ޔޮހާނީގެ މަނިކޭ މަގޭ ހިތޭ, ލަވަ ދިވެހިންގެ ހިތްތަކާއި ހަގީގަތުގައިވެސް ކުޅެލައިފިއެވެ. ދިވެހި އެކި އުމުރުފުރާގެ މެދުގައި އެންމެ މަގުބޫލު ޓިކްޓޮކަށް ވަދެލުމުން އެކަނިވެސް ޔޮހާނީގެ މަނިކެ މަގޭ ހިތާ ދިވެހިންގެ ހިތާ ގުޅިފައިވާ މިންވަރު އެނގި ސާބިތުވެއެވެ.

ސިންހަޅަ ބަހުން ކިޔާފައިވާ މަނިކޭ މަގޭ ހިތޭ ލަވައިގެ އޮރިޖިނަލް ލަވަ ރިލީޒްކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ. ސަތީޝާން ފުރަތަމަ ކިޔާފައިވާ މިލަވައަށް މިފަހަކުން ބޮޑު ތަރުހީބެއް ލިބިގެންދިޔައީ، ސްރީލަންކާގެ ލަވަކިޔުންތެރިއެއް ކަމަށްވާ، ޔޮހާނީ މިލަވައިގެ ކަވަރއެއް ކިޔައި ރިލީޒްް ކުރުމުންނެވެ.

ޔޮހާނީ، 27، އަކީ ސްރީ ލަންކާގެ ލަވަކިޔުންތެރިޔެއްގެ އިތުރުން މިއުޒިކް ޕްރޮޑިއުސަރެކެވެ. ގިނަ ބައެއްގެ މެދުގައި ޔޮހާނީ މަޝްހޫރު ވެފައިވަނީ ރެޕް ލަވަކިޔުމުގެ ހުނަރުގެ ސަބަބުންނެވެ. މިގޮތުން އޭނާއަށް ވަނީ ސްރީލަންކާގެ "ރެޕް ޕްރިންސެސް"ގެ ލަގަބުވެސް ދީފަ އެވެ.



މަނިކޭ މަގޭ ހިތޭ ލަވަޔަކީ ސިންހަޅަ ބަހުން ކިޔާފައިވާ ލަވައެއް ނަމަވެސް، ދިވެހި ބަހުގެ ބައެއް ލަފުޒުތަކާއި ސިންހަޅަ ބަހުގެ ބައެއް ލަފުޒުތަކާއި އެއްގޮތްކަމެެއް ހުންނާތީވެ، މިލަވައިގެ ބަސްތައް ނަގައިގަންނަން ދިވެހިންނަކަށް މާއުނދަގުލެއް ނުވިއެވެ. މިގޮތުން މިލަވަ މިހާރު ވަނީ ދިވެހި ބަހުންވެސް ކިޔައި އާންމުކޮށްފައެވެ.

ޔޮހާނީގެ މަނިކޭ މަގޭ ހިތޭ ލަވަ އޭނާގެ ޔޫޓިއުބްގައި ރިލީޒްކުރިތާ މަސްދުވަސް ވެފައިވާއިރު، މިހާތަނަށް 9.1 މިލިއަން ވިއުސް މިލަވައަށް ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން