ޔޫނުސް، ބަނގްލަދޭޝް (52އ)
ޔޫނުސް، ބަނގްލަދޭޝް (52އ)
ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިޢުލާނު ކޮށްފިއެވެ.


ފުލުހުން ބުނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކުޑަ ކުއްޖަކަށް ޖިންސީގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވާ ކަމަށެވެ. ނަމަވެސް އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގެ ތަޙުޤީޤަށް ފުލުހުން ހޯދަމުން ދަނީ ޔޫނުސް ކިޔާ ޢުމުރުން 52 އަހަރުގެ ބަނގްލަދޭޝް މީހެކެވެ. އަދި އޭނާ ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނަށް 2021 އޮކްޓޯބަރ 30 ވަނަ ދުވަހުގެ 14:00 އަށް ޙާޟިރުވުމަށް ފުލުހުންގެ އިޢުލާނުގައިވެއެވެ.

މީނާ ހޯދުމަށް އިޢުލާނު ކޮށްފައިވަނީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ކަމަށް ފުލުހުންވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު