ދިވެހި ގިނަ ފިރިހެނުންގެ މެދުގައި އެންމެ މަގްބޫލު އަދި ރާއްޖޭގައި މިވަގުތު ހުރި އެންމެ މަޝްހޫރު މޮޑެލްއަކީ ކައިޒީން ކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ. ޓީވީއެމްގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަމުން ކައިޒީން ބުނީ އޭނާ މިހާރު ބޭނުންވަނީ އަންހެނުން ބާރުވެރިކުރުވުމަށް ސިޔާސީ ދާއިރާއަށް ނުކުންނަން ކަމަށެވެ. ކައި ބުނީ މޮޑެލް ދާއިރާއިން ކުރިއަށް ދިޔުމަށް ދެން ގަސްތު ނުކުރާ ކަމަށެވެ.

"އެބަހުރި ޕްރޮޖެކެޓް ތަކާއި އެއްޗެހި ވެސް، ކައި މިހާރު އެހާ ބޮޑަކަށް ގަސްތެއް ނުކުރަން މި ފީލްޑުން ކުރިއަށް ދާކަށް، ބޮޑަށް މިކަން ކުރަން ބޭނުންވާ ކުދިންނަށް ބޭނުންވަނީ ފުރުސަތު ދޭން." ޓީވީއެމްގައި ވާހަކަ ދައްކަމުން ކައި ބުނެފައިވެއެވެ.

ސިޔާސީ ދާއިރާއިން އެންމެ މަގުބޫލް ޝަހުޝިއްޔަތަކީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ކަމަށާއި، ޑޭޓަކަށް ދާން ބޭނުންވަނީ ރައީސްގެ ދެ ކަނބަލުންނާ އެކު ކަމަށް ކައި ބުންޏެވެ. ޒަވާޖީ ހަޔާތާއި ބެހޭގޮތުން ސުވާލުކުރުމުން ކައި ބުނީ އޭނާ އުޅެނީ ވަރަށް ސީރިއަސް ރިލޭޝަންޝިޕެއްގައި ކަމަށެވެ. ކައި ބުނީ ލަވައަކުން ނުވަތަ ފިލްމަކުން ފެނިދާނެ ކަމަށެވެ.

ކައި އަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ މަޝްހޫރް މޮޑެލްއެވެ. ކައިގެ އިންސްޓަގްރާމްގައި ވެސް އެއްލައްކައަށްވުރެ ގިނަ ފޮލޯވަރުން ތިބިއިރު ކައި ކުރާ ކޮންމެ ޕޯސްޓަކީ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ވައިރަލް ވެގެންދާ ޕޯސްޓްތަކެއް ކަން ފާހަގަކޮށްލެވެއެވެ. މިހާރު އެންމެ މަޝްހޫރު އެޕް، ޓިކްޓޮކްގައިވެސް ކައިޒީންގެ 21 ހާހަށްވުރެ ގިނަ ފޮލޯވާސް ތިބެއެވެ. ކައިޒީންއަކީ އެތައް ތަނެއްގެ ބްރޭންޑް އެބަސެޑަރެއް ވެސް މެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން