24 ވަނަ ބައި
................
"ރަނގަޅު ކުއްޖަކަށްދޯ؟" އަމީނު ބޯކަހާލިއެވެ. އުއްމީދެއްނެތޭ ބުނާފަދަ ގޮތަކަށެވެ.
ތޮއްޔިބުގެ މޯބައިލް ރިންގްވާން ފެށީ އެވަގުތުއެވެ. ޖަވާބުދިނުމުގެ ކުރިން ފުރަތަމަ ތޮއްޔިބު ބެލީ ކާކުގެ ކޯލެއްތޯއެވެ.
"ހަނދާންވާތީ ނުހުރެވިގެންތަ ޑާލިންގ" ތޮއްޔިބު ވާހަކަ ފެށިގޮތުން ގުޅައިގެން އުޅެނީ އޭނާގެ އަނބިމީހާ އަޒުމާއާ ކަން އަމީނަށްވެސް އެނގުނެވެ.
"އާނ....އަޅެ އަހަރެން ފޫހިވަނީ....އަދިވެސް އޮފީސް ނުނިމޭތަ؟ ހިތަށް އެބައަރާ ގަޑީގެ ކަށި އަނބުރާލާނަމޭވެސް." އަޒުމާ ބުންޏެވެ.
"ރަންކޮޅާ....ދޫންޏާ....ދެންހުރީ އެންމެ ބައިގަނޑި އިރޭ......އަހަރެންވެސް ހަނދާން ނުވާތީކީނޫނޭ.....މިތާ މިހުންނަނީކީ......އެކަމަކު ވަޒީފާއަށް ޙުރުމަތްތެރިކޮށް ހިތަންވާނެއެއްނު. މިޒަމާނުގައި ވަޒީއަކީ ހީކުރާހާ ފަސޭހައިން ލިބޭ އެއްޗެއް ނޫން." ތޮއްޔިބު ވާހަކަ ދައްކަމުން ދިޔައީ ނިކަން މަޑުމަޑުން އިތުރު ބަޔަކަށް ނީވޭ ވަރަށެވެ.
"އަޅެ އޮފީސް ނިމުނުހާ އަވަހަކަށް އަންނައްޗޭ. އެއްވެސް ބަޔަކާއެކު ސައިބޮއި، ކައިގެން ނުވާނެ. ވަރަށްމީރު ކާއެއްޗެއްވެސް ތައްޔާރުކޮށްފައި އެބަހުރި." އަޒުމާ ފޯނު ބޭއްވިއެވެ.
"އެއުޅެނީ ތޮއްޔިބާ ދުރުގައި ހިނދުކޮޅަކަށްވެސް ކެތްނުވެގެން.....އެންމެފަހުން އެމަންޖެ ހަމަރަނގަޅަށް ތޮއްޔިބު ދެކެ ލޯބވެސްވީތާ." އަމީނު ދިމާކުރިއެވެ.
"މާކުރިންވެސް އަހަރެން ބުނީމެއްނު. އަހަރެން އަޒުމާގެ ލޯބި ހޯދާނަމޭ.....އެނގޭތަ ލޯބި ހޯދުމަކީވެސް ހުނަރެކޭ....." ތޮއްޔިބު ފަޚުރުވެރިވިއެވެ.
"ތިހުނަރު އަހަންނަށްވެސް ދަސްކޮށްދޭންވީނު....އަހަރެން މިއުޅެނީ މިހާރުވެސް އުޅެއުޅެ ފިރިހެން ކުއްޖެއްގެ ލޯބި ނުލިބިގެންވިއްޔަ،" ތޮއްޔިބުގެ މޭޒާ މާދުރު ނޫން ހިސާބެއްގައި (ތޮއްޔިބުގެ ވާހަކައިވޭހާ ކައިރީގައި) ހުރި މޭޒުގައި ޓައިޕްކުރަން އިން އަންހެން ކުއްޖާ، އާދެ ސޯބިރާ ތޮއްޔިބުމެންގެ ވާހަކައިގެ ތެރެއަށް ވަނެވެ.
"ބަލަ އަހަންނަކަށް ނޭނގެޔޭ ފިރިހެނުންގެ ލޯބި ހޯދާކަށް. އަހަރެން ގޮތް ބަލައިލަން ސޯބިރާގެ ލޯބި ހޯދަންތަ؟" ހީގަންނަމުން ތޮއްޔިބު ބުންޏެވެ. އަމީނުއާއި ސޯބިރާއާ ދެމީހުންނަށްވެސް ނިކަން ބާރަށް ހީގަނެވުނެވެ.
"ތިޔަކުރަނީ މިހާރު ސަމާސާ.....އަހަރެން ސީރިއަސްއޭ ވަރަށް.....އަޅެ ބުނެދީބަލަ އަހަންނަށް އޭނާގެ ލޯބި ލިބޭނެގޮތެއް...." ޙަޤީޤަތުގައިވެސް ސޯބިރާ ހުރީ ވަރަށް ސީރިއަސްވެފައެވެ.
"ތިބުނާ ފިރިހެނަކީ ކާކުތަ؟ އަހަންނަށް ދައްކާ އޭރުން ސެޓްކޮށްލަދޭނަން....އެކަމަކު ބުނަން ކާމިޔާބުވީމާ އަހަންނާއި އަހަރެންގެ ވައިފަށް ކެއުމެއް ދޭންވާނެ." ތޮއްޔިބު އަދިވެސް ހުރީ ސަމާސާ މޫޑުގައެވެ.
"ކިތަންމެ ކެއުމެއްވެސް ދީފާނަން...." ސޯބިރާ ފައިލް ލައްޕާލަމުން ގޮނޑިވެސް ތޮއްޔިބުމެނާ ދިމާއަށް އަނބުރާލިއެވެ.
"އެނގިދާނެތާ ތިބުނާ މީހަކު ހޯދަދޭނަން...." އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ތޮއްޔިބު ބުނެލިއެވެ. އޭރު ދެގަޑިބައިވާން ހުރީ އެންމެ މިނެޓެކެވެ. ތޮއްޔިބު ދެންތެޅިގަތީ ގެއަށް ދިއުމަށެވެ.
"އާނ....އަވަހަށް ދުއްވައިގަނޭ. މިނިޓަކު އެއްފަހަރު ގަޑިއަށް ބަލައިލަބަލައިލާ ވިއްޔަ އެހުންނަނީ...." ތޮއްޔިބު އުޅެގަތްގޮތުން އަމީނަކަށް ހިމޭނުން ނުހުރެވުނެވެ.
"އާނ....އަހަރެން ކައިވެނިކުރީ ލޯބިނުވެއެއް ނޫނޭ. އަހަރެން އަހަރެންގެ ވައިފްދެކެ ހާދަ ލޯބިވެޔޭ.....ވާހަކަ ނުދައްކާ ދެން ހިނގާދާން...." ތޮއްޔިބު ހިނގައިގަތެވެ. ހިނިގަނޑަކަށްފަހު އަމީނުވެސް ތެދުވެގެން ގެއަށް ދިއުމަށްޓަކައި ހިނގައިގަތެވެ. އެވަގުތު އަމީނުގެ ޖީބުގައި އޮތް މޯބައިލް ރިންގުވާން ފަށައިފިއެވެ.
"އާނ....ކިހިނެއްވީ؟ ސާރާ....މިހާރު މިހުރީ ގެއަށް ދިއުމުގެ މަގުމަތީގައި....." އަމީނު ވާހަކަ ދެއްކިއެވެ. އެކޮޅުން ވާހަކަ ދެއްކީ ސާރާއެވެ.
"އަޅެ ވަރަށް ބޮޑަށް ބަނޑަށް އުނދަގޫވާތީ އަވަހަށް އަންނައްޗޭ...." ސާރާގެ އަޑުންވެސް އޭނާގެ ބަނޑުގައި އަޅާ ވޭން ދޭހަވެއެވެ.
"އާނ....މިދަނީ...." އަމީނު ފޯނު ކަނޑާލިއެވެ.
ތެދެކެވެ. މިއަދު ސާރާގެ ބަނޑަށް އުނދަގޫވަނީ އެހެން ދުވަސްތަކާ ޚިލާފަށެވެ. ބަނޑުގައި ދަރިފުޅު ވިކާހެންވެސް ބައެއްފަހަރު ހީވާކަމަށްވެއެވެ. އެއާއެކު ހޫނު ދިލައެއްވެސް ބަނޑުތެރޭގައި އުފެދިފައިވެއެވެ. ދޭތެރެ ދޭތެރެއިން ބަނޑު އުފުލިފައި ހިނދޭހެންވެސް ހީވެއެވެ. ނަމަވެސް އެއިޙްސާސެއް ސާރާއަކަށް ނުވެއެވެ. ސާރާއަށް އިޙްސާސް ކުރެވެނީ ބަނޑުގައި އަޅާ ވޭނެވެ.
އަމީނަށް ގެއަށް އާދެވުނުއިރު ބަނޑަށް ތަދުވާތީ ސާރާ އެނބުރެނީއެވެ. އަމީނު ކޮޓަރިއަށް ވަންގޮތަށް ސާރާގެ ބަނޑުގައި ހިފެހެއްޓިއެވެ. އެއާއެކު މަޑުމަޑުން ވޭން ކެނޑެމުން ކެނޑެމުންގޮސް ކުޑައިރުކޮޅެއްގެ ތެރޭގައި ވޭން އެއްކޮށް ކެނޑި ސާރާއަށް ހަމަނޭވާ ލެވެން ފަށައިފިއެވެ. ސާރާގެ ބަނޑަށް ދުވަސްފުރެންދެންވެސް އުޅުނީ މިފަދަ ހާލެއްގައެވެ. ތަފާތު އެތައް ވޭންތަކެއް އޭނާއައީ ބަރުދާސްތު ކުރަމުންނެވެ.
ބަނޑަށް ކިރިޔާވެސް ލުއިކަމެއް އައީ އަށްމަހަށްފަހުގައެވެ. އަށްމަހުގައިވެސް ދޭތެރެ ދޭތެރެއިން ދަރިފުޅު އޭނާއަށް އުނދަގޫކުރެއެވެ. ބައެއްފަހަރު ދަރިފުޅު ބަނޑުން ނުކުންނަން އުޅޭހެންވެސް ހީވެއެވެ. އެހެންކަމުން އޭނާ ކޮންމެފަހަރަކުވެސް ބަނޑުކޮޅުގައި ދެއަތް ވިއްދާލައެވެ.
"ދަރިފުޅު ނުކުންނަން އުޅޭހެން ހީވަނީ. ހާދަ ބާރެއް ކުރެޔޭ ބަނޑަށް." ސާރާ ޑޮކްޓަރު ރާދާއަށް ކިޔާދިނެވެ. ރާދާ ކަށިގަނޑު ސާރާގެ ބަނޑުގައި ޖައްސާލިއެވެ.
އާދަޔާ ޚިލާފު އެއްވެސް ކަމެއް އަހަންނަކަށް ފެންނާކަށް ނެތް. ހިއެއްނުވޭ މާބޮޑު މައްސަލައެއް ހެނެއް." ޑޮކްޓަރު ރާދާ ބުނީ ކުރީފަހަރެއްގައިވެސް ބުނާ ވާހަކައެވެ. އެހެން ނަމަވެސް އެކަން ގަބޫލުކުރާކަށް ސާރާ ބޭނުމެއް ނޫނެވެ.
"އަހަންނަށް މިވާގޮތް ރާދާއަށް އިހްސާސްކުރެވޭނަމަ ތިޔަހެން ނުބުނީސް." ސާރާ ފުރަތަމަ ފަހަރަށް ޑޮކްޓަރާ ދެކޮޅަށް ބުންޏެވެ. ރާދާ ވިސްނާލިއެވެ.
"އަލަށް ވިހާއިރު ތިކަހަލަ މައްސަލަތަކާ ދިމާވުމަކީ އެކަށީގެންވާ ކަމެއް. އެހެން ނަމަވެސް މީގެކުރިން އަހަރެން ކުރި އެއްވެސް ޓެސްޓަކުންވެސް މައްސަލައެއް ހުރިކަމަކަށް ނުދައްކާ...." އެދުވަހުވެސް ރާދާ ލިޔެދިނީ އިތުރު ބޭސްތަކެކެވެ. ހައްލުވެދާނެ ކަމަށް ބުނެ ސާރާ ހިތްހަމަޖައްސާދީފައެވެ.
ގެއަށް ގޮސް ބޭސް ބޭނުންކުރަން ފެށުމުން މާބޮޑު އަސަރެއް އޭނާއަކަށް ނުކުރިއެވެ. އެހެންކަމުން ދުވަސްފުރެންދެން އެފަކީރު އުޅުނީ އެހާލުގައެވެ.
ސާރާގެ ބަނޑަށް ނުވަމަސްފުރި ވިހާދުވަސް ކައިރިވަމުން އައި ވަރަކަށް އަމީނުގެ ނުތަނަވަސްކަން އައީ އިތުރުވަމުންނެވެ. އެހެންކަމުން ސާރާ ވިހަން ބަނޑަށް ތަދުވާތީ އެނބުރުއިރުވެސް އަމީނު އަށް ހުރެވުނީ ޚިޔާލީ ދުނިޔެއަކަށް ގެއްލިފައެވެ. އޭނާއަށް ޔަގީންވާ ކަހަލައެވެ. ސާރާ އުފަންކުރާ ދަރިފުޅުގެ ސަބަބުން އޭނާގެ އުފާވެރި ދިރިއުޅުމުގައި ނިމުމުގެ ސިއްކަ ޖެހޭނެއެވެ. އަމީނަށް ޚިޔާލީ ދުނިޔެއިން އެނބުރި އާދެވުނީ ސާރާ ގޮވާތާ އިރުކޮޅެއްގެ ފަހުންނެވެ. އޭރު ސާރާ ބަނޑަށް އުނދަގޫވާތީ އެނބުރެނީއެވެ.
"އައްދިއްޔޯއި....އަމީނު....އަމީނު.....ދަރިފުޅު އަހަރެންގެ ބަނޑުގައި ވިކަނީއޭ....." ސާރާ ބަނޑުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ. އަމީނު ސާރާ އަތުލަފިކޮށްގެން ގޮސް އެނދުގައި ބޭންދިއެވެ.
"ވަރަށް ބޮޑަށް އުނދަގޫވޭތަ؟" އަމީނު ސާރާގެ ބަނޑުގައި މަޑުމަޑުން އަތް ކާއްތާލިއެވެ. ހަމައެއާއެކު ހީވީ ސާރާގެ ހަށިގަނޑަށް ލޮޅުމެއް އައިހެނެވެ. އެލޮޅުމާއެކު އަނެއްކާވެސް އަމީނު ސާރާގެ ބަނޑުގައި އަތް ކާއްތާލިއެވެ. ކާއްތާލުމާއެކު ސާރާގެ ބަނޑުގެ ތަދު ކެނޑުނެވެ. ސާރާއަށް ހީވީ ފުން އަރާމެއް އިޙްސާސްވީހެނެވެ. ނާރުތަކަށް ބާރުކޮށްގެން އޮތް ސާރާ ނާރުތަކަށް ދޫދީ ހަމަޖެހިލިއެވެ. އަމީނު ހިތްހަމަޖެހުމުގެ ނޭވާއެއް ލުމަށްފަހު ސާރާގެ ތުންފަތުގައި ލޯބިކޮށްލިއެވެ.
"އަޅެ އަމީނު ކިހިނެއްތަ ތިހެދީ. ޑޮކްޓަރުންނަށްވުރެން އަމީނު މާމޮޅެއްނު." ސާރާ ތެދުވެ އެނދުފަޑީގައި ބުރަކަށި ޖައްސައި ދެފައި ދިގަށް ދަމާލިއެވެ.
"ޙަޤީޤަތުގައި މިއުޅޭ ޑޮކްޓަރުންނަށްވުރެން އަހަރެން ރަނގަޅުވާނެޔޭ." އަމީނު ފަޚުރުވެރިވާފަދަ ގޮތަކަށް ބުންޏެވެ.
"ރަނގަޅީކީ ނޫން އެކަނި. ނިކަން މޮޅުވެސްމެ." ސާރާ އަމީނުގެ އަތްތިލައިގައި ހިފެހެއްޓިއެވެ. އަމީނު ހިތި ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުވައިގެން ހުރެ އެނދުގެ މަގަތުގައި އިށީނދެއްޖެއެވެ.
"މިހާރު ދަރިފުޅު ތޮޅޭހެނެއްވެސް ހިއެއްނުވޭ. ވަރަށް ފަސޭހަ. އަޅެ އަމީނު ހެދީ ކޮންކަހަލަ ފަންޑިތައެއްތަ؟" ސާރާ އެހިއެވެ. އަމީނަށް ހީގަނެވުނެވެ.
"އަހަރެންގެ ފަރުވާ ބުނެދިނަކަސް ނޭނގޭނެ." އަމީނު އަނެއްކާވެސް ސާރާގެ ބަނޑުގައި އަތް ކާއްތާލިއެވެ. ފިސާރި ލޯތްބާއެކުގައެވެ.
"އައްސަލާމް އަލައިކުމް" ސަލާމް ގޮވަމުން ކޮޓަރިދޮރުގައި އެވަގުތު ނާޒިޔާ ޓަކިޖެހި އަޑު އިވުނެވެ. ތެދުވެގެން ގޮސް ދޮރު ހުޅުވީ އަމީނުއެވެ. ނާޒިޔާ އެތެރެއަށް ވަނެވެ.
"ކިހިނެއްވީ؟ ބަނޑަށް ތަދުވާތީތަ؟" ސާރާ އިންގޮތުން ނާޒިޔާ ރަޙްމަތްތެރިޔާގެ ހާލަތު ދެނެގަތެވެ.
"ކޮންމެވެސް ވަރަކަށް މީގެ ކުޑައިރުކޮޅެއް ކުރިން ތަދުވި. އެހެން ނަމަވެސް އަމީނުގެ ފަރުވާއިން އެކަން ހައްލުވެއްޖެ." ސާރާ ބުނެލިއެވެ. އެބައަންނަމޭ ބުނެފައި އަމީނު ނުކުތީ ބޭރަށެވެ. ދާވަކިތަނެއް ބުނެފައެއް ނޫނެވެ. އެހެންކަމުން ނުކުމެގެން ދިއުމުގެ ކުރިން ކަމެއް ޖެހިއްޖެއްޔާ މޯބައިލަށް ގުޅުމަށް އޭނާ ސާރާއަށް ހަނދާންކޮށްލަދިނެވެ.
"ދުވަހަކުވެސް ހަނދާނެއް ނުހުންނާނެ....ދުވާލަކު ހަތަރު ފަސްފަހަރު ހަނދާންކޮށްދޭއިރުވެސް ތިޔަބުނަނީ ހަނދާން ނެތެނީއޭ....އަހަންނަށް ހީވަނީ ހިތެކޭ ކިޔާފައި ތިއޮންނަނީ ގަރަހިތައެއްހެން...." ސޯބިރާ އާއި ތޮއްޔިބު ވާހަކަ ދައްކަން ތިބީ "އެމް.ޓީ.ސީ.ސީ" އޮފީސްތެރޭގައެވެ.
"ކޮންކަމެއް ހަނދާން ނެތް ވާހަކަތަ ތިޔަކިޔަނީ؟" ފުރަތަމަ ސޯބިރާ ކީ އެއްޗެއް ތޮއްޔިބަކަށް ސީދާ ނަގައެއް ނުގަނެވުނެވެ.
"އަހަރެންގެ ލޯބީގެ ވާހަކަ މިބުނީ....އަހަންނަށް އެހީވެދޭނީ ކޮންއިރަކުންތަ؟ ތޮއްޔިބު ބުނަން އަހަންނަށް މިހާރަކަށް އައިސް އޭނަ ފެނުނީމާ.....ވަރަށް ބޮޑަށް އުނދަގޫވެސްވާން ފަށައިފި." ސޯބިރާވަނީ ހަމަ ރަނގަޅަށްވެސް އެބުނާ މީހެއްގެ ޢިޝްޤުގައި ޖެހިފައެވެ.
"އަދިވެސް ތިބުނާ މީހަކު ނުދައްކަމެއްނު. އަހަންނަށް އެމީހަކު އެނގުމަށްފަހު ސޯބިރާގެ ލޯބި ލިބޭކަށް މާގިނަދުވަހެއް ނުނަގާނޭ." ތޮއްޔިބު ސާބިތުކަމާއެކު ބުންޏެވެ.
"މިއަދުވާނެ އަހަންނާއެކު އަހަރެމެންގެ ގެއަށްވެސް ވަދެލަން. އޭރުން އެމީހަކުވެސް ތޮއްޔިބަށް ދައްކާނަން...." ތޮއްޔިބު ގޮތެއް ނިންމިއެވެ.
"އާނ. ތިވަރަށް ލޯބިވާ މީހަކާ ބައްދަލުކޮށް ޚިޔާލު ބަދަލުކުރަންވެސް އަހަރެން މިއަދު ދާނަން." ތޮއްޔިބު ސޯބިރާގެ އުންމީދުތައް ދިރުވާލިއެވެ.
"ފުރަތަމަ ގޮސް ރަނގަޅަށް ކާންހަދާ. އަހަންނަށް ދެވޭނީ އޭރުން." ތޮއްޔިބު ސަމާސާ ކުރިއެވެ.
"އާނ. ވަރަށް މީރުކޮށް ކާން ހަދާނަން. ކޮންމެ ގޮތެއް ހަދާފަވެސް ތޮއްޔިބު ބޮލުގެ އިޝާރާތަކުން އާއެކޭ ބުނެލިއެވެ. އެއަށްފަހު މާގިނައިރުތަކެއް ނުވަނީސް އަމީނު އައިސް އެތަނަށް ވަނެވެ.
"އަދިވެސް މަސައްކަތްތައް ނުނިމެއޭދޯ؟" ތޮލާލު އޭނާއަށް ޚާއްޞަ ކުރެވިފައިވާ މޭޒުގައި އިށީންނަމުން ވާހަކަ ދެއްކިއެވެ. އޭނާ އިށީންއިރުވެސް ތޮއްޔިބު އާއި ޞޯބިރާ ނިކަން އޮލަ ވާހަކައެއްގައި ތިއްބެވެ.
"އަމީނު....މިރޭ ކޮންމެހެންވެސް އަހަރެން އެބަޖެހޭ ސޯބިރާއަށް އެހީވާން ސޯބިރާމެންގެއަށް ޖައްސާލަންދޯ ސޯބިރާ؟" ތޮއްޔިބު އަމީނު އާ މުޚާޠަބު ކުރަމުން ސޯބިރާއަށް ދޯއެއްލިއެވެ. ސޯބިރާ ހިނިތުންވެލިއެވެ.
އަޒުމާ އަތުކުރީގައި އޮތް ރާޑޯ ބްރޭންޑުގެ ގަޑިއަށް ބަލައިލީ ގަޑި ރީތިވެގެނެއް ނޫނެވެ. އޭނާ އިރުއިރުކޮޅާ އެގަޑިއަށް ބަލަމުން އެދަނީ ތޮއްޔިބު އޮފީސް ނިންމާފައި ގެއަށް އައުން ލަސްވާތީއެވެ. ނަމަވެސް އެންމެ ދުވަހަކު އެހެން ލަސްވިޔަސް ގުޅައި ފިރިމީހާއަށް އުނދަގޫކޮށް ޝަކުވާކުރާ ވަރަށްވުރެން އޭނާގެ ވިސްނުން ތޫނެވެ. އެހެންކަމުން އޭނާ ވެފައިވަނީ ފިރިމީހާގެ ކުރިމަތީގައި ޒުވާބުކޮށް ޝަކުވާ ނުއުފުލާ ތެދުވެރި އަންބަކަށެވެ. އޭނާގެ ފުރަތަމަ ކައިވެނި ރޫޅުނީވެސް އޭނާގެ ކުށަކާ ލައިގެނެއް ނޫނެވެ. ތޮއްޔިބު ސޯބިރާގެ ފަހަތުގައި ހިލޭ އަންހެނަކާއެކު އެކަހެރިވެވެނީ ކަމަށް ތޮއްޔިބު ނުވިސްނައެވެ. އަރާފާނެ އަޑަކާ ދޭތެރެއަކު އޭނާއަކަށް ނުވިސްނެއެވެ.
އެއީ އެއްވެސް މީހެއްގެ ހިލަމެއްނުވާ ބޮޑު ހަވޭލީއެއް ކަހަލަ ގެއެކެވެ. ގޭތެރޭގެ ޒީނަތްތެރިކަންވެސް ނިކަން ފުރިހަމަވެފައި ޗާލެވެ.
******************
* މޫސާ ޞާޢިދުގެ ހިތްގައިމު ވާހަކަ "ބޯގަންވިލާ" ގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 93 އިން 96 ށެވެ.

ކިޔުންތެރިންގެ ހިޔާލު