ހަތަރު ތަރިން ލީޑުކުރާ ހިންދީ ފިލްމު ބޫތު ޕޮލިސް ރިލީޒް ކުރާނެ ތާރީޙު އިއުލާންކޮށްފިއެވެ.

ސައިފް އަލީ ޚާން، އަރްޖުން ކަޕޫރް، ޖެކްލިން ފެނާންޑޭޒް އަދި ޔަމީ ގޯތަމް ލީޑް ކުރާ މިފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހު 17 ގައެވެ. މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޑިޒްނީ ޕްލަސް ހޮޓްސްޓަރ މެދުވެރިކޮށް އޮންލައިން ކޮށެވެ.

މިފިލްމު ފުރަތަމް ރިލީޒް ކުރަން ހަމަޖެހުނީ ސިނަމާތަކަށެވެ. ނަމަވެސް އިންޑިއާގެ ކޮވިޑުގެ ދެވަނަރާޅާއިއެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން މިފިލްމު އޮންލައިންކޮށް ރިލީޒްކުރުމަށް ވަނީ ނިންމާފައެވެ.

މިފިލްމަކީ ބިރުވެރި އަދި މަޖާ ކަންތައްތަކެއް ދައްކުވައިދޭނެ ފިލްމެއްކަމަށް މިފިލްމުގެ ޕްރޮޑަކްޝަން ޓީމުން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން