54 ވަނަ ބައި
..................
[ޖައްޔިދާއެވެ. ރީތި ދިގު އިސްތަށިގަނޑު ލިބިފައިވާމީހުން އެމީހުންގެ އެ އިސްތަށިގަނޑު ވަޔަށް ދޫކޮށްލާފައި އެބާއްވަނީ ކީއްވެގެން ހެއްޔެވެ؟]
[އަޅުގަނޑަކަށް ނޭނގެއެވެ....] ޖައްޔިދާ ހީނލާފައި ބުންޏެވެ. [އެއްވެސްދުވަސް ވަރެއްގައި އަޅުގަނޑުގެ އިސްތަށިގަނޑަކީ ދިގު އިސްތަށިގަނޑެއް ނޫނެވެ. ވީއިރު އަޅުގަނޑަށް އެނގޭނީ ކިހިނެތްތޯއެވެ؟]
[އެއީ އެމީހުންގެ ފަހަތުން އެއިސްތަށިގަޑަށް ދަހިލަވައިގެންއުޅޭ މީހުންގެ ލޯތައް ހުޅުވުނު ނުދިނުމަށްޓަކައެވެ.] ރަމްލާގެ ހިތް ތެޅިގަތެވެ. އޭނާގެ އިސްތަށިގަނޑު ވަރަށް ރީތި ކަމުގައި އޭނާއަށް އިޙްސާސް ކުރެވުނެވެ. އަދި އޭނާގެ ފުރަގަހުން އެ އިސްތަށިގަނޑު ދުށް ކޮންމެ މީހަކު ކުރިމައްޗަށް އަރާފައި މޫނަށް ބަލާނެކަން ގައިމެވެ.....
[އަދި އެހެން ޚާއްޞަކަމެއް އެމީހުންގެ ކިބައިގައިވެއެވެ.]
ޔާދިރު އަނެއްކާވެސް ބުންޏެވެ. [ރަމްލާއެވެ. މިއަދު ޙަމަލާ އެއަންނަނީ ރަމްލާއާ ދިމާއަށެވެ.] ޖައްޔިދާ އެއްލޯ މަރާލަމުން ބުންޏެވެ.
ރަމްލާ ހަމައެކަނި ހިނިތުންވެލިއެވެ.
[ދިގު އިސްތަށިގަނޑުގެ ވެރިން ތިމާމެންގެ ޖަޒުބާތުތައް ފޮރުވާފައި ބަހައްޓައެވެ. އެޖަޒްބާތުތައް ފޮރުވާފައި ބަހައްޓަނީވެސް އިސްތަށިގަނޑުގެ ތެރޭގައެވެ.
މިފަހަރު ރަމްލާ ހީނލިއެވެ.
[ޔާދިރުއެވެ....] ޖައްޔިދާ އުފާވެލާފައި ބުންޏެވެ. [ދެން ކުރު އިސްތަށިގަނޑުގެ ވެރިންނާއި، ބެހޭގޮތުން އެއްޗެއް ބުނުއްވަ ބައްލަވާށެވެ.
އެއާއެކު ތިންމީހުން ހީނގަތެވެ.
ރަމްލާ ހާސްވެފައި އިނެވެ.... ވަރަށްގިނަ ދުވަސްތަކެއް ހިތްހަމަ ޖެހުމާއެކު ވޭތުވެގެން ހިނގައްޖެއެވެ. އޭނާ ގޭގާވެސް އުޅެނީ ވަރަށް ހިތްހަމަ ޖެހިގެންނެވެ. އަދި މަންމަގެ ގޭގައިވެސް އުޅެނީ ވަރަށް އުފަލާ އެކުގައެވެ. އޭނާއަށް ހީވަނީ ކުޑަދުވަސްކޮޅަކަށްޓަކާ ގައިދު ޚާނާއިން ސަލާމަތްވެގެން އުޅެވެނީ ކަމުގައެވެ. އަނެއްކޮޅުން ހަމަ އެ ގައިދުޚާނާއަށް އަނބުރާ ދާން ޖެހޭނެކަން އޭނާއަށް އެނގެއެވެ. އެހެންކަމުން އޭނާ ބޭނުންވަނީ މިދުވަސްކޮޅު މަޖާ ކޮށްލުމަށެވެ. ހަމައެކަނި ހުނުމާ މަޖާ ކުރުންފިޔަވާ އޭނާގެ އެހެން އެއްވެސް މަޤްޞަދެއްނެތެވެ. އެކަމަކު ޠޫބާ ދައްތައަށް ދެކި ބަލާށެވެ. އޭނާ އިލްޒާމުގެ ލަޓިގަނޑުން ރަމްލާގެ ބޮލުގައި ޖެހީއެވެ. އޭނާކުރީ ކޮންނުބައިކަމެއް ހެއްޔެވެ. އޭނާ މިކޮޅަށް އަންނަނީ ހަފްތާއެކު އެއްދުވަހުއެވެ. އޭނާ މަޖަލުގައި ހޭދަކޮށްލަނީ އެންމެ ހަވީރެކެވެ. އެހަވީރުގެ މަސްތުކަން އެއްހަފްތާ ވަންދެން އޭނާގެ ނާރު ތަކުގައި ހަރުލާފައި ހުރެއެވެ.
މިރޭ ޖައްޔިދާ އެބުނީ ކިހާ އަޖައިބު ވާހަކައެއް ހެއްޔެވެ.
އެމީހުން މިރޭ ކާންދިޔައީ ރެސްޓޯރެންޓަކަށެވެ. އެންމެފަހު ކޯވަރާ އެކުގައި ޖައްޔިދާ ބުންޏެވެ.
[ޔާދިރު ބިލް އަދާކުރައްވާފައި ރަމްލާ ގޮވައިގެން ދުރުވާށެވެ. އަޅުގަނޑު ކުރިންގޮސް ކާރު އިސްޓާޓު ކުރެވޭތޯ ބަލާނަމެވެ. މިރޭ ކާރުކޮށްޕަން ނުޖެހޭނެ ކަމެއްވެސް ނޭގެއެވެ.]
ޖައްޔިދާ ބޭރަށް އަތުވެއްޖެއެވެ. ކުޑަ އިރުކޮޅަކަށްފަހު އެދެމީހުން ބިލް އަދާކޮށްފައި ބޭރަށްނުކުތެވެ. ޖައްޔިދާ ކާރު އިސްޓާޓްކޮށްގެން އެމީހުންގެ އިންތިޒާރުގައި އިނެވެ. ޔާދިރު ފުރަތަމަ ހޮޓަލްގެ ދޮރު ހުޅުވިއެވެ. އަދި ރަމްލާ ނުކުތެވެ. ދެން ދެމީހުން ކާރާހަމައަށް އަތުވެއްޖެއެވެ. މިފަހަރުވެސް ޔާދިރު ދޮރުފަތް ހުޅުވާލުމާއެކު ރަމްލާއަރާ އިށީނދެއްޖެއެވެ. ދެން އޭނާ ފަހަތު ދޮރުފަތް ހުޅުވާލާފައި އަރާ އިށީނދެއްޖެއެވެ.
ޖައްޔިދާ ކާރު ދުއްވާލަމުން ހީނލާފައި ބުންޏެވެ.
[ކަލޭމެން ދެމީހުން ހާދަގުޅެއެވެ.]
ރަމްލާގެ ހަށިގަނޑުގައިވާ ހުރިހާ ލެއެއް މޫނު މައްޗަށް ޖަމާވެއްޖެއެވެ.
ކާރު ދުވަމުން ދިޔައެވެ. ޖައްޔިދާ ހިނިތުންވޭވެ އިނެވެ.... ދެން ހަމަ އެރާގުގައި ޖައްޔިދާ ބުންޏެވެ.
[ކަލޭމެން ދެމީހުން ހޮޓަލުގެ ދޮރު ހުޅުވާލާފައި އައިއިރު ވަރަށް ގުޅޭގޮތެއް ހުއްޓެވެ. އެކަކު އަނެކަކަށްޓަކާ ދުނިޔެއަށް އައިސްގެން އުޅޭ ކަހަލަ ގޮތަކަށެވެ.]
ރަމްލާ ތެޅިގެންފައި ފުރަތަމަ ޖައްޔިދާގެ މޫނަށް ބަލާލިއެވެ. ދެން އެނބުރިލާފައި ޔާދިރަށް ބަލާލިއެވެ.
ޖައްޔިދާގެ މޫނުމަތީގައި އެއްވެސް ކަހަލަ ތަފާތެއްނެތެވެ. އެމޫނު މަތީގައިވަނީ ހިނިތުންވުމެކެވެ. ލިޕްސްޓިކުން ވިދާފައިވާ މޫނެކެވެ..... ޔާދިރު ހީވަނީ ސުއްޓާގެ ދުންތަކާއެކު ރަމްލާ ދިރުވާލަފާނެ ހެންނެވެ.
ބިރުވެރި ހިމޭންކަމެއް ރަމްލާގެ ގަޔަށް ވިހަލިއެވެ. އޭނާ ހިތްވަރު ކޮށްލާފައި ބުންޏެވެ.
[ޖައްޔިދާއެވެ! ބައެއް ފަހަރަށް އަހަންނަށް ހީވަނީ ކަލޭމެން ދެމީހުންގެ ސިކުނޑި ހަމަނޫން ހެންނެވެ.] ޖައްޔިދާ ހަމައެގޮތަށް ހިނިތުންވެފައި ކުރިމައްޗަށް ބަލަހައްޓައިގެން އިނެވެ. އެކަމަކު ޔާދިރު ބާރަށް ހީނގަތެވެ.]
[ބުނެބަލާށެވެ.] ޖައްޔިދާ ބުންޏެވެ. ]އަހަރެން މިބުނީ ދޮގެއް ހެއްޔެވެ؟]
[ކަހޭ ތިޔަދައްކަނީ ރަނގަޅު ވާހަކައެއް ނޫނެވެ.....]
ރަމްލާ މަޑުމަޑުން ބުންޏެވެ.
[ކަލޭމެން ދެމީހުން ހިނގާފައި އައިގޮތުން އަހަރެން އިނީ ޙައިރާންވެފައެވެ. އެހެން މީހުންނަށް އެމަންޒަރު ފެނުނަސް ހަމައެގޮތަށް ވިސްނާނެކަން ނޭގެއެވެ.]
[އެމީހުން އެގޮތަށް ވިސްނުމުން ވާނީކޮންކަމެއް ހެއްޔެވެ؟] ރަމްލާ ބުންޏެވެ.
[ފަރަގު އެބަހުއްޓެވެ. އަހަންނަށް ފެނުމުން ވަގުތުން މިބުނީ ނޫން ހެއްޔެވެ؟]
[އެހެން މީހަކަށް އެކަމަކުން އަސަރެއްކުރާ ފާޑުގެ ވާހަކައެއް ދެއްކުމަކީ ރަނގަޅު ކަމެއް ނޫނެވެ.]
ރަމްލާ ބުންޏެވެ. އެއާއެކު ޖައްޔިދާ އެނބުރިލާފައި ފުރަތަމަ ފަހަރު ރަމްލާގެ މޫނަށް ބަލާލިއެވެ. ރަމްލާގެ މޫނުމަތީގައި ހުރީ ވޭނީ އަސަރުތަކެކެވެ.
[އެކަމުން ކަލެއަށް އަސަރުކުރީ ހެއްޔެވެ؟]
ޖައްޔިދާ ބުންޏެވެ. އަދި ހަމަ އެރާގުގައި އަނެއްކާވެސް ބުންޏެވެ. [ޔާދިރަކީ އެހާނުބައި މީހެއްނޫނެވެ.]
[ތިޔަވާހަކަ ނުބައެއްވެސްނޫނެވެ. ރަނގަޅެއްވެސް ނޫނެވެ.] ރަމްލާ ބުންޏެވެ. [ދުނިޔޭގައިވާ އެހެން މީހުންނަކީ ކަލޭ ކަހަލަ ތަނަވަސް ޚިޔާލު ގެންގުޅޭ ބައެއްނޫނެވެ.]
ޔާދިރުއެވެ. އެއްޗެއް ނުބުނުއްވާ ތިޔައިންނެވީ ކީއްވެގެންތޯއެވެ؟]
ޖައްޔިދާ ލޯގަނޑުން ޔާދިރުގެ މޫނަށް ބަލާލަމުން ބުންޏެވެ.
ޔާދިރުވެސް މިވާހަކައާ ބެހޭގޮތުން އެއްޗެއް ބުނުއްވަ ބައްލަވާށެވެ.]
[މި ޙަފްލާގައި ރަނގަޅުވާނީ އަހަރެން އެއްޗެއް ނުބުނިއްޔާއެވެ. ރީތި މޮޔަ ދެއަންހެން ކުދިން އަހަންނާ ބެހޭގޮތުން ވާހަކަދައްކާއިރު އަހަރެން މިއިންނަނީ އެކަމުން އުފާ ލިބިލިބިއެވެ. ތިމާއާއި ބެހޭގޮތުން ބަޙުޘްކުރެވޭ ހިނދު އުފާ ނުކުރާނީ ކާކު ހެއްޔެވެ. އަހަރެން އެއްޗެކޭ ބުނަންވީ ކީއްކުރަން ހެއްޔެވެ. ހިމޭނުން އަޑުއަހަން ނުއިނަންވީ ކީއްވެގެން ހެއްޔެވެ؟]
މިހިސާބުން ވާހަކައިގެ މައުޟޫޢު ބަދަލުވެއްޖެއެވެ.....
އެދުވަހު ތޫބާ ދައްތަގެ އަޑުލުމުން ރަމްލާ ގަސްތުކުރީ އޭނާއާއި ތަންކޮޅެއް ދުރުގައި އުޅުމަށެވެ. އެހެންކަމުން އޭނާ މަންމަގެ ގެއަށް ނުދާތާ ދެތިން ހަފްތާއެއް ވެއްޖެއެވެ. އަމިއްލަ ގޭގައި އިނީއެވެ. އަމިއްލަ ދަރިފުޅު ބަލަން އިނީއެވެ. ރޭގައި މަންމަފޯނުކޮށްފައި އައިސްދިނުމަށް އެދުނެވެ. މިހާރު މަންމަގެ ޙާލުވެސް ރަނގަޅު ނޫނީއެވެ. މަންމަ ހިނގާބިނގާވެ އުޅެއެވެ. ގޭތެރޭގެ ކަންތައްކޮއްލާ އުޅެއެވެ. ތަނެއްގައި އިންނައިރު އިންނަނީވެސް ކޮންމެވެސް އެއްދިމާއަކަށް ބަލަހައްޓައިގެން ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. އެހެން ނަމަވެސް ރަމްލާ އަތުވެއްޖިއްޔާ އުފާވެރިކަމުގެ އަސަރުތައް މަންމަގެ މޫނުމަތިން ފެންނަން ފަށައެވެ.... މިއަދު ފުރިހަމަ ތިން ހަފްތާއަށްފަހު އޭނާ މަންމަގެ ގެއަށް އައީއެވެ.
ހެދުނު ހެނދުނާ އޭނާ މަޢޫޒުގެ ކަންތަކުގައި އެނބުރި އެނބުރި ހުއްޓެވެ. މިހާރު އޭނާއޮތީ ބުއްފުޅި ބުއިމަށްފަހު ނިދާފައެވެ. ރަމްލާ އެއްޗެތި ދޮންނަން ތައްޔާރުވަމުން ދަނިކޮށް ކުއްލިއަކަށް ޖައްޔިދާ އައިސް ވަދެއްޖެއެވެ.
[ވޭތުވެދިޔަ ތިން ހަފްތާގެ ތެރޭގައިނައީ ކީއްވެގެން ހެއްޔެވެ؟] އޭނާ ސުވާލުކުރަން ފެށިއެވެ.
ރަމްލާ ދެލޯ ބޮޑުކޮށްގެން ހުރެފައި ބުންޏެވެ. [މައިދައިތަ ކުޑަކޮށް ބަލިވެއުޅޭތީ ނާދެވުނީއެވެ. މަޢޫޒުވެސް ދަތް ނިކުންނާތީ މިހާރު މާކަރަނގަޅެއް ނޫނެވެ.]
[ފޯނު ކޮށްލިނަމަ ވީގޮތެއް އެނގުނީސް ނޫން ހެއްޔެވެ؟]
[ފޯނުވެސް ކޮށްނުލެވެނީއެވެ.....]
[ވޭތުވެދިޔަ ހަފްތާގައި އަހަރެމެން ރަމްލާއަށް ވަރަށް އިންތިޒާރު ކުރީމެވެ.]
[އަހަރެން ދިޔައީ ޠޫބާ ދައްތަގެ ގެއަށެވެ. އެދުވަހު ދައްތަ ރުޅިއައިސްގެން ދިޔައީތީ އޭނާ ރުއްސަން އަހަރެން ގޮސްލީއެވެ.]
[މިއަދު މާ ހެނދުނަކާ ތިޔައައީ ކީއްކުރަން ހެއްޔެވެ؟....] ރަމްލާ ސުވާލުކުރިއެވެ.
[ރަމްލާ މިކޮޅަށް އައި ޚަބަރު ހަމަރޭގައި އަހަންނަށް ލިބިއްޖެއެވެ.... ޔާދިރު މިހާރުވީ އޮފީހުގައެވެ. އެހެންވެ އަހަރެން މިކޮޅަށް އައީއެވެ. މިއަދު ރަމްލާ ގާތުގައި ރަނގަޅަށް އަނގަތަޅަން އިނދެވިދާނެއެވެ.]
[ތިޔަހެދީ ހަމަ ރަނގަޅަށެވެ.....] ރަމްލާ މަޢޫޒުގެ ހެދުންތައް އެތަން މިތަނުން ނަގާ އެއްކުރަމުން ބުންޏެވެ. ]އަހަރެން ދޮންނަމީހާގެ އަތަށް މިއެއްޗެހި ދީފައި އެބަ އަންނަމެވެ. ކުރިން އަހަރެން އުޅުނީ އަމިއްލައަށް ދޮންނަން ކަމަށެވެ. އެކަމަކު ދެން މިކަމެއް ނުކުރެވޭނެއެވެ. ވާހަކަ ދައްކަން އިންނާނީއެވެ.]
ރަމްލާ ހެދުންތައް ދީފައި އަތުވެއްޖެއެވެ. އޭނާއައީ ދެތަށި ސައިވެސް ހިފައިގެންނެވެ. އޭނާ އެއްތަށި ޖައްޔިދާއަށް ދީފައި ކުރިމަތީގައި ހުރި ސޯފާގައި އިށީދެއްޖެއެވެ.
[ފިރިމަނިކުފާނު ދުރުވަނީ ކޮންއިރަކުން ހެއްޔެވެ.]
[އަހަންނަކީ ތާރީޚް ޢިލްމު ކިޔަވައިގެންހުރި މީހެއްނޫނެވެ. އެކަމަކު ޖެހިގެން އަންނަ މަހާހަމައަށް ދުވަސް ހަމަވާނެކަން އެނގެއެވެ.]
[ރަމްލާ ސިޓީއެއް ނުފޮނުވަމު ހެއްޔެވެ؟]
[ދެސިޓީއެއްވަރު ފޮނުވީމެވެ. އެކަމަކު އޭނާ ކޮންމެ ހަފުތާއަކު ފޯނުކުރެއެވެ.]
[އެޚަރަދުކުރަނީ ވަރަށްގިނަ ފައިސާއެވެ. އެންމެ ކޯލަކަށް އަރާވަރު އެނގޭ ހެއްޔެވެ؟
[އަހަރެން އެންމެ ފަހަރަކުވެސް އޭނާގާތުގައި ލާރި ޚަރަދުކުރާށެކޭ ނުބުނަމެވެ.]
[ގޮތްކުޑަ އަންބަކު މާބޮޑަށް ރީތިވެއްޖިއްޔާ ފިރިމީހާ ވަރަށް ކަންބޮޑު ވާނެއެވެ. ރަމްލާގެ މަގާމުގައި، އަހަރެން ހުރިނަމަވެސް ސާފުބަހުން ތިޔަ ފައިސާ ތިޔަގޮތަށް ޚަރަދުނުކޮށް އެފައިސާކޮޅު އިތުރުކޮށްގެން ކޮންމެވެސް އެއްޗެއް ގެނެގެން ގެނެސްދޭށޭ ބުނީމުހެވެ؟]
ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު