ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުޙުﷲ ޖަމީލް (މ)
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުޙުﷲ ޖަމީލް (މ)
މިދިޔަ ސެޕްޓެމްބަރު މަހު މީރާއަށް 1.98 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ.

މީރާއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ސެޕްޓެމްބަރ މަހު މީރާއަށް ޖުމްލަ 1.98 ބިލިއަން ރުފިޔާ ބަލައިގަނެފައިވާއިރު ޑޮލަރުން ބަލައިގަތް ޢާމްދަނީ އަކީ 63.45 މިލިއަން ޑޮލަރެވެ. މީރާއިން ބުނެފައިވަނީ މިއީ މިއަހަރުގެ ސެޕްޓެމްބަރ މަހު ލިބޭނެ ކަމަށް ލަފާކުރި ޢާމްދަނީއަށްވުރެ 8.6 އިންސައްތަ އިތުރު ޢަދަދެއް ކަމަށެވެ. އަދި މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 133.5 އިންސައްތަ އިތުރު އަދަދެއް ކަމަށް މީރާއިން ހާމަކޮށްފައިވެއެވެ.

ސެޕްޓެންބަރު މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކްސް އެވެ. އިންކަމް ޓެކްސްގެ ގޮތުގައި 745 މިލިއަން ރުފިޔާ ލިބިފައިވާއިރު ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީންނެވެ. އެގޮތުން 553.11 މިލިއަން ރުފިޔާ ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ ކަމަށް މީރާގެ ތަފާސްހިސާބުގައި ވެއެވެ.

މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ ބިމުކުލީގެ ގޮތުގައި 410.14 މިލިއަން ރުފިޔާ ލިބިފައިވާއިރު، ގްރީން ޓެކްސްގެ ގޮތުގައި ލިބުނީ 72.37 މިލިއަން ރުފިޔާއެވެ. އަދި އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 53.02 މިލިއަން ރުފިޔާ އާއި, އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 147.98 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް މީރާ އިން ވަނީ ބުނެފަ އެވެ.



ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އަޑިއަޅާލާފައި އޮތުމަށްފަހު މަޑުމަޑުން އިޤްތިޞާދު އަންނަނީ ހަމައަކަށް އެޅެމުންނެވެ. ނަމަވެސް ކުރިން އޮތް މިންވަރަށް ރާއްޖޭގެ އިޤްތިޞާދު އިޔާދަވާން ދިގު ދަތުރެއް ކުރަންޖެހޭ ކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން