ރޭގެ މެޗުގައި އިޓަލީގެ ކީޕަރ ޕެނަލްޓީ މަތަކުރަނީ
ރޭގެ މެޗުގައި އިޓަލީގެ ކީޕަރ ޕެނަލްޓީ މަތަކުރަނީ
ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ސްޕެއިން ބަލިކޮށް 9 އަހަރަށް ފަހު އިޓަލީން ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފިއެވެ.

ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު އިޓަލީން ކާމިޔާބު ކުރީ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ނަތީޖާ ހަމަހަމަވުމުން ޕެނަލްޓީ ޖަހައިގެން 4-2 ގެ ނަތީޖާ އަކުންނެވެ.

މެޗުގައި އިޓަލީ އަށް ލީޑުނަގައިދިން ގޯލު ޖެހީ 60 ވަނަ މިނިޓްގައި ފެޑެރީކޯ ކިއޭސާ އެވެ. ސްޕެއިނަށް އެއްވަރުކޮށްދިން ގޯލު ޖެހީ 80 ވަނަ މިނެޓުގައި އަލްވާރޯ މޮރާޓާ އެވެ. ޕެނަލްޓީގައި އިޓަލީ އަށް ކުރި ލިބުނީ ސްޕެއިންގެ މޮރާޓާ ޖެހި ޕެނަލްޓީ އިޓަލީގެ ކީޕަރު ޑޮންނަރުންމާ މަތަކުރުމަށް ފަހު، އިޓަލީގެ ޖޯޖީނިއޯ ގެ ޕެނަލްޓި ކާމިޔާބު ކުރުމުންނެވެ.

މި މެޗުން މޮޅުވެ، އިޓަލީން ވަނީ އެ ޓީމުން ދަމަހައްޓަމުން އައި ބަލިނުވުމުގެ ރެކޯޑް ދަމަހައޓާފައެވެ. އިޓަލީ އެންމެ ފަހުން ކުޅުނު 33 މެޗުން ވެސް ބަލިވެފައިނުވެ އެވެ. މި ފަަހަރުގެ ފައިނަލުގައި އިޓަލީ ކުޅޭނީ މިރޭ ދެ ވަނަ ސެމީ ފައިނަލްގައި ޑެންމާކާއި އިންގްލެންޑް ކުޅެގެން މޮޅުވާ ޓީމަކާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން