ދީޝާ ޕަޓާނީ އަދި ޓައިގަރ ޝްރޮފް ރާއްޖެއައުމަށް މުމްބާއީގެ އެއަރޕޯޓުގައި.
ދީޝާ ޕަޓާނީ އަދި ޓައިގަރ ޝްރޮފް ރާއްޖެއައުމަށް މުމްބާއީގެ އެއަރޕޯޓުގައި.
އިންޑިއާގެ މުމްބާއީ ފުރަބަންދު ކުރުމާއެކު އިންޑިއާގެ މަޝްހޫރު ފިލްމީތަރިން ކަމަށްވާ ދީޝާ ޕަޓާނީ އަދި ޓައިގަރ ޝްރޮފް ރާއްޖެއަށް އައިސް ޗުއްޓީ ހޭދަކުރަން ފަށައިފިއެވެ.

އިންޑިޔާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުންނަމަ ޓައިގަރ ޝްރޮފް އަދި އޭނާގެ ލޯބިވެރިޔާ ދީޝާ ޕަޓާނީ، ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މިގޮތުން ދީޝާ ޕަޓާނީ އިއްޔެ އިންސްޓަގްރާމްގައި އާންމު ކޮށްފައިވާ ފޮޓޯ ތަކާއި ވީޑިޔޯ ތަކުންވެސް މިދެތަރިން މިދިޔަ އާއްދީތަ ދުވަހު ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން ދާކަން އެނގިގެންދެއެވެ.

ކޮވިޑުގެ ލޮކްޑައުންނަށްފަހު ދިވެހިރާއްޖޭގެ ބޯޑަރުތައް ހުޅުވުމުން، ބޭރުގެ މަޝްހޫރު ގިނަ ފަންނާނުންތަކެއް ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުންދާއިރު އިންޑިޔާގެ ބޮލީވުޑްގެ ގިނަ ފަންނާނުންތަކެއް ވަނީ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ތަކުރާރުކޮށް ރާއްޖެއައިސް ޗުއްޓީ ހޭދަކޮށްފައެވެ. މިގޮތުން ޓައިގަރ ޝްރޮފް އަދި ދީޝާ ޕަޓާނީވެސް ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުވެސް ދިވެހި ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ. މީގެއިތުރުން އިންޑިއާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުވެސް މެއެވެ.

ކޮވިޑާއި ގުޅިގެން އިންޑިއާގެ މުމްބާއީ ފުރަބަންދު ކުރުމާއިއެކު ދީޝާ ޕަޓާނީ އަދި ޓައިގަރ ޝްރޮފްގެ އިތުރުން އިންޑިޔާގެ މަޝްހޫރު ފިލްމީތަރިންގެ ތެރެއިން ސާރާ އަލީ ޚާން، ޓާޕްސީ ޕަންނޫ، ޖާންވީ ކަޕޫރް، ދީޕިކާ ޕަޑޫކޯން، ރަންވީރް ސިންގ އަދި ރިތޭޝް ދޭޝްމުކް ވެސް ވަނީ މުމްބާއީ ދޫކޮށް ޗުއްޓީ ހޭދަކޮށްލުމަށް އިހުތިޔާރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން