މާލޭގައި ހިންގާ ކެފޭ އެއް
މާލޭގައި ހިންގާ ކެފޭ އެއް
މާލެ ސަރަހައްދުގެ ކެފޭ ރެސްޓޯރަންޓު ތަކުގައި ރޭގަނޑު 8:00 ގެ ފަހުން ކެއުންބުއިމުގެ ޚިދުމަތް ދިނުން އެޗުޕީއޭ އިން މަނާކޮށްފި އެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނެރުއްވި އެންގުމުގައި ވަނީ، މާލެ ސަރަޙައްދުގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރަންޓް ފަދަ، އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތް ދޭ އެންމެހައި ތަންތަނުން، ޓޭކް އަވޭއާއި ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެނިހެން ޚިދުމަތް ދިނުން ރޭގަނޑު 8:00 އިން ފެށިގެން ހުއްޓައިލުމަށް އަންގާފައެވެ.

އަދި ޓޭކް އަވޭއާއި ޑެލިވަރީގެ ޚިދުމަތްތައް ވެސް ރޭގަނޑު 10:30 އިން ފެށިގެން ހުއްޓައިލުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

އެޗްޕީއޭ އިން ބުނެފައިވަނީ މި ފިޔަވަޅުތައް އަޅާފައިވަނީ ފެބުރުވަރީ 27 ވަނަ ދުވަހުންފެށިގެން، 7 ދުވަހުގެ މުއްދަތަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން