އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދުމުގެ އެންމެ ފަހު ތާރީޚަކީ މިމަހު 17 ކަމަށް ބީއެމްއެލް އިން ބުނެފިއެވެ.
ބީއެމްއެލް އިން މިރޭ ބުނީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ކޮވިޑް-19 އެކޮނޮމިކް ސްޓިމިއުލަސް ލޯން ދޫކުރަމުން ކަމަށެވެ. މި ލޯން ދޫކުރަމުން ދަނީ ލޯނަށް އެދި ހުށަހަޅާ ތަރުތީބުން އެންމެ ފުރަތަމަ ހުށަހަޅާ ފަރާތްތަކަށް އިސްކަން ދީގެން ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
މި ލޯން ސްކީމަކީ ވަކި އަދަދެއް ކަނޑައެޅިފައިވާ ލޯން ސްކީމެއް ކަަމަށާއި، މިހާތަނަށް ބޭންކުން ބަލައިގެންފައިވާ ލޯން އެޕްލިކޭޝަންތަކުގެ އަދަދުވެސް ލޯން ސްކީމަށް ކަނޑައެޅިފައިވާ ލިމިޓަށްވުރެ އިތުރުކަމަށް ބޭންކުން ވަނީ ފާހަގަކޮށްފައެވެ. އެހެން ކަމުން މި ލޯނަށް އެދި ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ 17 ޖުލައި 2021 ކަމުގައި ކަނޑައަޅާފައިވާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
17 ޖުލައިގެ ނިޔަލަށް ލޯނަށް އެދި ބޭންކަށް ހުށަހެޅިފައިވާ އެޕްލިކޭޝަންތައް އިވެލުއޭޓްކުރުމަށްފަހު ފަންޑުގައި ބާކީ ފައިސާ ހުރެއްޖެނަމަ އަލުން ލޯނަށް އެދި ހުށަހަޅެމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް ބޭންކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު