އޮގަސްޓްމަހު ފަހުކޮޅު އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބިފަހުން ފުރަތަމަ ފަހަރަށް އެމެރިކާއާ ޠާލިބާނުން ބައްދަލުކޮށް ދެ ގައުމު ދެމެދުގައި މަޝްވަރާތައް ފަށައިފިއެވެ.
ޤަތަރުގެ ވެރިރަށް ދޯހާގައި ކުރިޔަށްދާ މި ބައްދަލުވުމުގައި، މިދިޔަ އަހަރު ޠާލިބާނުންނާ އެމެރިކާއާ ދެމެދު ވެފައިވާ އެއްބަސްވުން މުރާޖަޢާކުރާނެއެވެ.
ތާލިބާނުން އަފްޣާނިސްތާނުގައި އެކުލަވާލާފައިވާ ސަރުކާރުގެ ފޮރިން މިނިސްޓަރ މުއްލާ ޢާމިރު ޚާން މުއްތަޤީ ވިދާޅުވީ، މި މަޝްވަރާތަކުގައި އެގައުމުގެ މައިގަނޑު މަގުސަދަކީ އަފްޣާނިސްތާނަށް އިންސާނީ އެހީ ހޯދުމާއި, އަދި އެގައުމުން މިދިޔަ އަހަރު އެމެރިކާއާއެކު ވެފައި އޮތް އެއްބަސްވުމަށް އަމަލު ކުރަން ފެށުން ކަމުގައެވެ.
މުއްލާ އާމިރު ވިދާޅުވެފައިވަނީ އެގައުމުގެ ސެންޓްރަލް ބޭންކުގެ ރިޒަރވް ދޫކޮއްދިނުމަށާއި، އެގައުމުގެ މީހުންނަށް ކޮވިޑް-19އިން ދިފާއުވުމަށް ވެކްސިން ހޯދަން އަފްޣާންގެ ވަފުދުން އެމެރިކާގެ ކިބައިން އެދިފައިވާނެކަމަށެވެ. މި ބައްދަލުވުމަށްފަހު ޠާލިބާނުން ޔޫރަޕިއަން ޔޫނިއަންގެ އިސްފަރާތްތަކާއި ވެސް ބައްދަލުކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ބައްދަލުވުމުގެ ކުރިން އެމެރިކާގެ އޮފިޝަލުން ވިދާޅުވެފައިވަނީ، މިބައްދަލުވުމުގައި އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ރައްޔިތުންނާއި އެހެނިހެން ގައުމުތަކުގެ ރައްޔިތުންނަށް ގައުމުން ސަލާމަތާއެކު ބޭރުވެވޭނެކަމުގެ ޔަގީންކަން ހޯދުމަށް މަސައްކަތް ކުރާނެކަމަށެވެ.
އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަމުގައި މިހާރަށްވުރެ ބޮޑަށް ޠާލިބާނުންގެ އެހީތެރިކަން ބޭނުންވާތީ އެކަމުގެ މައްޗަށްވެސް އަލިއަޅުވާލާނެކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.
20 އަހަރުވަންދެން އަފްޣާނިސްތާނުގައި އެމެރިކާއިން ތިބުމަށްފަހު އެގައުމުން ފައިބާފައިވާއިރު އަފްޣާނިސްތާނުގައި މިހާރު ވެރިކަން ކުރަމުންދަނީ ޠާލިބާނުންނެވެ.

ކިޔުންތެރިންގެ ހިޔާލު