މުހައްމަދު އަސްލަމް: މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންޕްރާ ސްޓްރަކްޗަރ
މުހައްމަދު އަސްލަމް: މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންޕްރާ ސްޓްރަކްޗަރ
މި އަހަރު ނިމުމުގެ ކުރިން މާލެއަތޮޅު ދިއްފުށީ ބިން ހިއްކަން ހަވާލު ކުރާނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާ ސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދިއްފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާ ބެހޭ ގޮތުން ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، ދިއްފުށީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމަށް 1 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވާނެ ކަމަށެވެ.

އަދި މިއަހަރުގެ ތިން ވަނަ ކުއާޓަރގައި މި މަސައްކަތް ހަވާލުކުރުމަށް ނިންމާފައިވީނަމަވެސް އަދި އެކަން ނުވެ އޮތުމުން މި އަހަރު ނިމުމުގެ ކުރިން އެ މަސައްކަތް ކޮންޓްރެކްޓަރަކާ ހަވާލު ކުރައްވާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އެގޮތުން ދިއްފުށީގެ އެ ޕްރޮޖެކްޓްގެ ކޮންސެޕްޓް މިހާރު ވަނީ ތައްޔާރުކޮށް ނިމިފައި ކަމަށާއި، ކުރިއަށް އޮތް ހަފްތާގައި ކައުންސިލާއި ދާއިރާގެ މެމްބަރާއެކު އެކަން ހިއްސާކުރައްވާނެ ކަމަށްވެސް މިނިސްޓަރ ވަނީ ފާހަގަކުރްވާފައެވެ.

މީގެއިތުރުން، މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޑިމާންޑާ އެއްވަރަށް މިހާރު އެކަމަށް ބޭނުންވާ އުޅަނދުފަހަރު ނެތް ކަމަށެވެ. އެއްފަހަރާ ގިނަ ޕްރޮޖެކްޓްތައް ކުރިއަށް ނުގެންދެވޭ މައިގަނޑު އެއް ސަބަބަކީ އެއީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ބިން ހިއްކުމުގެ 8 ޕްރޮޖެކްޓެއް ޓެންޑަރުގައި އެބައޮތް ކަމަށާއި، އޭގެތެރއިން މިހާރު 3 ޕްރޮޖެކްޓް ނިމިފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ. ބިން ހިއްކުމުގެ 4 މަޝްރޫއެއްގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، 7 މަޝްރޫއެއް ކޮންޓްރެކްޓް ކުރެވި، 6 މަޝްރޫއެއް ކޮންސެޕްޓް ޑިޒައިން މަރުހަލާގައި އޮތް ކަމަށް އަސްލަމް މިއަދުގެ ޖަލްސާގައި ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން