެވެ. ދުވާލު ހަތަރުދަމު އޭނާ އޮންނަނީ މަޢޫޒު ގޮވައިގެން ކޮޓަރީގައެވެ. ކޮންމެވެސް ފޮތެއްގެ ތެރެއަށް ގެއްލިފައެވެ. އެއްވެސް މީހަކާ ވާހަކައެއް ނުދައްކައެވެ. އަދި ބޭރަށް ނުކުމެ އައިސްގޮސްވާ މީހުންނަކާވެސް ވާހަކައެއް ނުދައްކައެވެ. ބަލާބެލުމަށް އޭނާ ހިމޭނުން އޮންނަން ބޭނުންވާ ކަހަލައެވެ.

އެއް ދުވަހަކު ޖައްޔިދާ އެގެއަށް އަތުވެއްޖެއެވެ.

[ރަޙްމަތްތެރިޔާއެވެ. މިކޮޅަށް އައިތާ މިހާރު ކިހާ ދުވަހެއްވެއްޖެ ހެއްޔެވެ. އެކަމަކު އަންގާވެސް ނުލަމުއެވެ.]

ރަމްލާ އޭނާ ފެނިފައި ގަތްބިރުން ކުއްލިއަކަށް ތެދުވެފައި އިށީދެއްޖެއެވެ.

[ތިޔައިނީ ކިހިނެތްވެފާ ހެއްޔެވެ؟] ޖައްޔިދާ ބުންޏެވެ. [ނާކާމިޔާބު ޢާޝިޤެއް ފަދައިން ތިޔައިނީ ކީއްވެގެން ހެއްޔެވެ؟ އެހެން މީހުންގެ ފިރިންވެސް ރަށުން ބޭރަށްދެއެވެ. އެކަމަކު އެމީހުން ރަމްލާ ފަދައިން ދުނިޔެދެކެ ފޫހިވެގެންނެއް ނޫޅެއެވެ.]

ރަމްލާ ހާސްވެއްޖެއެވެ. ޖައްޔިދާ މިކިޔަނީ ކީކޭ ކަމެއްވެސް ނޭގެއެވެ. އޭނާ އެއިޝާރާތް ކުރަނީ ކޮންދިމާއަކަށް ކަމެއް ނޭގެއެވެ. ރަމްލާ އެއްވެސް ޖަވާބެއް ނުދިނެވެ.

[ރަނގަޅަށް ބުނެބަލާށެވެ.] ޖައްޔިދާ އަނެއްކާވެސް ބުންޏެވެ. [ރަމްލާގެ ފިރިމީހާ ދެކެ ހަމައެހާވަރަށް ލޯބިވަމު ހެއްޔެވެ؟] ކޮންމެވެސް އެއްޗެކޭ ބުނެބަލާށެވެ. ޖައްޔިދާ އޭނާގެ ކޮނޑުގައި ހިފާތަޅުވައިގަތެވެ. ދެން އެނދުގައި އޮށޯވެލިއެވެ. [ރަމްލާ ތިޔައިނީ އަނގައިން ނުބުނުމަށް ހުވާކޮށްގެން ހެއްޔެވެ؟]

ރަމްލާ ހިނިތުންވުމެއްގެ ދަޅަ ދައްކާލިއެވެ.

[ޖައްޔިދާއެވެ. އަހަރެން މިއުޅެނީ ކުޑަކޮށް ބަލިވެއެވެ.]

[ކިހިނެއްވީ ހެއްޔެވެ؟ ފެންނަފެނުމަށް ރަނގަޅެވެ. ފިރިމީހާ ރަމްލާ ގޮވައިގެން ނުދިޔައީތީ އެކަމާ ހިތާމަކުރަނީ ދޯއެވެ.]

[ނޫނެކެވެ....] ރަމްލާ އަވަހަށް ބުންޏެވެ. [މުޢާޒު އުޅުނީ އަހަރެން ގޮވައިގެން ދާންވެގެންނެވެ. ޓިކެޓްވެސް ގެނައެވެ.] ރަމްލާ ބުންޏެވެ.

[ދެން ނުދިޔައީ ކީއްވެގެން ހެއްޔެވެ؟]

[އަހަންނަށް ހަމަ މަޢޫޒު ދޫކޮށްލާފައި ދާން ނުކެރުނީއެވެ.] ރަމްލާ ކުއްލިއަކަށް ވާހަކަ ހަދާލިއެވެ.

[އެއީ ކޮންކަމެއް ހެއްޔެވެ.... ރަމްލާގެ މައިދައިތަ ކިހާ ރަނގަޅު ހެއްޔެވެ. ޙަޤީޤީ މަންމަވެސް އެހާހެވެއް ނުވާނެއެވެ. ރަމްލާއަކީ މޮޔައެކެވެ. މައިދައިތައާއި ދަރިފުޅު ޙަވާލުކޮށްފައި ދިރިނަމަ.... އަހަންނަށް ހީވަނީ ރަމްލާ މުޢާޒާއެކު ދާހިތްނުވަނީ ހެންނެވެ.]

ރަމްލާގެ ހިތް ވިންދު ޖަހައިގަތެވެ.

[އާއެކެވެ. އެކަމަކު އެއީ ރަމްލާގެ ކުށެއްނޫނެވެ. ރަމްލާގެ މަޤާމުގައި އަހަރެން ހުރިނަމަވެސް މުޢާޒުއާ އެކުގައި ނުދިޔައިމުހެވެ. އަންހެނަކަށް ތިމާގެ ހިތްނުރުހޭ ފިރިއަކާއެކު ހިތްހަމަޖެހިގެން ދަތުރަކަށް އެރޭނީ ކިހިނެތް ހެއްޔެވެ....؟]

ރަމްލާގެ ހިތްކުރިޔަށްވުރެވެސް ބާރަށް ތެޅިގަތެވެ..... އޭނާ މޯޅިވެފައިވާ އަޑަކުން ބުންޏެވެ.

[ޖައްޔިދާއެވެ! އަހަރެން ފިރިމީހާއާމެދު ހިތްހަމަނުޖެހޭ ވާހަކަބުނީ ކާކު ހެއްޔެވެ؟]

[ރަމްލާއެވެ.....!]

ޖައްޔިދާ ފަސޭހަކަމާއެކު ބުންޏެވެ.... ދެން ބާރަށް ހީނގަތެވެ. އަދި އެތައް އިރެއް ވަންދެން ހުނެވެ. ރަމްލާ ޙައިރާން ކަމާއެކު އޭނާގެ މޫނަށް ބަލަހައްޓައިގެން އިނެވެ.

ޖައްޔިދާ ތެދުވެ އިށީދެއްޖެއެވެ. އަދި ބުންޏެވެ. ރަމްލާ ހީކުރަނީ އަހަރެމެން މިދުނިޔޭގައި ނޫޅެނީކަމަށް ހެއްޔެވެ. ލޯ ނުހުޅުވަނީ ކަމަށް ހެއްޔެވެ. ނުވިސްނަނީ ކަމުގައި ހެއްޔެވެ.]

ރަމްލާ ހިކި ތުންފަތުގައި ދޫކާއްތާލިއެވެ.

ޖައްޔިދާ ޙައިރާން ކަމާއެކު ކޮޅަށް ތެދުވެއްޖެއެވެ. ދެން ކޮޓަރި ތެރޭގައި އެނބުރެން ފަށައިފިއެވެ.... ފޮތެއް ހުޅުވާލައިފިއެވެ.... ވަތްގަނޑެއްގައި ހިފާ ތަޅުވާލައިފިއެވެ..... ދެން އަނެއްކާވެސް ރަމްލާގެ ގާތަށް އައިސް އިށީނދެފައި ބުންޏެވެ.

[ރަމްލާއެވެ. މީހަކު ދެކެ ލޯބިވީ ހެއްޔެވެ؟]

ރަމްލާ ބޯމައްޗަށް އައިސް ބޮމެއް ގޮވި ކަހަލައެވެ..... އޭނާ ސިހިގެން ދިޔައެވެ. މޫނު މަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އަތްފައި ފިނިވެގެން ދިޔައެވެ. އޭނާ ވަރަށްމަޑުން އެހެނަސް ޒީލަގޮތަކަށް ބުންޏެވެ.

[ތިޔަ ދައްކަނީ ކޮންކަހަލަ ވާހަކަތަކެއް ހެއްޔެވެ؟]

[މޮޔަޔާއެވެ. ރަމްލާގެ މިސިފައަކީ ޢާޝިޤެއްގެ ސިފައެވެ. ނިކަން ދެކެބަލާށެވެ. ތިޔަ އިނީ ދެމިޔަކަނުން ހަނދު އޮއްސިފައެވެ. ލޯ ވީރާނާވެފައެވެ. ގައިގެ ކުލަ ރީނދޫކުލައަށް ބަދަލުވެފައެވެ. މޫނު މަތީގައިވާ ކޮންމެ ނިޝާނެއް ބުނަނީ ރަމްލާ ޢިޝްޤުގައި ހައްޔަރުވެފައިވާ ކަމުގައެވެ. ތިޔަ އިންނަނީ ފިކުރުބޮޑުވެފައި ދުވާލު ހަތަރުދަމު ކޮޓަރި ތެރޭގައެވެ. އެއްވެސް އެއްޗަކާމެދު ހިތެއް ޤަބޫލެއްނުވެއެވެ. އަމިއްލަ ނަފްސަށް ކެހިދޭންވެގެން ތިޔައުޅެނީ ކީއްވެގެން ހެއްޔެވެ؟]

ރަމްލާ ކަކޫމަތީގައި ބޯއަޅާލިއެވެ. ޖައްޔިދާއަށް މިހުރިހާކަމެއް އެނގޭއިރު އެހެން މީހުންނަށް ނޭނގެނީ ކީއްވެގެން ހެއްޔެވެ..... މިހާލު އޭނާއަށް ޖެހުނީ ފިރިމީހާ ފުރައިގެން ދިއުމުންނޭ ބުނެވޭނެނަމަ ކޮންފަދަ ހެއްޔެވެ.... އޭނާއަށް މުޢާޒުއާ އެކުގައި ދެވުނުނަމަ ކޮންފަދަ ހެއްޔެވެ. އޭރުން މިބޭޒާރެއް ނުވީސްކަން ނޭގެއެވެ.

ޖައްޔިދާ އެނބުރިލާފައި ރަމްލާގެ ގާތުގައި އެނދުގައި އިށީދެއްޖެއެވެ. އަދި ބުންޏެވެ.

[އަހަރެން ހަމަސަމާސާ ކޮށްލީއެވެ. ކޮންމެވެސް ދިމާއަކަށް ހިނގާލަން ދާން ތައްޔާރުވެލާށެވެ. އަހަރެން މަގުމަތިން ދަނިކޮށް މިގޭގެ ނޯކަރަކާއި ދިމާވެގެން ރަމްލާ އައި ވާހަކަބުނުމުން މިވަނީއެވެ. މަންމައާ ބައްދަލުވެ ވާހަކަ ދައްކާލުމުން ރަމްލާ މިކޮޅަށް އައިތާ އެއްހަފްތާވެއްޖެ ކަމުގައި ބުނުއްވިއެވެ. އެކަމަކު ރަމްލާއަށް ހަމަސާބަހެވެ. އެއް ހަފްތާވީއިރު އަހަރެމެންނަށް އަންގާވެސް ނުލީމުއެވެ. އަހަރެމެންނަކީ ހަމަ އެހާނުބައި ބަޔަކީ ހެއްޔެވެ؟ ތިޔަކުރި ކަންތަކުގެ ބަދަލުގައި އަހަރެމެން ރަމްލާއަށް އަދަބު ދޭބަނަމެވެ. އަދި މިއަދު އަހަރެމެންނާ އެކުގައި ފިލްމު ބަލަން ސިނަމާއަށް ގެންދާނަމެވެ.]

]ނޫނެކެވެ. ޖައްޔިދާއެވެ.] ރަމްލާ އިސްއުފުލާލާފައި ބަލާލިއެވެ. [އަހަރެން ނުދާނަމެވެ....]

[ނުދާނީ ކީއްވެގެން ހެއްޔެވެ؟] ޖައްޔިދާ ބުންޏެވެ. [ނުދާންވީ ސަބަބަކީ ކޮބައި ހެއްޔެވެ؟]

[ދަރިފުޅު ކުޑަކަމުންނެވެ.]

[ކުޑަކުދިން ގެންގުޅޭ އެއްވެސް މަޔަކު އުފާނުކުރަނީ ހެއްޔެވެ؟]

[އަހަރެން ބުރުޖަހަންގޮސް އުޅޭހިތެއް ނުވެއެވެ. ދުނިޔޭގައި ކުދިންނަށްވުރެ ވަކި އަގުހުރި އެއްޗެއް ނުވެއެވެ.]

[ދެން އެންމެ ރަނގަޅެވެ. މާބޮޑަށް ހަރުގޮތް ދައްކާނެކަމެއް ނެތެވެ.] ޖައްޔިދާ ބުންޏެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން